Roadha Mihaaru
އައިސީއެފް އާއި ވޯލްޑް އޮފް ޓުމޯރޯގެ ހާއްސަ އިވެންޓެއް

އައިސީއެފްއާ ގުޅިގެން ވޯލްޑް އޮފް ޓުމޯރޯއިން ކޯޗިން އިވެންޓެއް

24 އޮކްޓޯބަރ 2023

އިންޓަނޭޝަނަލް ކޯޗިން ފެޑެރޭޝަން (އައިސީއެފް) އާ ގުޅިގެން ރާއްޖޭގައި އިވެންޓް ބާއްވާ، ވޯލްޑް އޮފް ޓުމޯރޯ އެކި ދާއިރާގެ ވަޒީފާތަކުގައި އުޅޭ ފަރާތްތްކަށް ކޯޗިން ސެޝަނެއް ބާއްވައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އިންޓަނޭޝަނަލް ކޯޗިން ފެޑެރޭޝަން (އައިސީއެފް) އާ ގުޅިގެން ރާއްޖޭގައި އިވެންޓް ބާއްވާ، ވޯލްޑް އޮފް ޓުމޯރޯ އެކި ދާއިރާގެ ވަޒީފާތަކުގައި އުޅޭ ފަރާތްތްކަށް ކޯޗިން ސެޝަނެއް ބާއްވައިފި އެވެ.

މި ކޯޗިން ސެޝަންތަކުގައި ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރުގެ ތަފާތު ފަންތީގެ ޕްރޮފެޝަނަލުންނަށް އަމާޒުކުރި މި އިވެންޓަކީ ދުނިޔޭގައި ކޯޗިން ތަރައްގީވަމުން އަންނަ ގޮތްތަކަށް ހާއްސަކޮށްގެން ބާއްވާފައިވާ އިވެންޓެކެވެ. ޖުމްލަ 212 މީހުން ބައިވެރިވި މި އިވެންޓުގައި ކޯޗިން އާ ގުޅިގެން ތަފާތު އެކި މައުލޫމާތު ބައިވެރިންނަށް ކިޔައިދީފައިވެ އެވެ. މި އިވެންޓުގައި ރާއްޖޭގެ މަޝްހޫރު ކުންފުނިތަކުން ވެސް ބައިވެރިވި އެވެ.

އައިސީއެފްގެ ނައިބު ރައީސް ރޮބަޓް ގާސިއާ "ދަ ފިއުޗާ ލޭންޑްސްކޭޕް އޮފް ކޯޗިން އިން އޮގަނައިޒޭޝަންސް"ގެ ނަމުގައި ލީޑް ކުރެއްވި މާސްޓަ ކްލާސް ހިންގާފައިވަނީ އިންޓަރެކްޓިވް ގޮތަކަށެވެ. މި މާސްޓަ ކްލާސްގައި ލެކްޗާ ސްޓައިލް ފޯމެޓްގެ ބަދަލުގައި ބައިވެރިންނާ އެކު މަޝްވަރާކޮށް މައުލޫއަށް ވާހަކަ ދެއްކުމުގެ ފުރުސަތުތައް ލިބުނެވެ.

ވޯލްޑް އޮފް ޓުމޯރޯ އާއި އައިސީއެފް އިން ބޭއްވި ކޯޗިން އިވެންޓް -- ފޮޓޯ: އައިސީއެފް

ވޯލްޑް އޮފް ޓުމޯރޯ އާއި އައިސީއެފް އިން ބޭއްވި ކޯޗިން އިވެންޓް -- ފޮޓޯ: އައިސީއެފް

"ރޮބަޓް ގާސިއާގެ މާސްޓަ ކްލާސެއްގައި ބައިވެރިވުމަކީ ކޯޗިން އަށް ލޯ ހުޅުވާލި ކަމެއް. އިންޓަރެކްޓިވް ގޮތަކަށް މާސްޓަ ކްލާހެއް ކުރިއަށް ގެންދިއުމުން ކޮންސެޕްޓްތަކަށް ނަގައިގަންނަން ވަރަށް ފަސޭހަ. ވޯލްޑް އޮފް ޓުމޯރޯގެ ނެޓްވޯކިން ސެޝަންގެ ސަބަބުން އެކި ދާއިރާތަކުގެ ޕްރޮފެޝަނަލުންނާ ވާހަކަ ދައްކާލުމުގެ ފުރުސަތު ލިބުނު. މި އިވެންޓު ނިމިގެން ދިޔައިރު ޕްރޮފެޝަނަލް ނެޓްވޯކް ފުޅާވެ، ކޯޗިންއާ ބެހޭ އެތަކެއް މައުލޫމާތު ވަނީ ދަސްވެފައި،" އިވެންޓުގެ ބައިވެރިއެއް ބުންޏެވެ.

މި މާސްޓަ ކްލާސްއިން ލިބުނު ތަޖުރިބާގެ އަލީގައި ގިނަ ބައިވެރިންނަށް ކުންފުނީގެ މާހައުލުގައި ކޯޗިން ތައާރަފް ކުރެވޭނެ ކަމުގެ ޔަގީންކަން ލިބުނު ކަމަށް ބައިވެރިން ބުންޏެވެ.

ވޯލްޑް އޮފް ޓުމޯރޯ އާއި އައިސީއެފް އިން ބޭއްވި ކޯޗިން އިވެންޓް -- ފޮޓޯ: އައިސީއެފް

ވޯލްޑް އޮފް ޓުމޯރޯ އާއި އައިސީއެފް އިން ބޭއްވި ކޯޗިން އިވެންޓް -- ފޮޓޯ: އައިސީއެފް

މި އިވެންޓުގައި ނެޓްވޯކިން ސެޝަންގައި ބައިވެރިންނަށް ފުޅާ ދާއިރާއެއްގައި އެކި ސިނާއަތްތައް ތަމްސީލުކުރާ ޕްރޮފެޝަނަލުންނާ ބައްދަލުވެ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ލިބުނެވެ. އަދި ކުރިއަށް އޮތްތަނުގައި މިފަދަ އިވެންޓުތަކަށް އޮތް އެއްބާރުލުން އިތުރުވެ ޕްރޮފެޝަނަލް ނެޓްވޯކިން ފުރުސަތުތައް ފަހިވާނެ ކަމުގެ ޔަގީންކަން ލިބުނެވެ.

މި އިފްތިތާހީ އިވެންޓަށް ބައިވެރިންގެ ފަރާތުން ލިބުނު ތަރުހީބުން މި އިވެންޓް ސީރީޒްގެ ކާމިޔާބީ ފާހަގަކޮށް، މާދަމާގެ ލީޑަރުން ބައްޓަން ކުރުމަށް އެންމެ ޒަމާނީ އިލްމާއި އިނޮވޭޝަން ފޯރުކޮށްދިނުމަށް އަޒުމް އިތުރަށް ވަރުގަދަވެފައިވާ ކަމަށް ވޯލްޑް އޮފް ޓުމޯރޯ އިން ބުންޏެވެ.