05 ފެބުރުއަރީ 2017
ހިންމަފުށީ ގެއެއްގެ ދޮރަށް އަރާފައި އިން ވަޒަނަކީ، ސިފައިންގެ ތަމްރީނުތައް ކުރިއަށް ގެންދާ ގިރިފުށިން އައި ވަޒަނެއް ނޫން ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.
ހިންމަފުށީ ގެއެއްގެ ދޮރަށް އަރާފައި އިން ވަޒަނަކީ، ސިފައިންގެ ތަމްރީނުތައް ކުރިއަށް ގެންދާ ގިރިފުށިން އައި ވަޒަނެއް ނޫން ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.
ގިރިފުއްޓާ ވީ ދިމާލު އަތިރިމަތީގައި ހުންނަ ލިލީނައިޓް ކިޔާ ގޭގެ ކުޑަދޮރަކަށް ވަޒަން އަރާފައި ހުއްޓާ ބުދަދުވަހު ފެނުނަސް އެއީ ކޮން އިރަކު އެރި އެއްޗެއް ކަމެއް ނޭނގެ އެވެ.
އެކަމަކު ރަށު ކައުންސިލުން ލަފާކުރަނީ، އެއީ ގިރިފުށިން އައި ވަޒަނެއް ކަމަށެވެ. މީގެ އަހަރެއް ކުރިން 2015 ގައި ވެސް އެ ރަށުގެ ގެއެއްގެ ދޮރަށް ވަޒަނެއް އެރި އެވެ. މި ދެ ހާދިސާއަކީ ވެސް، މީހަކަށް އަމާޒުވި ނަމަ މަރުގެ އެތިފަހަރަކަށް ވާނެ އެވެ. މި މައްސަލާގައި ހިންމަފުށީ ރައްޔިތުން އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.
މިނިސްޓަރު އާދަމް ޝަރީފް "މިހާރު" އަށް ވިދާޅުވީ ގިރިފުށީ ތަމްރީނުތަކުގައި ބޭނުންކުރާ ހަތިޔާރުން ހިންމަފުއްޓަށް އެރުމަކީ ވާނެ ކަމެއް ނޫން ކަމަށެވެ. ހިންމަފުށިން ވަޒަން ފެނުމާއެކު ސިފައިން ހަރަކާތްތެރިވި ކަމަށާއި މިހާތަނަށް ބެލިބެލުމުން ވެސް އެއީ ގިރިފުށިން އައި ވަޒަނެއް ނޫން ކަމަށް ކަމާގުޅޭ މާހިރު ލަފާކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސިފައިން ތިބީ ހިމޭނަކުން ނޫން، އެނގުނު ވަގުތުން އެކަން އަންނަނީ ސްޓަޑީކުރަމުން. ގިރިފުށީގެ ތަމްރީނުތަކުން ހިންމަފުށީ ރައްޔިތުންނަށް ބިރުވެރިކަމެއް ނެތް،" މިނިސްޓަރު ވިދާޅުވި އެވެ.
މިއީ ތަހުގީގު ޓީމުގެ ލަފާކުރުން ކަމަށް ވިއަސް، އާންމުކޮށް 9އެމްއެމްގެ ވަޒަން ދަތުރުކުރާ ދުރުމިނަކީ، 1800 މީޓަރެވެ. ހިންމަފުއްޓާއި ގިރިފުއްޓާ ދެމެދު 1000 މީޓަރު ވެސް ނުހުރެ އެވެ.
ހިންމަފުށީ ގެއެއްގެ ދޮރަށް ވަޒަން އަރާފައި.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ނުރައްކަލެއް ނެތް ކަން ކަށަވަރުކުރަން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ އެވެ. އެ ހާދިސާގެ އިތުރު ތަފްސީލު އެމްއެންޑީއެފުން ވަރަށް އަވަހަށް މީޑިއާތަކާ ހިއްސާކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ސިފައިންގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި ސިފައިން ގިރިފުށީގައި ބޭނުންކުރާ ވަޒަންތަކާ ހިލާފަށް ހިންމަފުށިން ފެނުނު ވަޒަނުގައި އިނީ ވަރަށް ބޮޑަށް ދަބަރު ޖަހައިފަ އެވެ. އެ ވަޒަން ފެނުމުން، ސިފައިން ހިންމަފުށީގައި ތިބެގެން ގިރިފުއްޓަށް ވަޒަން ޖަހާފައިވާ ކަމަށާއި އެ ވަޒަން ގިރިފުއްޓަށް ނުފޯރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މާނައަކީ ގިރިފުށިން ޖަހާ ވަޒަން ވެސް ހިންމަފުއްޓަށް އަރައިގެން ނުވާނެއޭ،" އޭނާ ވިދާޅުވި އެވެ.
އެ ވަޒަން އެރީ ގިރިފުށިން ނޫން ކަމަށް ވާނަމަ، އާއްމުންގެ ތެރޭގައި ހަތިޔާރެއް ގެންގުޅެނީތޯ ސުވާލުކުރުމުން ވިދާޅުވީ، ވަޒަން އަރާފައިވާ ގޮތަށް ބަލާއިރު އެއީ އާއްމުންގެ އަތުގައި އޮތް ހަތިޔާރަކުން އެރި ވަޒަނެއް ކަމަށް ވެސް ނުބެލެވޭ ކަމަށެވެ. އެފަދަ އެއްވެސް ކަމެއް ފާހަގަވި ނަމަ ރަށުތެރެ ފާސްކޮށްގެން ނަމަވެސް ސިފައިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް "މިހާރު" އަށް ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.
އާދަމް ޝަރީފްގެ ވާހަކައަކީ އިންތިހާބަށް ހުރަސްއެޅުން؟
އަމާންކަން ނަގާލަން ބަޔަކު އެބަ ރާވާ: އާދަމް ޝަރީފް
އާދަމް ޝަރީފް ބޭނުންވީ ގިނަބަޔަކަށް މައުލޫމާތު އަންގަން
ސަރުކާރު ވައްޓާލަން ފުރުސަތެއް ނުދޭނަން: އާދަމް ޝަރީފް
ޑިފެންސްމިނިސްޓަރު، އެސްޕީޖީއާ ދެއްކި ވާހަކަ ލީކުވެއްޖެ
ސިފައިންގެ ހައްގު ނިގުޅައިގެންފި ނަމަ އިހްތިޖާޖުކުރާނަން
ސިފައިންނަށް ވޯޓު ނުލެވުމަކީ ދަށުދަރަޖައަކަށް ވައްޓާލުން
ގައުމީ ސަލާމަތް ބޮޑު ނުރައްކަލަކާ ދިމާއަށް!
ބޯހިޔާވަހިކަމުގެ "ކޮޅެއް މެދެއް ނޭނގޭ" ދެ މަޝްރޫއު
އެމްޑީޕީން މާފަށް އެދެންޖެހޭ: ޑރ. ޖަމީލް