08 ޖުލައި 2023
ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ބޮޑުވަޒީރު ކަމުގައި ދެކުނުގެ ތިން އަތޮޅުގައި އުފެއްދި ސުވާދީބު ދައުލަތުގެ ވެރިޔާ އަބްދުﷲ އަފީފު ދީދީގެ ދޮށީ ދަރިކަލުން އިބްރާހިމް އަފީފްގެ ހާލު ދެރަވެގެން އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.
ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ބޮޑުވަޒީރު ކަމުގައި ދެކުނުގެ ތިން އަތޮޅުގައި އުފެއްދި ސުވާދީބު ދައުލަތުގެ ވެރިޔާ އަބްދުﷲ އަފީފު ދީދީގެ ދޮށީ ދަރިކަލުން އިބްރާހިމް އަފީފްގެ ހާލު ދެރަވެގެން އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.
ސީޝެލްސްގައި ދިރިއުޅުއްވާ އިބްރާހިމް އަފީފްގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ ރާއްޖޭގެ ހެރިޓޭޖް މިނިސްޓްރީގެ ރިސާޗް އެނަލިސްޓް މުހައްމަދު ނާޖިހު ކުރެއްވި ޓުވީޓެއްގައި ވަނީ އެކަން ކަށަވަރުކޮށް ދެއްވައިފަ އެވެ.
އަފީފްގެ ހާލު މާ ބޮޑަށް ދެރަވެ، އައިސީޔޫގައި ފަރުވާދޭން ފެށީ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ފަހު އެނބުރި ސީޝެލްސްއަށް ވަޑައިގެންނެވިތަނާ ކަމަށް ނާޖިހު ވިދާޅުވި އެވެ.
ނާޖިހު ވިދާޅުވި ގޮތުގައި، ހައްޖަށް ފަހު އިބްރާހިމް އަފީފް އެނބުރި ސީޝެލްސްއަށް ވަޑައިގެންނެވިތަނާ މަތިންދާބޯޓުން ބޭލި ގޮތަށް ސީދާ ހޮސްޕިޓަލަށް ގެންދިޔައީ އެވެ.
އިބްރާހިމް އަފީފް އަކީ ސީޝެލްސްގެ މީޑިއާ ކޮމިޝަންގެ ޗެއާ އެވެ. އަދި އެ ގައުމުގެ އިސްލާމިކް ސޮސައިޓީގެ ނައިބަކީ ވެސް އޭނާ އެވެ.
އޭނާގެ ކޮއްކޯފުޅު، އަހުމަދު އަފީފް އަކީ މިހާރު ސީޝެލްސްގެ ނައިބު ރައީސެވެ.
ސުވާދީބު ދައުލަތް 1963 ވަނަ އަހަރު އުވި، އައްޑޫގައި އޭރު ހުރި އެ ދައުލަތުގެ މައި ދިދަ ތިރިކުރުމާއެކު އިނގިރޭސީންގެ ހިމާޔަތުގައި އަބްދުﷲ އަފީފު ދީދީ އާއި އޭނާގެ އާއިލާ ސީޝެލްސްއަށް ވަޑައިގެން އެތަނުގައި ވަޒަންވެރިވި އެވެ. އަފީފް ވަނީ 1993 ވަނަ އަހަރު އަވަހާރަވެފަ އެވެ.
ސުވައިދީބު ހާދިސާ އަފީފު ކިޔައިދިން ގޮތަށް، މިރޭ!
ޒާހިރުގެ "އައްޑޫ ރަދުން" ނެރެފި
ސީޝެލްސްގައި ދިވެއްސަކު ތަޖުރިބާކުރި ދިރިއުޅުން
"ބަލި ފަހަތުން ދުވާ ސިއްހީނިޒާމުގައި ތިބެވޭކަށް ނެތް"
150 އެއްހާ ސްކޫލްގައި ހެލްތު އޮފިސަރުންނެއް ނެތް!
ހެޔޮ އަގުގައި ސިއްހީ ހިދުމަތް ދޭން ބަޖެޓް ކްލިނިކެއް
ޝާހު ސިނގިރޭޓު ބުއިން ހުއްޓާލައިފި
ފުލުހުން/ސިފައިންނަށް ކުރިއެކޭ އެއްގޮތަށް އާސަންދަލިބޭނެ
ގިނަ ވަސީލަތްތަކާއެކު އީވް ވެސްޓް ޕާކް ހުޅުވައިފި
ދެން އާސަންދަ ލިބޭނީ އެހެން އިންޝުއަރެންސަށް ކަނޑާފައި