Roadha Mihaaru
މާލޭގެ ގެއެއްގައި ރޯވި އަލިފާން ނިއްވާލައިފި

މާލޭގެ ގެއެއްގައި ރޯވި އަލިފާން ނިއްވާލައިފި

16 އޮކްޓޯބަރ 2023

މާލޭގައި ގެއެއްގައި ރޯވި އަލިފާންގަނޑު ސިފައިން ދެންމެ ނިއްވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލޭގައި ގެއެއްގައި ރޯވި އަލިފާންގަނޑު ސިފައިން ދެންމެ ނިއްވާލައިފި އެވެ.

އެމްއެންޑީއެފުން ބުނީ މައްޗަންގޮޅި ރެޑްވޭވް ޕްލާޒާ ކައިރީގައި ހުންނަ މއ. ފޮގެޓްމީނޮޓްގެ ބަދިގޭގައި ރޯވެގެން 11:40 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އޭގެ ފަހުން، އެ ގޭގެ މީހަކާ ހަވާލައިދީ އެ ސަރަހައްދުގައި ހުރި "މިހާރު" ގެ ރިޕޯޓަރަކު ބުނީ އަލިފާން ރޯވީ އެ ގޭގައި ކަމަށެވެ.

އެ ތަނުގައި އެ ގޭގެ ހަތަރު މީހުން ދިރިއުޅުނަސް އަލިފާނުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ ކަމަށް އޭނާ ބުންޏެވެ.

ސޮމްރެޓް ކެފޭގެ ފުރާޅަށް ގެއްލުން ލިބުން ފިޔަވައި އިތުރު ގެއްލުމެއް ނުލިބެ އެވެ.