03 ޖުލައި 2023
ކުރީގެ އެއްވަނަ ދުވުންތެރިޔާ ނަސީރު އިސްމާއީލްގެ އެކަޑަމީގެ ޒުވާން ދުވުންތެރިން ޓްރޭނިން އަށް ލަންކާގައި ކޭމްޕްކޮށްފި އެވެ.
ކުރީގެ އެއްވަނަ ދުވުންތެރިޔާ ނަސީރު އިސްމާއީލްގެ އެކަޑަމީގެ ޒުވާން ދުވުންތެރިން ޓްރޭނިން އަށް ލަންކާގައި ކޭމްޕްކޮށްފި އެވެ.
ނަސީރު ބުނީ، ލަންކާގައި އެއް މަސް ދުވަސްވަންދެން ޓްރޭނިން ކޭމްޕް ކުރިއަށް ގެންދާނެ ކަމަށެވެ. ނަސީރުއާ އެކު ތަމްރީން ހަދަމުން އަންނަ 11 ދުވުންތެރިޔަކު ކޭމްޕްގައި ބައިވެރިވެ އެވެ.
އެ ދުވުންތެރިން މިހާރު ޓްރޭނިން ކުރިއަށް ގެންދަނީ، ލަންކާގެ ފަރުބަދަމަތީގެ ސިޓީ ނުވަރަ އެލިޔާގަ އެވެ. އާންމުގޮތެއްގައި ވެސް ފިނިމިން މަތި އެ ސިޓީގައި އެ ދުވުންތެރިން ކުރިއަށް ގެންދަނީ ހައި އެލްޓިޓިޔުޑް ޓްރޭނިންތަކެވެ.
ނަސީރް ސްޕޯޓްސް އެކަޑަމީގެ ޒުވާން ދުވުންތެރިން ނުވަރަ އެލިޔާގައި ކުރިއަށްގެންދާ ޓްރޭނިން ކޭމްޕްގެ ތެރެއިން
"ރާއްޖެ ކަހަލަ ތިރި ގައުމުގައި އުޅޭ އެތުލީޓުންނަށް ވަރަށް މުހިންމު ޓްރޭނިން އެއް ހައި އެލްޓިޓިޔުޑް ޓްރޭނިން. އެއީ ކޮންމެ ކުޅިވަރެއްގައި އުޅޭ އެތުލީޓަކަސް ރާއްޖޭގައި އުޅޭ އެތުލީޓުންނަށް ވަރަށް މުހިންމު ކޮމްޕޯނަންޓެއް،" ނަސީރު ބުންޏެވެ.
ނުވަރަ އެލިޔާގެ ޓްރޭނިންތަކަށް ފަހު އެކަޑަމީގެ ދުވުންތެރިން ތަމްރީނަށް ކޮލަމްބޯ އަށް ވެސް ދާނެ ކަމަށް ނަސީރު ބުންޏެވެ. އެ ސިޓީގައި ދުވުންތެރިންގެ ތަމްރީން ކުރިއަށް ގެންދާނީ ލަންކާގެ ލޯންގް ޑިސްޓެންސް ކޯޗު ރަތުނަ ކުމާރާގެ ބެލުމުގެ ދަށުންނެވެ.
މީގެ ކުރިން ވެސް ނަސީރު އެކަޑަމީގެ ދުވުންތެރިން ވަނީ ކޮލަމްބޯގައި ރަތުނަ ކުމާރާގެ ބެލުމުގެ ދަށުން ޓްރޭނިން ހަދައިފަ އެވެ.
ލަންކާގެ ގައުމީ މުބާރާތުން ފަސޫހާ ރިހި މެޑަލް ހޯދައިފި
ނަސީރަށް ބްރިޓިޝްގެ އެންމެ ކާމިޔާބު ކޯޗުގެ ސެޝަންތަކެއް
ސްކޮޓިޝްގެ ކޯޗިން ޕްރޮގްރާމްގެ ފުރުސަތެއް ނަސީރަށް
ސްޕޯޓްސް ސައިންޓިސްޓެއްގެ ވާހަކަ ދިވެހިންނަށް ފިލާވަޅެއް
ނަސީރު އެކަޑަމީގެ ދުވުންތެރިން ލަންކާގެ ޓްރޭނިން އަށް
10 މަސް ދުވަހުން ފަޒީލް އެހެން ލެވަލަކަށް
ޑޮމެސްޓިކް ކާމިޔާބުތަކަކީ އައިއޯއައިޖީއަށް ވޯމްއަޕެއް
ޝަރަފް: ރެކޯޑްތައް އަލުން ހަދަން، ކޯޗަކަށް ނަސީރު
ސާއިދުގެ ޓްރޭނިންތައް ބަދަލުކުރަން ޖެހޭ: ނަސީރު
އެއްވަނަ އަކީ ހިތްވަރެއް، ދެން އޮތް ޗެލެންޖް މާބޮޑު