15 އޯގަސްޓް 2023
މެންޗެސްޓާ (އޯގަސްޓް 15) - މި ސީޒަނުގެ ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުގައި ރޭ، ޑިފެންޑަރު ރަފޭލް ވަރާންގެ ލަނޑުން ވުލްވްސް ގެ މައްޗަށް 1-0 އިން ކުރި ހޯދައިފި އެވެ.
މެންޗެސްޓާ (އޯގަސްޓް 15) - މި ސީޒަނުގެ ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުގައި ރޭ، ޑިފެންޑަރު ރަފޭލް ވަރާންގެ ލަނޑުން ވުލްވްސް ގެ މައްޗަށް 1-0 އިން ކުރި ހޯދައިފި އެވެ.
އިނގިރޭސި ފުޓްބޯޅައިގެ ތަޖުރިބާކާރުން ލިޔެފައި ހުރި އެނަލިސިސް ރިޕޯޓްތަކުގައިވާ ގޮތުން، ރޭ ގެ މެޗުގައި ޔުނައިޓެޑަށް ކުރިމަތުިވީ ސެންޓަ ފޯވާޑެއް ނެތުމުގެ މައްސަލަ އެވެ. އެކަމަކު މެޗުގެ ޑޮމިނޭޝަނަށް ބަލާއިރު ވުލްވްސް މާ ރަނގަޅަށް ކުޅުނެވެ.
އެޓަލާންޓާ އަށް ކުޅުނު ޑެންމާކުގެ ސްޓައިކަރު ރަސްމުސް ހޮއިލަންޑް 90 މިލިއަން ޑޮލަރަށް ގެނަޔަސް، ރޭ ގެ މެޗު ބަލަން އޭނާ ހުނަންނަން ޖެހުނީ އޯލްޑް ޓްރަފާޑްގައި ޑައިރެކްޓާ ބޮކްސްގަ އެވެ.
އެޓަލާންޓާ އާއެކު އޭނާ ކުޅުނު ޕްރީ ސީޒަންގެ ފަހު މެޗުގައި އަނިޔާވި ފޯވާޑް އަދި ހުރީ ކުޅެވޭ ފެންވަރެއްގައެއް ނޫންނެވެ. މެޗުގެ ކުރިން ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހަގް ބުނީ ހޮއިލަންޑަށް ކުރިމަތިވި އަނިޔާއާ މެދު ކެތްތެރި ވާނެ ކަމަށެވެ. އޭނާ އެއްކޮށް ފިޓް ވަންދެން ޔުނައިޓެޑުން އިންތިޒާރުކުރާނެ ކަމަށް ޓެން ހަގް ބުންޏެވެ.
ވުލްވްސް އަށް މެޗުން މަދުވެގެން ޕޮއިންޓެއް ހޯދޭ މިންވަރަށް އެ ޓީމުން މަސައްކަތް ކުރި އެވެ. އެކަމަކު ލީގު ފަށަން ދެ ދުވަހަށް ވެފައި ވަނިކޮށް ކޯޗު ބަދަލު ކުރި ޓީމުގެ އުންމިދުތައް ފެނަނަށް ވީ އާރޮން ވެން ބިސާކާ ނެގި ބޯޅައަކުން ވަރާން ބޮލުން ވައްދާލި ލަނޑުންނެވެ.
ގިނަ ބަޔަކު ހީކުރީ މެޗުގެ އެންމެ ފަހު ވަގުތު ވުލްވްސް އަށް ނަތީޖާ ހަމަހަމަ ކުރެވޭނެ ކަމަށެވެ. އެއީ ޔުނައިޓެޑްގެ ޕެނަލްޓީ އޭރިއާ ތެރެއިން އެ ޓީމުގެ ކީޕަރު އަންޑްރޭ އޮނާނާ ބޯޅަ ޕަންޗުކުރަން އުޅުމުގެ ތެރޭގައި ވުލްވްސްގެ ސާސާ ކަލައިޖިޗްގެ މޫނުގައި އަތުން ޖެހުމުން ޕެނަލްޓީއެއް ލިބޭނެ ކަމަށް ހީކުރެވުނެވެ. އެކަމަކު ރެފްރީގެ ނިންމުން އެގޮތަށް ނައެވެ.
ސީޒަންގެ ފުރަތަމަ މެޗުގައި ވެސް ޔުނައިޓެޑްގެ ސަޕޯޓަރުން ވަނީ އެ ކްލަބްގެ މިލުކުވެރިކަން އޮންނަ ގްލޭޒާ އާއިލާއާ ދެކޮޅަށް ޝުއޫރު ފާޅުކޮށްފަ އެވެ. މެޗުގެ ފެށުމުގެ ކުރިން ސްޓޭޑިއަމްގެ ބޭރުގައި އޭނާ ކްލަބް ދޫކޮށްލުމަށް ޔުނައިޓެޑްގެ ސަޕޯޓަރުން މުޒާހަރާ ކުރި އެވެ.
ޔުނައިޓެޑްގައި އަމޯރިމްވެސް ބުނީ ވަގުތު ބޭނުންވާ ކަމަށް
އަމޯރިމަށް ވިސާ ނުލިބޭ، މަސައްކަތް ފެށުން ލަސްވެދާނެ
ޔުނައިޓެޑްގައި ކަމެއް ސާބިތުކޮށްދޭން އަމޯރިމް ބޭނުންވޭ
ޑިލިޓް ދަނޑުން ފޮނުވާލުމުން ޓެން ހަގް ރަތަށް
ޔުނައިޓެޑް ބަލިވުމުގެ ޒިންމާ ކަސެމީރޯ ބޮލަށް
އަގުވަަޒަން ނުކުރިޔަސް ފަރުވާލެއް ނެތް: ޓެން ހަގް
ހެޓްރިކް ހީރޯ މަޑުއޭކޭ މަޖުބޫރުވުމުން މައާފަށް އެދިއްޖެ
ޕްރިމިއާ ލީގުގައި ޔުނައިޓެޑްގެ އެންމެ ދަށް ސީޒަން
މިއީ ދެއަތް ފުރަގަހަށްލައިގެން ފެތުން: ޓެންހަގް
ޕްރިމިއާ ލީގު ކަށަވަރުކުރުން އަންނަ ހަފުތާ އަށް