Roadha Mihaaru
ކޮމަންޑުއަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް

ކޮމަންޑު އަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް

12 ޖެނުއަރީ 2024

ރޭ ދަންވަރު ށ. ކޮމަންޑު އަށް އުދަ އަރައި އެ ރަށުގެ ގިނަ ގެތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރޭ ދަންވަރު ށ. ކޮމަންޑު އަށް އުދަ އަރައި އެ ރަށުގެ ގިނަ ގެތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

އެ ރަށު ކައުންސިލުން ބުނީ އުދައެރުމުގެ ސަބަބުން ގޭގެއަށް ލޮނު ވަދެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

ރައްޔިތުންގެ މުދަލާއި ގޯތިގެދޮރު ސަލާމަތް ކުރުމަށްޓައި ކައުންސިލާއި ސާޓްޓީމާއި އެމްޓީސީސީ އަދި ޕޮލިހުންނާއި ރައްޔިތުން ގުޅިގެން މިހާރު ވެސް މަސައްކަތް ކުރަމުންދާ ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ.

ށ. ކޮމަންޑޫއަށް އުދަ އަރާފައި.-- ފޮޓޯ: ކައުންސިލް

ށ. ކޮމަންޑޫއަށް އުދަ އަރާފައި.-- ފޮޓޯ: ކައުންސިލް

"މިހާރު" އާ ވާހަކަ ދެއްކި އެ ރަށު މީހަކު ބުނީ ރޭ އެރި އުދައިގައި އެ ރަށު ވަރަށް ގިނަ ގެތަކަށް ލޮނުވަދެފައިވާ ކަމަށެވެ.

"ކިތައް ގެ ކަމެއް ބުނާކަށް ނޭނގޭ. ހިފާ ގެންގުޅޭ ސާމާނަށް ވަރަށް ބޮޑެތި ގެއްލުން ލިބިފައި ހުރީ، އުދައިގެ އަސަރު ކުރި ހުރިހާ ގެއެެއްގެ ވެސް،" އޭނާ ބުންޏެވެ.

އުދަ އަރައި ކޮމަންޑޫގެ ގެ އަކަށް ލޮނު ވަދެފައި.-- ފޮޓޯ: ކައުންސިލް

އުދަ އަރައި ކޮމަންޑޫގެ ގެ އަކަށް ލޮނު ވަދެފައި.-- ފޮޓޯ: ކައުންސިލް

އެންޑީއެމްއޭގެ އޮފިޝަލަކު ވިދާޅުވީ އުދައިގެ ސަބަބުން މީހުން ދިރި ނޫޅެވޭ ވަރު ވުމުން ރޭ އެއް ގޭގެ މީހުން އެހެން ގެ އަކަށް ބަދަލު ކުރި ކަމަށެވެ. ނަމަވެސް ހެނދުނު އެ މީހުން އަނބުރާ ގެއަށް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބަލަމުން މި ދަނީ މިހާރު، ގެއްލުން ލިބުނު ގެތަކާ، ލިބުނު ގެެއްލުން. އެެއަށްފަހު އެނގޭނީ ތަފުސީލެއް ބުނަން."

އުދަ އަރައި ކޮމަންޑޫގެ ގެ އަކަށް ލޮނު ވަދެފައި.-- ފޮޓޯ: ކައުންސިލް

އުދަ އަރައި ކޮމަންޑޫގެ ގެ އަކަށް ލޮނު ވަދެފައި.-- ފޮޓޯ: ކައުންސިލް

އޭނާ ވިދާޅުވީ މިހާރު މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ދ. ކުޑަހުވަދޫގެ ފަސް ގެއެެއްގައި ފެންބޮޑުވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ކުޑަހުވަދޫގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެންވަންނަމުންދާތީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން، އެ ރަށު ފެން ވަންނަ ގެތަކުގައި ވެލިބަސްތާ ޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރެއިން ފެށިގެން މާލެއަށް ވެހެންމުންދާ ވާރޭގައި ބައެއް ގޭތަކަށް ފެންވަންނަމުންދާތީ ކަމާބެހޭ ފަރާތްތަކުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އޭގެ އިތުރުން މިއަދު މާލެއަށް ޖެހުނު ގަދަވައިގައި ވެހިކަލްތަކެއް މައްޗަށް ވެއްޓުނު ގަހެއް ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ. މި ގަހަކީ ރެހެންދި ހިނގުމުގައި ހުރި ގަހެކެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެ ހުރަސްކޮށް އަރަބިކަނޑަށް ޖެހެމުންދާތީ ކުރަމުންދާ ވިއްސާރަ އެވެ. އެގޮތުން ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް މެޓުން ވަނީ ލަފާ ކޮށްފަ އެވެ.