29 އޯގަސްޓް 2023
ގައުމީ ޔުނިވާސިޓީއާ ގުޅިގެން ޕީއެސްއެމުން ބާއްވަން ތައްޔާރުވި ރިޔާސީ ބަހުސް ކެންސަލްކޮށްފި އެވެ.
ގައުމީ ޔުނިވާސިޓީއާ ގުޅިގެން ޕީއެސްއެމުން ބާއްވަން ތައްޔާރުވި ރިޔާސީ ބަހުސް ކެންސަލްކޮށްފި އެވެ.
އަންނަ ހުކުރު ދުވަހުގެ ރެ އަށް ތާވަލްކުރި، ބަހުސް ފަހު ވަގުތު މި ކެންސަލްކުރީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެ ބަހުސްގައި ބައިވެރިވެވަޑައިނުގަނެވޭތީ އެހެން ދުވަހަކަށް ފަސްކޮށްދޭން އެދިފައި ވަނިކޮށެވެ.
ޕީއެސްއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރިޔާސީ ބަހުސްގައި ބައެއް ކެންޑިޑޭޓުންނަށް ބައިވެރިވެވެން ނެތް ކަމަށެވެ. އިންތިހާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް، އެ ބަހުސް ބާއްވާ ތާރީހު ބަދަލުކުރުމަކީ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ދަތިތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް ބުންޏެވެ.
އެހެންވެ، ޕީއެސްއެމްގެ ބަހުސް ފަހުގެ ތާރީހަކަށް ބަދަލުކުރުމަކީ ރަނގަޅު ގޮތް ނޫން ކަމަށް ވާތީ، އެފަދަ ބަހުސެއް ރާވާފައިވާ ފަރާތަކާ ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ބުންޏެވެ.
ސަންގު ޓީވީން ވެސް އަންނަނީ ރިޔާސީ ބަހުސެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ. އެ ބަހުސަށް ކެންޑިޑޭޓުންނަށް ދައުވަތު ދެއްވާފައިވެ އެވެ.
"ސަންގު ޓީވީން ބާއްވާ ބަހުސްގައި ޕީއެސްއެމް އިން ޕާޓްނާ ވެގެން ކުރިއަށް ގެންދިއުމުގެ އިންތިޒާމްތައް ވަމުންދާކަން އެންމެހާ ބޭފުޅުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ،" ބަޔާނުގައި ބުންޏެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވީ ޕީއެސްއެމްގެ ބަހުގައި ރައީސް ބައިވެރިވެވަޑައިނުގަނެވެނީ އަންނަ ހުކުރު ދުވަހުގެ ރޭ މާލޭގައި ކެމްޕެއިން ބޮޑު ޖަލްސާއެއް ބާއްވާތީ ކަމަށެވެ. އެ ޖަލްސާ އޮތީ މާ ކުރިން ތާވަލުކޮށްފައި ކަމަށާއި ޖަލްސާ ކުރިއަށް ގެންދާނެ ކަމަށް، ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވާ މާރިޔާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކުރާނެ ކަމެއް ނެތް. އޭގައި އެހެންވެ އަޅުގަނޑުމެން އަބަދުވެސް އެދެނީ ކުރިއާލާ ތާރީހުތައް ދެއްވުމަށް،" މާރިޔާ ވިދާޅުވި އެވެ.
ސަންގު ޓީވީގެ ރިޔާސީ ބަހުސް ހޮނިހިރު ދުވަހުގެ ރޭ
ރިޔާސީ ބަހުސް އަންނަ މަހު ބާއްވަނީ
ޕީއެސްއެމުން އެންމެ ރެއަކަށް 83،000ޑޮލަރު ބޭކާރު!
ތުއްޓޭގެ ކެމެރާގެ ފަހަތުގައި ފަސް ތަރީގެ ވާހަކަތައް
ޕީއެސްއެމްގެ އެމްޑީއަކަށް ސައީދު
ޕީއެސްއެމްގެ އެމްޑީ ޒީނާ މަގާމުން އިސްތިއުފާ ދެއްވައިފި
ފަލަސްތީނު ޓެލެތޯނަށް 14 މިލިއަން ރުފިޔާ
9.8 މިލިއަން ރުފިޔާ ހޯދައި ޓެލެތޯން ނިންމާލައިފި
ސިފައިންގެ ފަރާތުން ފަލަސްތީނަށް 2.1 މިލިއަން
ސްޓެލްކޯ އިން ފަލަސްތީނަށް ފަސް ލައްކަ ރުފިޔާ ދީފި