Roadha Mihaaru
ހެރީ ޕޮޓާގެ ޑަމްބަލްޑޯ މަރުވެއްޖެ

ހެރީ ޕޮޓާގައި ޑަމްބަލްޑޯގެ ރޯލު ކުޅުނު އެކްޓަރު މަރުވެއްޖެ

28 ސެޕްޓެމްބަރ 2023

މަޝްހޫރު އިނގިރޭސި ފިލްމު ސީރީޒް "ހެރީ ޕޮޓާ"ގައި ޑަމްބަލްޑޯގެ ރޯލު ކުޅުނު އެކްޓަރު، މައިކަލް ގެމްބޮން މިއަދު މަރުވެއްޖެ އެވެ.

މަޝްހޫރު އިނގިރޭސި ފިލްމު ސީރީޒް "ހެރީ ޕޮޓާ"ގައި ޑަމްބަލްޑޯގެ ރޯލު ކުޅުނު އެކްޓަރު، މައިކަލް ގެމްބޮން މިއަދު މަރުވެއްޖެ އެވެ.

އުމުރުން 82 އަހަރުގައި ގެމްބޮން މަރުވީ ނިއުމޯނިއާ ޖެހިގެންނެވެ. އޭނާ މަރުވީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނިކޮށެވެ.

އެކްޓަރެއްގެ ގޮތުގައި ގެމްބޮން އެންމެ މަޝްހޫރުވީ ހެރީ ޕޮޓާގެ ފިލްމުތަކުގައި ހޮގްވާޓްސްގެ ހެޑްމާސްޓަރު، އެލްބަސް ޑަމްބަލްޑޯގެ ރޯލު ކުޅެގެންނެވެ.

މަޝްހޫރު އިނގިރޭސި ފިލްމު ސީރީޒް "ހެރީ ޕޮޓާ"ގައި ޑަމްބަލްޑޯގެ ރޯލު ކުޅުނު އެކްޓަރު، މައިކަލް ގެމްބޮން.

މަޝްހޫރު އިނގިރޭސި ފިލްމު ސީރީޒް "ހެރީ ޕޮޓާ"ގައި ޑަމްބަލްޑޯގެ ރޯލު ކުޅުނު އެކްޓަރު، މައިކަލް ގެމްބޮން.

ގެމްބޮންގެ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނީ އޭނާ މަރުވި އިރު، އޭނާގެ އަންހެނުން އޭން ގެމްބޮން އާއި އެ ދެމަފިރިންގެ ދޮށީ ދަރިފުޅު ފާގަސް ގެމްބޮން ކައިރީގައި ތިބި ކަމަށެވެ. އޭނާގެ ތިން ކުދިން ތިބެ އެވެ.

ފިލްމީ ދާއިރާގައި އޭނާ ހޭދަކުރި 60 އަހަރުގެ ތެރޭގައި ފިލްމާއި ޓީވީ އާއި ތިއޭޓާ އަދި ރޭޑިއޯގެ އެކި ޕްރޮޖެކްޓުތަކުގައި މަސައްކަތް ކުރި އެވެ. އޭނާއަށް ހަތަރު ފަހަރެއްގެ މަތިން ބާފްޓާ އެވޯޑު ވެސް ލިބުނެވެ.

ގެމްބޮން އޭނާގެ ކެރިއަރު ފެށީ ލަންޑަންގައި ހުންނަ ރޯޔަލް ނޭޝަނަލް ތިއޭޓަރުންނެވެ. އެ ތިއޭޓަރުގައި ސެކްޝްޕިއާގެ ވަރަށް ގިނަ ތަމްސީލުތައް އޭނާ ކުޅުނެވެ.

މުނިފޫހިފިލުވުމުގެ ދާއިރާއަށް ގެމްބޮން ކޮށްދީފައިވާ ހިދުމަތުގެ އަގުވަޒަންކޮށް އިނގިރޭސިވިލާތުގެ ސަރުކާރުން 1998 ވަނަ އަހަރު ވަނީ އޭނާއަށް އެކަމުގެ ޝަރަފު ވެސް އަރުވައިފަ އެވެ.