Roadha Mihaaru
މުއިއްޒާއި އުރުދުޣާން މަޝްވަރާ ކުރައްވައިފި

ފަލަސްތީނުގެ ހާލަތާ ގުޅިގެން މުއިއްޒާއި އުރުދުޣާން މަޝްވަރާ ކުރައްވައިފި

21 އޮކްޓޯބަރ 2023

އިންތިހާބީ ރައީސް މުހައްމަދު މުއިއްޒަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ގުޅުއްވައި، އިޒްރޭލުން ފަލަސްތީނަށް މިހާރު ދެމުންދާ ހަމަލާތަކާ ގުޅޭގޮތުން މިއަދު މަޝްވަރާ ކުރައްވައިފި އެވެ.

އިންތިހާބީ ރައީސް މުހައްމަދު މުއިއްޒަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ގުޅުއްވައި، އިޒްރޭލުން ފަލަސްތީނަށް މިހާރު ދެމުންދާ ހަމަލާތަކާ ގުޅޭގޮތުން މިއަދު މަޝްވަރާ ކުރައްވައިފި އެވެ.

ތުރުކީ ސަރުކާރުން ބުނިގޮތުގައި މުއިއްޒަށް އުރުދުޣާން ގުޅުއްވައި، ދެއްކެވި ވާހަކަފުޅުގައި އިޒްރޭލްގެ ހަމަލާތައް ހުއްޓުވުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ހަމަލާ ހުއްޓުވުމަށާއި ފަލަސްތީނަށް އެހީ ފޯރުކޮށް ދިނުމަށްޓަކައި މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އުރުދުޣާން ވިދާޅުވި ކަމަށް ތުރުކީ ސަރުކާރުން ބުންޏެވެ.

މީގެ އިތުރުން އިންތިހާބީ ރައީސް މުއިއްޒަށް އުރުދުޣާން މަރުހަބާ ދެންނެވި ކަމަށް ވެސް ތުރުކީ ސަރުކާރުން ބުންޏެވެ.

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި އެތައް ސަތޭކަ ބަޔަކު ޝަހީދު ވެފައިވާއިރު، ފަލަސްތީނަށް ބޭނުންވާ އެހީ ފޯރުކޮށް ދިނުމަށް ވެސް އިޒްރޭލުން ދަނީ ހުރަސް އަޅަމުންނެވެ. އެހެންވެ، މުއިއްޒު ކުރިން ވަނީ އެކަން ކުށްވެރި ކުރައްވައި، ފަލަސްތީނުގެ ބިންތަކުން އިޒްރޭލް ފޭބުމަށް ގޮވާލައްވައިފަ އެވެ.

މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުން މުއިއްޒު ހޯއްދެވި ކާމިޔާބީއާ އެކު، ގިނަ ގައުމުތަކުގެ ވެރިން ވަނީ މުއިއްޒަށް މަރުހަބާ ދަންނަވައިފަ އެވެ.