02 ފެބުރުއަރީ 2017
މަހެއްގެ މައްޗަށް ލިބޭ އާމްދަނީ 40،000 ރުފިޔާ އަށް މަދު ނަމަ، ވަކި ފަރުދުންނާއި ޑީމްޑް ޕާޓްނަޝިޕްތައް ރަޖިސްޓްރީ ކުރަން ނުޖެހޭ ގޮތަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރީޓީ (މީރާ) އިން މިއަދު ހަމަޖައްސައިފި އެވެ.
މަހެއްގެ މައްޗަށް ލިބޭ އާމްދަނީ 40،000 ރުފިޔާ އަށް މަދު ނަމަ، ވަކި ފަރުދުންނާއި ޑީމްޑް ޕާޓްނަޝިޕްތައް ރަޖިސްޓްރީ ކުރަން ނުޖެހޭ ގޮތަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރީޓީ (މީރާ) އިން މިއަދު ހަމަޖައްސައިފި އެވެ.
އެ ގޮތަށް ހަމަޖެއްސީ މީރާ އިން ނެރުނު ޓެކްސް ރޫލިންއެއްގަ އެވެ. ކުރިން ކަނޑައަޅާފައިވާ އާމްދަނީގެ ނިސްބަތަކީ 20،000 ރުފިޔާ އެވެ.
ވަކި ފަރުދުންނާއި ޑީމްޑް ޕާޓްނަޝިޕްތަކަށް މީރާ އިން ވަނީ މިދިޔަ ހަފުތާގައި ވެސް ލުޔެއް ދީފަ އެވެ. އެ ގޮތުން، އެ ފަރާތްތަކުން އަހަރަކަށް ޖެހޭ އާމްދަނީ އެއް މިލިއަން ރުފިޔާ އަށް ވުރެ މަދު ނަމަ، ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކްސް (ބީޕީޓީ)ގެ ބަޔާން ހުށަހަޅަން ނުޖެހޭ ގޮތަށް ވަނީ ހަދައިފަ އެވެ.
މީގެ އިތުރުން، ބީޕީޓީގެ ކަންކަން ބެލެހެއްޓުމުގައި ވެސް މީރާ އިން ވަނީ މި ފަހުން ބޮޑެތި ލުއިތަކެއް ދީފަ އެވެ. އެ ގޮތުން، އަހަރަކު 10 މިލިއަން ރުފިޔާ އަށް ވުރެ މަދުން އާމްދަނީ ލިބޭ ވިޔަފާރިތަކުން، ބީޕީޓީގެ ބަޔާނާ އެކު އޮޑިޓް ރިޕޯޓް ހުށަހަޅަން ނުޖެހޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އޭގެ ކުރިން މި ލުއި ދީފައި ވަނީ އަހަރަކު ފަސް މިލިއަން ރުފިޔާ އަށް ވުރެ މަދުން އާމްދަނީ ލިބޭ ވިޔަފާރިތަކަށެވެ.
އަހަރަކު 10 މިލިއަން ރުފިޔާ އަށް ވުރެ ދަށުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ހިސާބު ބެލެހެއްޓުމުގައި ފައިސާ ލިބޭ ނުވަތަ ހޭދަކުރާ ތާރީހެއްގައި އާމްދަނީ އާއި ހަރަދުތައް ހިމެނެމުގެ އިހްތިޔާރު ވެސް ވަނީ ދީފަ އެވެ.
ކުދި ވިޔަފާރިން އޮޑިޓް ރިޕޯޓް ހުށަހަޅަން ނުޖެހޭނެ
ހިސާބު ބެލެހެއްޓުމުގައި ކުދި ވިޔަފާރިތަކަށް ލުޔެއް ދީފި
20-30 މިލިއަނުން ވެސް ޓެކްސް ބަޔާން ހުށަހަޅަންޖެހޭ
އެންމެ ބޮޑު ފައިދާއެެއް ލިބުނީ ވިޔަފާރީގެ ޓެކްސްއިން
މިދިޔަ މަހު ދައުލަތަށް 2.1 ބިލިއަން ރުފިިޔާ ލިބުނު
މިދިޔަ މަހު މީރާ މެދުވެރިކޮށް އެއް ބިލިއަން ލިބިއްޖެ
ކުދި ވިޔަފާރިތަކުގެ ޓެކްސް ޖޫރިމަނާ މާފުކޮށްދެނީ
މިދިޔަ މަހު ދައުލަތަށް 2.1 ބިލިއަން
ވިޔަފާރިވެރިންގެ ފުނިޖެހިފައިވާ ޝަކުވާތައް މީރާ އަށް
މިދިޔަ މަހު މީރާ މެދުވެރިކޮށް 1.3 ބިލިއަން ލިބުނު