08 އޮކްޓޯބަރ 2023
ބަލިވެ އުޅޭތީ އޭނާގެ މިއުޒިކީ ކެރިއަރުން ބްރޭކެއް ނަގަން ނިންމާފައިވާ ކަން މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ޑްރޭކް އިއުލާންކޮށްފި އެވެ.
ބަލިވެ އުޅޭތީ އޭނާގެ މިއުޒިކީ ކެރިއަރުން ބްރޭކެއް ނަގަން ނިންމާފައިވާ ކަން މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ޑްރޭކް އިއުލާންކޮށްފި އެވެ.
ޑްރޭކް އެކަން އިއުލާންކުރީ އޭނާގެ އެންމެފަހުގެ މިއުޒިކް އަލްބަމް "ފޯ އޯލް ދަ ޑޯގްސް" މިދިޔަ ހުކުރު ދުވަހު ރިލީޒްކުރުމަށް ފަހުގައި ރޭޑިއޯއަކަށް ދިން އިންޓަވިއުއެއްގަ އެވެ.
ޑްރޭކް ބުނި ގޮތުގައި އޭނާ ގޭސްޓްރިކް މައްސަލަ ހުންނަތާ މިހާރު އެތައް އަހަރެއް ވެއްޖެ އެވެ. އެހެންވެ، އަމިއްލަ ސިއްހަތަށް އިސްކަންދިނުމުގެ ގޮތުން ފަރުވާ ހޯދުމަށް ބްރޭކެއް ނަގަން ނިންމީ އެވެ. އަދި އެކަމަށް އަހަރަކަށް ވުރެ ގިނަ ދުވަސް ހޭދަވެދާނެ އެވެ.
"އަހަރެންގެ ހާލު މާ ސީރިއަސްއެއް ނޫން، އެކަމަކު އަހަރެން ބޭނުން އެންމެން ވެސް އެމީހެއްގެ ސިއްހަތަށް އިސްކަންދޭން،" ޑްރޭކް ބުންޏެވެ.
އެ ނިންމުމާ ގުޅިގެން ޑްރޭކްގެ ކުރިއަށް ހުރި ވަރަށް ގިނަ ޝޯތައް ވެސް މިހާރު ވަނީ ފަސްކޮށްފަ އެވެ.
ޑްރޭކްގެ ފަހުގެ އަލްބަމްގެ ލަވައެއްގައި އޭނާ ފަސް އަހަރުގެ ދަރިފުޅު ވެސް ފީޗާކޮށްފައިވެ އެވެ. އެ އަލްބަމްގެ ކަވަ ފޮޓޯ ވެސް ކުރެހީ އެ ކުއްޖާ އެވެ.
ޑްރޭކްގެ އިތުރު އެހެން ބައެއް ލަވަކިޔުންތެރިން ވެސް ސިއްހީ ސަބަބުތަކާ ގުޅިގެން މި އަހަރުގެ ތެރޭގައި ކެރިއަރުން ބްރޭކެއް ނަގާފައިވެ އެވެ. އޭގެ ތެރޭގައި މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މެޑޯނާ އާއި ބްރޫސް ސްޕްރިންގްސްޓީން ހިމެނެ އެވެ.
ޑްރޭކް އާއި ބޭޑް ބަނީ އެކުގައި ލަވައެއް ގެނެސްދެނީ
ކިމްއާ ސުލްހަވާން ކަންޔޭ އެދުނީ ރެޕް ކަޑިއަކުން
ގްރެމީގެ ނޮމިނޭޝަންތައް ޑްރޭކް ގަބޫލެއް ނުކުރި
ޔުނިވަސިޓީއެއްގެ ކޯހެއްގައި ދެ މިއުޒިޝަނެއްގެ ވާހަކަ
ޑްރޭކްގެ އާ އަލްބަމަކީ "ސަޓިފައިޑް ލަވަ ބޯއި"
ޑްރޭކް އުށްބައްތި ވިއްކަނީ
ޑްރޭކަށް ސެލީންގެ ނަސޭހަތަކީ ޓެޓޫ ނުޖެހުން