Roadha Mihaaru
މުޅި ރާއްޖެއަށް ވިއްސާރަ؛ ކުރެންދޫގައި ފެން ބޮޑުވެއްޖެ

މުޅި ރާއްޖެއަށް ވިއްސާރަ؛ ކުރެންދޫގައި ފެން ބޮޑުވެ ގެއްލުންވެއްޖެ

19 ސެޕްޓެމްބަރ 2023

ބޯކޮށް ވާރޭވެހި ޅ. ކުރެންދޫގައި ފެންބޮޑުވެ ގެތަކަށް ގެއްލުންވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ބޯކޮށް ވާރޭވެހި ޅ. ކުރެންދޫގައި ފެންބޮޑުވެ ގެތަކަށް ގެއްލުންވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ރަށުގެ ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވެފައި ވާއިރު، ބައެއް ގެތަކަށް ފެން ވަދެ ތަކެއްޗަށް ވެސް ވަނީ ގެއްލުންވެފަ އެވެ.

ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ރޭ މެންދަމުން ފެށިގެން ކުރެންދޫއަށް ބޯކޮށްވާރޭވެހި ރަށުގައި ފެންބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކުރެންދޫގެ ގެއެއްގައި ފެންބޮޑުވެފައި.

ކުރެންދޫގެ ގެއެއްގައި ފެންބޮޑުވެފައި.

އެމްޑީއެމްއޭ އިން ބުނީ ލިބުނު ގެއްލުން ދެނެގަތުމަށް ކައުންސިލާ ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

މިކަމާ ބެހޭ ގޮތުން ރަށު ކައުންސިލްގެ ބަހެއް އަދި ނުލިބެ އެވެ.

މޫސުމާ ބެހޭ އިދާރާ، މެޓުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަކޮށް ވައި ގަދަވާނެ ކަމަށެވެ.

ކުރެންދޫގެ މަގެއްގައި ފެންބޮޑުވެފައި.-- ފޮޓޯ: މުހައްމަދު މިދާހު/ ފޭސްބުކް

ކުރެންދޫގެ މަގެއްގައި ފެންބޮޑުވެފައި.-- ފޮޓޯ: މުހައްމަދު މިދާހު/ ފޭސްބުކް

ވައިގެ ބާރުމިން މިއަދު ދެކުނާއި މެދުތެރޭގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދު ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓުން ލަފާކޮށްފައިވެ އެވެ. އުތުރުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު ތިން މޭލާއި 13 މޭލާ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް މެޓުން ލަފައި ކޮށްފައިވެ އެވެ.

އެމްއެންޑީއެފުން ކުރެންދޫގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: އެންޑީއެމްއޭ

އެމްއެންޑީއެފުން ކުރެންދޫގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: އެންޑީއެމްއޭ

މެޓް އޮފީހުން ވަނީ މެންދުރު 12:00 އާ ހަމައަށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ވައިޓް އެލާޓް ނެރެފަ އެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހުނީ އދ. މާމިގިއްޔަށެވެ. އެ ރަށަށް 101.5 މިލިމީޓަރުގެ ވާރޭވެހިފައިވެ އެވެ.