31 އޯގަސްޓް 2023
މާލޭގައި މީހަކު ރަހީނުކޮށް ފައިސާތަކެއް ފޭރުނު ކަމަށް ތުހުމަތުވާ މައްސަލައެއްގައި ހައްޔަރުކުރި، ކުރީގެ މަޝްހޫރު ނެށުންތެރިޔާ އަލީ ޝާހިދު (ސްޓެފް އައްޔަ) ގެ ވޮލެޓުން، ރަހީނުކުރި މީހާގެ އެކައުންޓުން ފައިސާ ފޮނުވި އެކައުންޓުގެ ކާޑު ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މާލޭގައި މީހަކު ރަހީނުކޮށް ފައިސާތަކެއް ފޭރުނު ކަމަށް ތުހުމަތުވާ މައްސަލައެއްގައި ހައްޔަރުކުރި، ކުރީގެ މަޝްހޫރު ނެށުންތެރިޔާ އަލީ ޝާހިދު (ސްޓެފް އައްޔަ) ގެ ވޮލެޓުން، ރަހީނުކުރި މީހާގެ އެކައުންޓުން ފައިސާ ފޮނުވި އެކައުންޓުގެ ކާޑު ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މި މައްސަލައިގައި ސްޓެޕް އައްޔަ ހައްޔަރުކޮށް ބަންދަށް 15 ދުވަސް އިތުރުކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވާ ގޮތުން އަލީ ވަނީ ރަހީނު ކުރުމުގައި އޭނާގެ ބައިވެރިވުން ނޯންނާނެ ކަމަށާއި އެކަން ފުލުހުންނަށް ރިޕޯޓުކުރީ ވެސް އޭނާ ކަމަށް ބުނެފަ އެވެ.
ނަމަވެސް މައްސަލަ ތަހުގީގުކުރާ ފުލުހުންގެ އޮފިސަރާ ހަވާލާދީ އަމުރުގައި ބުނެފައިވަނީ އަނިޔާ ލިބުނު މީހާގެ އެކައުންޓުން ފައިސާ ފޮނުވާފައިވާ މީހެއްގެ ކޭޝް ކާޑު، އައްޔަގެ އަތުން ފެނިފައިވާ ކަމަށެވެ.
އަނިޔާ ލިބުނު މީހާ ދިން ބަޔާނުގައި ވެސް އައްޔަގެ ބައިވެރިވުން އޮތް ކަމަށް ވަނީ ބުނެފަ އެވެ.
ފުލުހުންގެ މީޑިއާ އިން ކުރިން ބުނެފައިވާ ގޮތުގައި މިއީ މާލޭ ގެއެއްގައި ފިރިހެނަކު ހުއްދަ ނޫން ގޮތުގައި ހިފަހައްޓައި އަނިޔާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. އަދި އެމީހާގެ ބޭންކް އެކައުންޓުން ފައިސާ ޓްރާންސްފާކުރި މައްސަލައެއް މި މަހުގެ ހަތަރު ވަނަ ދުވަހު ފުލުހަށް ހުށަހަޅާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. މި މަހު 16 ވަނަ ދުވަހު ފޯޖަރީގެ މައްސަލައެއްގެ ތަހުގީގަށް ވެސް އައްޔަ ހޯދަން ފުލުހުން އިއުލާނުކުރި އެވެ. ސިޔާސީ އެކި ޕާޓީތަކުގައި އެކްޓިވިސްޓެއްގެ ގޮތުގައި އުޅުނު އައްޔަ ހޯދަން މިދިޔަ އަހަރު ވެސް އިއުލާނުކޮށްފައިވެ އެވެ. އެފަހަރު ހޯދަން އިއުލާނު ކުރީ ސިވިލް ކޯޓުން ބެލި މައްސަލައަކާ ގުޅިގެންނެވެ.
އަތުހަރު މަރުވެއްޖެ, ތަހުގީގަށް އޮޓޮޕްސީ ހަދަނީ
އަތުހަރު އިނީ އަމިއްލަ ކަރުގައި ވެސް ވަޅި ޖައްސައިގެން
އަތުހަރު އަމިއްލައަށް މަރުވާން އުޅެގެން ފަރުވާ ދެނީ
އަތުހަރު ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ހޮސްޕިޓަލުން ދޫކޮށްލުމުން އަތުހަރު ފުލުހުންގެ ހައްޔަރަށް
އަތުހަރުގެ ހާލު ގޯސްވެގެން އަނެއްކާވެސް އެޑްމިޓުކޮށްފި
ޒުވާބު ހޫނުވެ ރަހީނުކުރީ ގޭގެ ކުލީގެ މައްސަލައެއްގައި
އަންހެނަކު ރަހީނުކުރީ އަދަބު ލުއިކޮށް ދޫކޮށްލި މީހެއް
މީހަކު ރަހީނުކޮށްގެން ގެންގުޅުނު ބަޔަކު ހައްޔަރުކޮށްފި
ރަހީނުކޮށް، ފޭރުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރު