Roadha Mihaaru
އުތުރުގެ ދެ ރަށެއްގައި ރިސޯޓު ހަދަން ހުޅުވާލައިފި

އުތުރުގެ ދެ ރަށެއްގައި ރިސޯޓު ހަދަން ހުޅުވާލައިފި

21 އޯގަސްޓް 2023

އުތުރުގެ ދެ ރަށެއްގައި ރިސޯޓު ހެދުމަށް ޓޫރިޒަމް މިނިސްޓްރީން ބިޑަށް ހުޅުވާލައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އުތުރުގެ ދެ ރަށެއްގައި ރިސޯޓު ހެދުމަށް ޓޫރިޒަމް މިނިސްޓްރީން ބިޑަށް ހުޅުވާލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީ ރިސޯޓު ހަދަން ހުޅުވާލީ، ހއ. މެދަފުއްޓާއި ށ. ނަލަންދޫ އެވެ. އެ މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން އަންނަ މަހުގެ 21 ގެ ނިޔަލަށް ވަނީ ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

ހއ. މެދަފުއްޓަކީ 11 ހެކްޓަރުގެ ރަށެކެވެ. އެރަށުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ކަނޑައަޅާފައިވާ އެންމެ ކުޑަ އަގަކީ 875،000 ޑޮލަރު (13.4 މިލިއަން ރުފިޔާ) އެވެ. އަދި 64 ހެކްޓަރުގެ ނަލަންދޫއަށް ހުށަހަޅާފައިވަނީ ދެ މިލިއަން ޑޮލަރު (31 މިލިއަން ރުފިޔާ) އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން މެދަފުއްޓަށް ބިޑް ހުށަހަޅާ ފަރާތުގެ މާލީ ފެންވަރު ނުވަތަ ފައިނޭންޝަލް ކެޕޭސިޓީ ދެ މިލިއަން ޑޮލަރު (31 މިލިއަން ރުފިޔާ) އަށް ވުރެ މަތިވާން ޖެހޭނެ އެވެ. އަދި ނަލަންދޫއަށް ބިޑް ހުށަހަޅާ ފަރާތްތަކުގެ މާލީ ފެންވަރު 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ) އަށް ވުރެ މަތި ވާން ޖެހޭނެ އެވެ.

ބިޑް ގެ އިތުރު ތަފްސީލު

- ހއ. މެދަފުށި: 120 އެނދު ތަރައްގީ ކުރެވޭނެ

- ށ. މަލަންދޫ: 200 އެނދު ތަރައްގީ ކުރެވޭނެ

މި ދެ ރަށުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 50،000 ޑޮލަރު (771،000ރ.) ހުށަހަޅަން ޖެހެ އެވެ. ބިޑްގެ 90 ޕަސެންޓް ޕޮއިންޓް ލިބޭނީ އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށެވެ.

ޓޫރިސްޓު ރިސޯޓު ހަދަން ދެ ރަށަކަށް އަލުން ބިޑް ހުށަހަޅަން ހުޅުވާލި އިރު، މިދިޔަ ޖެނުއަރީ މަހު ވަނީ 14 ރަށެއް ބިޑަށް ހުޅުވާލައިފަ އެވެ. އޭގެ ތެރެއިން އިންވެސްޓަރުންގެ ޝައުގުވެރިކަން ލިބުނީ ދެ ރަށަށެވެ.