Roadha Mihaaru
ފަސޫހާ ތިންވަނަ ފަހަރަށް ގައުމީ ރެކޯޑް މުގުރާލައިފި

ފަސޫހާ ހުއްޓުމެއް ނެތި ކުރިއަށް، މިއަހަރު ތިންވަނަ ފަހަރަށް 800 މީޓަރު ގައުމީ ރެކޯޑް މުގުރާލައިފި

03 އޮކްޓޯބަރ 2023

މިއަހަރު ބޮޑެތި ކުރިއެރުންތަކާ އެކު ގައިމީ އެތުލެޓިކްސް ސްކޮޑުން ޖާގަ ހޯދި ޒުވާޏް އަންހެން ދުވުންތެރިޔާ ފަސޫހާ އަހުމަދު، 20، މިއަހަރު ތިންވަނަ ފަހަރަށް 800 މީޓަރު ދުވުމުން ގައުމީ ރެކޯޑް އާކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މިއަހަރު ބޮޑެތި ކުރިއެރުންތަކާ އެކު ގައިމީ އެތުލެޓިކްސް ސްކޮޑުން ޖާގަ ހޯދި ޒުވާޏް އަންހެން ދުވުންތެރިޔާ ފަސޫހާ އަހުމަދު، 20، މިއަހަރު ތިންވަނަ ފަހަރަށް 800 މީޓަރު ދުވުމުން ގައުމީ ރެކޯޑް އާކޮށްފި އެވެ.

ޗައިނާގެ ހަންގްޒޫ ސިޓީގައި ކުރިއަށްދާ އޭޝިއަން ގޭމްސްގައި ފަސޫހާ ގައުމީ ރެކޯޑް އާކުރީ، މިއަދު އޮތް އިވެންޓްގައި ދެ މިނިޓް 20.66 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ހީޓްގެ ފަސްވަނައިގައި ފަސޫހާ ނިންމި ނަމަވެސް މިއީ ފާހަގަ ކޮށްލެވޭ ކުރިއެރުމެކެވެ. އޭނާ އަކީ ހީޓްގައި ވާދަކުރި އެންމެ ޒުވާން އެތުލީޓެވެ.

މިއަހަރު މެއި މަހު އޮތް ގައުމީ ޓައިމް ޓްރަޔަލްގައި އޭނާ މުގުރާލީ 13 އަހަރު ވަންދެން ކުރީގެ ދުވުންތެރިޔާ އައިޝަތު ރީޝާ އަތުގައި އޮތް ރެކޯޑެކެވެ. ރީޝާ، 2009 ވަނަ އަހަރު ޖަރުމަންގެ ބާލިންގައި އޮތް ވޯލްޑް ޗެމްޕިއަންޝިޕްގައި ދެ މިނިޓް 28.00 ސިކުންތުން ދުވެގެން ހެދި ރެކޯޑް ފަސޫހާ މުގުރާލީ ދެ މިނިޓް 27.92 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ތޭރަ އަހަރުވީ ރެކޯޑް މުގުރާލުމަށް ފަހު ފަސޫހާ ވަނީ، ޖުލައި މަހު ކުރީކޮޅު އޮތް ގައުމީ ޓްރަޔަލްސްގައި ދުވެގެން ބޮޑު ކުރިއެރުމަކާ އެކު ދެ މިނިޓް 21.83 ސިކުންތުން ރޭސް ނިންމައިގެން ރެކޯޑް އާކޮށްފަ އެވެ.

ފިރިހެނުންގެ 800 މީޓަރު ދުވުމުގެ ހީޓްތައް އިއްޔެ ކުރިއަށް ގެންދިޔައިރު، ރާއްޖޭގެ ހުސެއިން ފަޒީލް ހާރޫން (ފްލޭޝް) އާއި ހުސެއިން ރިޒާ (ކުޑަ ރިޒާ) ވަނީ ވާދަ ކޮށްފަ އެވެ. ފުރަތަމަ ބުރުގެ އެއްވަނަ ހީޓުގައި ވާދަކޮށް ފަޒީލް ރޭސް ނިންމީ އެއް މިނިޓް 57.20 ސިކުންތުންނެވެ. ދެވަނަ ހީޓުގައި ވާދަކޮށް ރިޒާ ރޭސް ނިންމީ އެއް މިނިޓް 54.58 ސިކުންތުންނެވެ.

އިއްޔެ ފިރިހެނުންގެ 4 ގުނަ 100 މީޓަރު ރިލޭ އިވެންޓުގައި ވާދަކުރި ރާއްޖޭގެ ޓީމުގައި ދުވީ ހަސަން ސާއިދާއި މުހައްމަދު މިންހާލް ޝާމިން އަދި އިބްރާހިމް ނާހިލް ނިޒާރާއި އަހުމަދު ނަޖުދާން އަބްދުﷲ އެވެ. މި ޓީމް ރޭސް ފުރިހަމަ ކުރީ 42.19 ސިކުންތުންނެވެ. މިއީ ރާއްޖޭގެ ގައުމީ ރެކޯޑަށް ވުރެ 0.98 ސިކުންތު ލަސް ވަގުތެކެވެ.