Roadha Mihaaru
ހިނގާފައި ދަނިކޮށް ސައިކަލަކުން ޖެހި އައިސީޔޫގައި

ފަތިސް ނަމާދުން ފައިބައިގެން ދިޔަ މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އައިސީޔޫގައި

28 ޖޫން 2023

ފަތިސް ނަމާދުން ފައިބައިގެން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ފަތިސް ނަމާދުން ފައިބައިގެން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

އެ އެކްސިޑެންޓް ހިނގީ މަޖީދީ މަގުގައި ހުންނަ ރެޑްވޭވް ކައިރީގަ އެވެ. ފުލުހުން ބުނީ، އެކްސިޑެންޓްގެ ރިޕޯޓް ލިބުނީ މިއަދު ފަތިހު 5:00 ޖަހާކަންހާއިރު ކަމަށެވެ. އެ އެކްސިޑެންޓުގައި އަނިޔާވީ އުމުރުން 50 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

އެ މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި މިހާރު އަންނަނީ ފަރުވާދެމުންނެވެ.

އެކަމާ ގުޅޭގޮތުން އޭޑީކޭގެ ބަހެއް އަދި ނުލިބެ އެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އެ މީހާ އަދިވެސް ހޭ ނާރަ އެވެ. ފަރުވާދެމުން އަންނަނީ އައިސީޔޫގަ އެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިނީ 22 އަހަރުގެ މީހެއް ކަމަށާއި އޭނާ އަތުގައި ލައިސަންސް ނޯންނަ ކަމަށެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، އެ މީހާ އެކްސިޑެންޓް ވުމުން ސަރަހައްދުގައި ތިބި ބަޔަކު އޭނާ ނަގައިގެން ގެންދާތަން ފެނެ އެވެ. އަދި ސައިކަލު ދުއްވަން އިން މީހާ އެހެން ސައިކަލަކަށް އަރުވައިގެން ގެންދާތަންވެސް ފެނެ އެވެ.