މި އަހަރުގެ ރިޔާސީ އިންތިހާބަށް އަމިއްލަ ގޮތުން ކުރިމަތިލައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ކެމްޕެއިން ރެލީގައި އުޅުއްވަނިކޮށް، ހަމަލަދިން މީހެއްގެ މައްސަލަ ފުލުހުންގެ އިދާރާ އަށް ހުށަހަޅުއްވައިފި އެވެ.
19 އޯގަސްޓް 2023
މި އަހަރުގެ ރިޔާސީ އިންތިހާބަށް އަމިއްލަ ގޮތުން ކުރިމަތިލައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ކެމްޕެއިން ރެލީގައި އުޅުއްވަނިކޮށް، ހަމަލަދިން މީހެއްގެ މައްސަލަ ފުލުހުންގެ އިދާރާ އަށް ހުށަހަޅުއްވައިފި އެވެ.
ދަގަނޑު އެއްޗެއް އެއްލައި އޭނާ އަށް މީހަކު މިއަދު ހަމަލަދިން ނަމަވެސް އަނިޔާއެއް ނުވާ ކަމަށް ވިދާޅުވި އެވެ. އެ ހަމަލަ އަމާޒުވީ އުމަރު ވިދާޅުވި ގޮތުގައި އޭނާގެ މޫނަށެވެ.
އުމަރު ވިދާޅުވީ، އެ ހަމަލާ ދިނުމަށް ފަހު އެ މީހާ ފިލާފައިވާ ކަމަށާއި އެކަމަކު އެ މީހާގެ ފޮޓޯ މިހާރު ވަނީ ފުލުހުންނާ ހިއްސާކޮށްފައި ކަމަށެވެ.
"އަޅުގަނޑުގެ ސިކިއުރިޓީގެ ގޮތުގައި ތިއްބެވި ސިފައިން މިހާރު ވަނީ އޭނާގެ ފޮޓޯ ފުލުހުންނާ ހިއްސާ ކުރައްވައިފަ އެވެ،" އުމަރު އޭނާގެ ފޭސްބުކްގައި ލިޔުއްވި އެވެ.
ގާނޫނުގައިވާ ގޮތުގެ މަތިން ހުރިހާ ރިޔާސީ ކެންޑިޑޭޓުންނަށާއި އެ ބޭފުޅުންގެ ރަނިންމޭޓުންގެ ސަލާމަތީ ކަންކަން ބަލަހައްޓަނީ ސިފައިންނެވެ.
އުމަރު ތުހުމަތު ކުރައްވާ ގޮތުގައި އޭނާއަށް ހަމަލާދިނީ ޑްރަގް ވިއްކާ ކަމަށް ތުހުމަތު ކުރެވޭ މީހެކެވެ. އުމަރަކީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް، ވިއްކާ މީހުންނާ ދެކޮޅަށް ހަރުކަށި ސިޔާސަތެއް ގެންގުޅުއްވާ ބޭފުޅެކެވެ.
އުމަރު "ރޯޑް ރެލީ" ބާއްވަނީ ޕިކަޕެއްގަ އެވެ. އެ ޕިކަޕްގައި ވަޑައިގަންނަވާއިރު އޭނާ ގެންދަވަނީ ކެމްޕެއިން ސިޔާސަތުތައް އަޑުގަދަ ކުރާ ބޭނުންކުރައްވައިގެން އެންމެންނަށް އިވޭ ވަރަށް ހާމަކުރައްވަމުންނެވެ. އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އުމަރު އޭނާގެ ފުރަތަމަ "ރޯޑް ރެލީ" ބޭއްވީ މިދިޔަ ހަފުތާގައި ހުޅުމާލޭގަ އެވެ. މާލޭގައި މިއަދު މި ބޭއްވީ ދެވަނަ ރެލީ އެވެ.
މިއަދު މާލޭގައި އުމަރަށް ހަމަލާދީފައިވާއިރު އިދިކޮޅު ޕީއެންސީ/ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކ. ގުރައިދު އަށް ވަޑައިގަތުމާ ދިމާކޮށް، އެ ރަށުގައި ވެސް ވަނީ އެމްޑީޕީ އާއި ޕީޕީއެމްގެ ސަޕޯޓަރުންގެ މެދުގައި ބޮޑު ހަމަނުޖެހުމެއް ހިންގައި ބައެއް މީހުންނަށް އަނިޔާވެފަ އެވެ. އެ ހަމަނުޖެހުމުގައި ޕީޕީއެމާއި އެމްޑީޕީގެ ދެ ސަޕޯޓަރެއްގެ ބޯ ފަޅައިލި އެވެ.
މި ދެ ހަމަނުޖެހުން ހިންގާފައި ވަނިކޮށް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކެމްޕެއިން ކުރުމުގައި އެއްވެސް ފަރާތަކުން ތަހުޒީބު މުޖުތަމައުތަކުގައި ގެންގުޅޭ ހަމަތަކުން އެއްކިބާވެ ކެމްޕެއިނަށް ހުރަސްއަޅައި އަނިޔާވެރިކަން އިސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަަމަށެވެ. އެފަދަ ކަންކަމުން ދުރުވެ ތިބުމަށް މިނިސްޓަރު ގޮވާލެއްވި އެވެ.
ބަޔަކަށް ހަމަލާ ދޭން ރާވާ ވާހަކައަކީ ދޮގެއް: ޕޮލިސް
ފުވައްމުލަކުގައި ހަމަނުޖެހުމެއް، 4 ފުލުހަކަށް އަނިޔާވި
ނިހާން، ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި
ކޯޓުގައި ބުނީ ޖީބަށް ވަޅި ލެވުނީ ހަނދާން ނެތިގެންނޭ
ކަޅުތެޔޮ ޖެހި މައްސަލަ ސާޖިދާ ކުށްވެރި ކުރައްވައިފި
ގެސްޓްހައުސްގައި މީހަކަށް އަނިޔާކުރި މީހުން ދޫކޮށްލައިފި
ތޫނުއެއްޗަކުން މާރާމާރީ ހިންގި ދެ ކުއްޖަކު ހައްޔަރު
ހޮޅުދޫގައި މުޒާހަރާ ކުރި ދެ މީހަކު ހައްޔަރުކޮށްފި
މާރާމާރީގެ ތުހުމަތުވާ ބަޔަކު ކޯޓުން ދޫކޮށްލައިފި
ކެފޭ މާރާމާރީ: ހައްޔަރުކުރި މީހާގެ ބަންދަށް 5 ދުވަސް