Roadha Mihaaru

މޮރޮކޯ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 2،000 އަށް ވުރެ މައްޗަށް

މަރަކެޝް (ސެޕްޓެމްބަރު 10) - މޮރޮކޯ އަށް އިއްޔެ އައި ބާރުގަދަ ބިންހެލުމުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 2،000 އަށް ވުރެ އިތުރުވެފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެފި އެވެ.

މޮރޮކޯ ބިންހެލުމުގައި މަރުވި މީހުން 2،000 އަށް

މަރަކެޝް (ސެޕްޓެމްބަރު 10) - މޮރޮކޯ އަށް އިއްޔެ އައި ބާރުގަދަ ބިންހެލުމުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 2،000 އަށް ވުރެ އިތުރުވެފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެފި އެވެ.

މޮރޮކޯގެ އިންޓީރިއާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މި ހާދިސާގައި މަރުވި މީހުންގެ އަދަދު 2،012 އަށް އަރާފައިވާ ކަމަށެވެ.

މޮރޮކޯގެ މެދުތެރޭ ސަރަހައްދުގެ މަރަކެޝް ސިޓީ އަށް އައި ބާރުގަދަ އެ ބިންހެލުމުގައި ވެއްޓުނު ގެތަކާއި އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ އިރު، އެ ހާދިސާގައި 2،059 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.

މޮރޮކޯއަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ވަނީ 2،000 ހުރަސްކޮށްފައި.-- ފޮޓޯ: އޭއެފްޕީ

މޮރޮކޯއަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ވަނީ 2،000 ހުރަސްކޮށްފައި.-- ފޮޓޯ: އޭއެފްޕީ

އޭގެތެރެއިން 1،400 އަށް ވުރެ ގިނަ މީހުންގެ ހާލު ސީރިއަސް ކަމަށް ވެސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުންޏެވެ.

ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ފަރުބަދަމަތީގެ އަލްހައުޒް ސަރަހައްދުގައި ހުރި ކުދި އަވަށްތަކަށެވެ.

މި ހާދިސާގައި އެންމެ ގިނަ މީހުން މަރުވެފައިވަނީ އެ ސަރަހައްދުން ކަމަށްވާއިރު، ވެއްޓުނު ގެތަކުގެ ދަށުވެފައި ގިނަ ބަޔަކު އަދިވެސް ތިބި ކަމަށް ކަމާގުޅޭ އިދާރާތަކުން ލަފާކުރެ އެވެ.

މޮރޮކޯއަށް އައި ބާރުގަދަ ބިންހެލުމުގައި ވެއްޓުނު އިމާރާތެއްގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

މޮރޮކޯއަށް އައި ބާރުގަދަ ބިންހެލުމުގައި ވެއްޓުނު އިމާރާތެއްގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

އެކަމަކު ބިންހެލުމުގައި އެ ސަރަހައްދަށް ދަތުރުކުރަން އޮންނަ މަގުތައް ބްލޮކްވެފައިވާތީ، އެ މީހުން ސަލާމްތަކުރަން ބޭނުންވާ އާލަތްތަކާއި ކާބޯތަކެތި ފޯރުކޮށްދިނުމަށް ވެސް ވަނީ ވަރަށް ބޮޑަށް ހުރަސްއެޅިފަ އެވެ.

ޒަހަމްވި ގިނަ ބަޔަކަށް ލޭ ބޭނުންވާތީ ހޮސްޕިޓަލްތައް ކައިރީގައި ގިނަ ބަޔަކު ވަނީ ލޭ ހަދިޔާ ކުރުމަށް ކިޔު ހަދައިފަ އެވެ. އެތައް ސަތޭކަ ބަޔަކު މިހާރު ވެސް ލޭ ހަދިޔާކޮށްފައިވާ އިރު، އަދި ވެސް ގިނަ އަދަދެއްގެ މީހުން ލޭ ހަދިޔާ ކުރުމަށް މޮރޮކޯގެ ސިއްހީ އިދާރާތަކުން ދަނީ އާންމުންނަށް އިލްތިމާސް ކުރަމުންނެވެ.

މޮރޯކޯ އަށް އެހީ ވުމަށް އެންމެ ފުރަތަމަ އިސް ނެގި ގައުމުތަކުގެ ތެރޭގައި ފެބްރުއަރީ މަހު ބާރުގަދަ ބިންހެލުމަކުން ލިބުނު ގެއްލުމުން އަރައިގަންނަން މަސައްކަތް ކުރާ ތުރުކީ އާއި ހަނގުރާމައެއްގެ ނުރައްކަލުގައި އޮތް ޔޫކްރޭން ހިމެނެ އެވެ.