Roadha Mihaaru
މަންޑޭގެ ޕާސްޕޯޓް ދޫކޮށްލައިފި

ކޭ ޕާކް މައްސަލާގައި ހިފެހެއްޓި މަންޑޭގެ ޕާސްޕޯޓް ކޯޓުން ދޫކޮށްލައިފި

04 ޖުލައި 2023

ހުޅުމާލޭގައި ހަދަމުން އަންނަ ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތަކުގެ މައްސަލާގައި ފުލުހުން ޖިނާއީ ތަހުގީގު ހިންގަމުންދާ ހަސަން މަމްދޫހު (މަންޑޭ) ގެ ޕާސްޕޯޓް ވަގުތީ ގޮތުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހުޅުމާލޭގައި ހަދަމުން އަންނަ ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތަކުގެ މައްސަލާގައި ފުލުހުން ޖިނާއީ ތަހުގީގު ހިންގަމުންދާ ހަސަން މަމްދޫހު (މަންޑޭ) ގެ ޕާސްޕޯޓް ވަގުތީ ގޮތުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ކޭ ޕާކް އިމާރާތް ކުރަމުންދާ ހަންބޯ ކުންފުނީގެ އެއް ހިއްސާދާރު ކަމަށްވާ ޝިއުން ޖިންގެ ފަރާތުން ވަނީ އެ ކުންފުނީގެ އަނެއް ހިއްސާދާރު ކަމަށްވާ މަންޑޭގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް، ފުލުހުންނަށް މައްސަލަ ހުށަހަޅައިފަ އެވެ. އެކަމާ ގުޅިގެން މަންޑޭގެ ޕާސްޕޯޓް ހިފެހެއްޓީ މިދިޔަ މެއި މަހު އެވެ.

މަންޑޭގެ ޕާސްޕޯޓް ވަގުތީ ގޮތުން ދޫކޮށްލަން ކްރިމިނަލް ކޯޓުން މިއަދު ނިންމީ ކުރީގެ އަމުރު މުރާޖާ ކުރުމަށްފަހު އެވެ.

ކޯޓުން ބުނީ ޕާސްޕޯޓް ދޫކޮށްލީ ޒަރޫރީ ބޭނުމެއްގައި ދަތުރު ކުރުމަށްޓަކައި ކަމަށާއި އަދި 45 ދުވަސް ތެރޭގައި ދަތުރު ނިންމުމަށްފަހު ކޯޓަށް އަންގަން ޝަރުތު ކޮށްފައިވާ ކަމަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ކޯޓުގެ އެ ނިންމުމާ މެދު ކަންބޮޑުވާ ކަމަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށާއި އަދި އިސްތިއުނާފް ކުރެވެންދެން މަންޑޭގެ ޕާސްޕޯޓް ހިފެހެއްޓޭނެ އެހެން ގޮތެއް އޮތްތޯ ބަލަމުންދާ ކަމަށް އެ އޮފީހުން ބުންޏެވެ.

ހަންބޯ ކުންފުނީގެ މައި ހިއްސާދާރު ކަމަށްވާ ޝިއުން ޖިންގެ ފަރާތުން ވަނީ އޭނާއަށް ނޭނގި އެތައް އެޕާޓްމެންޓެއް ވިއްކައި އަދި ފައިސާ ބޭނުން ކުރިކަމުގެ ތުހުމަތުކޮށްފަ އެވެ. އަދި އެކަން ކުރީ އޭނާއަށް ނޭނގި ސައްހަ ނޫން ލިޔުންތަކެއް ބޭންކަށް ހުށަހަޅައިގެން ކަމަށް ވެސް އޭނާގެ ފަރާތުން ތުހުމަތުކުރެ އެވެ.