Roadha Mihaaru
އަހްނާ އޭޝިއަން ގޭމްސްގައި ގައުމީ ޔޫތު ރެކޯޑު އާކޮށްފި

އަހްނާ އޭޝިއަން ގޭމްސްގައި 200 މީޓަރުން ގައުމީ ޔޫތު ރެކޯޑް އާކޮށްފި

01 އޮކްޓޯބަރ 2023

ޗައިނާގެ ހަންގްޒޫ ސިޓީގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ އަންހެނުންގެ 200 މީޓަރު ދުވުމުން އަހްނާ ނިޒާރު ގައުމީ ޔޫތު ރެކޯޑް އާކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޗައިނާގެ ހަންގްޒޫ ސިޓީގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ އަންހެނުންގެ 200 މީޓަރު ދުވުމުން އަހްނާ ނިޒާރު ގައުމީ ޔޫތު ރެކޯޑް އާކޮށްފި އެވެ.

އުންމީދީ ސްޕްރިންޓަރު އަހްނާ ރެކޯޑް އާކުރީ މިއަދުގެ އިވެންޓްގެ ތިންވަނަ ހީޓުގައި 25.66 ސިކުންތުން ދުވެގެންނެވެ.

މީގެ ކުރިން އަހްނާ އަތުގައި މި ރެކޯޑް އޮތީ މިއަހަރު ޖުލައި މަހު ތައިލެންޑްގެ ބެންކޮކްގައި އޮތް އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އިވެންޓުގައި 25.73 ސިކުންތުން ރޭސް ފުރިހަމަ ކޮށްގެންނެވެ.

އަންހެނުންގެ 200 މީޓަރު އިވެންޓުގެ ދެވަނަ ހީޓުގައި ދުވި އައިޝަތު ހިމްނާ ހަސަން ރޭސް ފުރިހަމަ ކުރީ 25.59 ސިކުންތުންނެވެ.

ފިރިހެނުންގެ 200 މީޓަރު އިވެންޓުގައި އިބްރާހިމް ނާހިލް ނިޒާރާއި އަހުމަދު ނަޖުދާން އަބްދުﷲ ވަނީ ދުވެފަ އެވެ. ފުރަތަމަ ހީޓުގައި ވާދަކޮށް ނާހިލް ނިންމީ 22.98 ސިކުންތުންނެވެ. ދެވަނަ ހީޓުގައި ވާދަކޮށް ނަޖުދާން ރޭސް ނިންމީ 23.27 ސިކުންތުންނެވެ.