ދައުލަތަށް ނަގާފައި މިވަގުތު ވެސް 169 ކުދިން ތިބި ކަމަށް ޖެންޑާ މިނިސްޓްރީން ހާމަކޮށްފި އެވެ.
05 އޮކްޓޯބަރ 2023
ދައުލަތަށް ނަގާފައި މިވަގުތު ވެސް 169 ކުދިން ތިބި ކަމަށް ޖެންޑާ މިނިސްޓްރީން ހާމަކޮށްފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "މިހާރު" އިން އެދުނު މައުލޫމާތުގެ ޖަވާބުގައިވާ ގޮތުން، މިހާރު ދައުލަތުން ބަލަމުންދަނީ 169 ކުދިންނެވެ. އެއީ 75 އަންހެން ކުދިންނާއި 95 ފިރިހެން ކުދިންނެވެ.
އެ ކުދިންގެ ތެރޭގައި އެއް އަހަރު ނުވާ ތިން އަންހެން ކުދިންނާއި ހަތަރު ފިރިހެން ކުދިން ވެސް ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
މީގެ ކުރިން ކުޑަކުދިންގެ ހިޔާ އާއި ފިޔަވަތީގައި ކުދިން ބަހައްޓަމުން އައި ނަމަވެސް މިދިޔަ އަހަރުން ފެށިގެން ވަނީ ރަށްރަށުގައި އަމާންވެށިތައް ގާއިމުކުރަން ފަށައިފަ އެވެ. އަދި އެ ރަށްތަކަށް ވަނީ ކުދިން ބަދަލު ވެސް ކޮށްފަ އެވެ.
1. ހއ. ދިއްދޫ: އަންހެން ކުއްޖަކާއި ފިރިހެން ތިން ކުދިން
2. ށ. ފުނަދޫ: އަށް އަންހެން ކުދިންނާއި 12 ފިރިހެން ކުދިން
3. ނ. މަނަދޫ: 13 އަންހެން ކުދިން
4. ބ. އޭދަފުށި: ހަތް އަންހެން ކުދިންނާއި އަށް ފިރިހެން ކުދިން
5. ދ. ކުޑަހުވަދޫ: އެއްވެސް ކުއްޖަކު ނެތް
6. ލ. ފޮނަދޫ: ނުވަ ފިރިހެން ކުދިން
7. ފުވައްމުލައް: ފަސް އަންހެން ކުދިންނާއި 10 ފިރިހެންކުދިން
މިދިޔަ ފަސް އަހަރު ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތެރެއިން 132 އަންހެން ކުދިންނާއި 96 ފިރިހެން ކުދިން ވަނީ އާއިލާތަކާ ހަވާލުކޮށް ނުވަތަ މުޖުތަމައުއަށް ނެރެފަ އެވެ. އަދި 2018 އިން ފެށިގެން މި އަހަރުގެ އޮގަސްޓުގެ ނިޔަލަށް 175 ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ނެގި ކަމަށް ވެސް ޖެންޑާ މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީގެ ކޮންމެ މަހެއްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކޮންމެވެސް ސަބަބަކާ ހުރެ ކޮންމެ މަހަކު ވެސް ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނަގަ އެވެ. އާއިލީ މައްސަލަތަކުގައި ނަގާ ބައެއް ކުދިން ވަގުތީ ގޮތުން ނެގުމަށް ފަހު، އަލުން އާއިލާއާ ހަވާލު ވެސް ކުރެ އެވެ.
ޖެންޑާގެ ބެލުމުގެ ދަށުގައި މިވަގުތު 148 ކުދިން
ވަޒީފާ ގެއްލުނު މުވައްޒަފުންނަށް އިދިކޮޅުން ގާނޫނީ އެހީ
ކުދިން ކޮންޓްރޯލްކުރީ ގާނޫނީ އިމުގެ ތެރެއިން: ޕޮލިސް
ހިޔާގައި ތިން މަސް ތެރޭ އަލިފާނުގެ ތިން ހާދިސާ
ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ އިތުރު ހާދިސާއެއް
ހިޔާގެ ކުދިން ރަށްރަށަށް: ކިހިނެއް ގެންނަ ބަދަލެއް؟
ދަރިފުޅާ ބެހުނު ކަމުގެ ތުހުމަތުވި ބައްޕަ ހައްޔަރުކޮށްފި
ވޭމަންޑޫ ސެންޓަރުގެ ކުއްޖެއްގެ މައްސަލަ ހޫނުވެއްޖެ
ކުރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ ފްލެޓެއް ގަނެފި
ދަރިން ހަވާލުކުރަން އަމަލުކުރި ގޮތުން ކަންބޮޑުވުން