ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބް ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ހުށަހެޅުމާ އެކު، ހިޔާލު ތަފާތުވުން ބޮޑުވެ، މަޖިލީހުގެ ޖަލްސާތައް ބޭއްވޭނެ ގޮތެއް ނެތި ދައުލަތުގެ އެއްބާރު ހުއްޓިފައިވާތީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
22 ޖޫން 2023
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބް ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ހުށަހެޅުމާ އެކު، ހިޔާލު ތަފާތުވުން ބޮޑުވެ، މަޖިލީހުގެ ޖަލްސާތައް ބޭއްވޭނެ ގޮތެއް ނެތި ދައުލަތުގެ އެއްބާރު ހުއްޓިފައިވާތީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މަޖިލީހުގެ ޖަލްސާތައް ބޭއްވި ނަމަވެސް އެއްވެސް ކަމެއް ނުކުރެވި އަދި އޭގެ ފަހުން ޖަލްސާ ނުވެސް ބޭއްވި ދެ ދުވަސް ފަހުން މިއަދު ނަޝީދު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގެން ޖަލްސާއެއް ބޭއްވެވި އެވެ. ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތަށް ޖަލްސާގައި އެޖެންޑާކުރިޔަސް ވޯޓަށް އަހައި ގޮތެއް ނިންމުން އޮތީ އެހެން ޖަލްސާއެއްގައި ކަމަށް ވަނީ އިއުލާންކުރައްވައިފަ އެވެ. އަދި ދެ ގަޑިއިރުގެ ބަހުސަކަށް ފަހު ރިޔާސަތުން ނަޝީދު ވަނީ މަޖިލީސް ޗުއްޓީއަށް ދިޔަކަން ވެސް އިއުލާންކުރައްވައިފަ އެވެ.
މުހިންމު މަސައްކަތްތައް ހުއްޓައި މަޖިލިސް ޗުއްޓީއަށް ދިއުމާ އެކު އެޗްއާރްސީއެމް އިން ނެރުނު ބަޔާނެއްގައި ބުނީ މިނިވަން، ޑިމޮކްރަޓިކް ނިޒާމެއްގައި ގާނޫނު ހެދުމުގެ ބާރާއި ވެރިކަން ހިންގުމުގެ ބާރާއި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރަކީ އެއް ބާރު އަނެެއް ބާރު ވަކިވެފައި އޮންނަ ގޮތުގެ މަތިން ހުރިހާ ބާރުތަކެއް ފުރިހަމައަށް ހިނގަމުންދިއުމާ އެކު އެއްބާރު އަނެއް ބާރަށް ފާރަވެރިވެ ހަރަކާތްތެރިވުން މުހިންމު ކަމަށެވެ.
މަޖިލީހަކީ ރާއްޖޭގެ ގާނޫނުތައް ހެދުމުގެ ބާރު މަތިކޮށްފައިވާ ފަރާތަށްވުމާއި ރައްޔިތުންގެ ހައްގުތަކާ ގުޅުންހުރި ގިނަ މަސައްކަތްތަކެއް އެތަނުން ކުރާއިރު މަޖިލީހުގެ މަސައްކަތްތައް މަޑުޖެހި، މަޖިލިސް އެންމެ ފުރިހަމައަށް ހިނގަމުން ނުދާތީ ކަންބޮޑުވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެޗްއާރުސީއެމުން ބުނީ ހައްގުތަކާއި ގުޅުންހުރި މުހިއްމު ބިލުތަކުގެ މަސައްކަތްތައް އެންމެ ފުރިހަމައަށް ކުރިއަށް ނުގެންދިއުމަކީ ގާނޫނީ ނިޒާމުގެ ތެރެއިން ހައްގުތައް ކަށަވަރުކުރުމަށް އެޅޭ ހުރަހެއް ކަމަށެވެ. މަޖިލީހަކީ ސަރުކާރާއި ދައުލަތުގެ ވަޒީރުންނާއި މިނިވަން މުއައްސަސާތައް ޒަވާބުދާރީކުރުމުގެ ޒިންމާ ގާނޫނުން މަތިކޮށްފައިވާ ފަރާތްކަމަށް ވާއިރު އެއްވެސް ހާލަތެއްގައި އެތަނުގެ މަސައްކަތްތައް ފުރިހަމައަށް ހިނގަމުން ނުދިއުމަކީ އެއްބާރު އަނެއްބާރަށް ފާރަވެރިވެ ޖަވާބުދާރީކުރުމަށް އޮތް ހުރަހެއް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އެޗްއާރުސީއެމުން ބުނި ގޮތުގައި މަޖިލީހުގެ ކޮމިޓީތަކުން މަޖިލީހުގެ ތަޅުމަށް ހުށަހެޅޭ ބިލްތަކާއި މައްސަލަތައް ދިރާސާކުރުމުގެ އިތުރުން ދައުލަތުގެ އިދާރާތަކުންނާއި ރައްޔިތުންގެ ފަރާތުން ހުށަހަޅާ ޝަކުވާތަކާއި ކަންކަން ދިރާސާކޮށް ލަފާދީ، އިދާރާތަކާއި މުއައްސަސާތަކުގެ މަސައްކަތްތަކަށް ފާރަވެރިވާންޖެހެ އެވެ. އަދި މުސްތަގިއްލު މުއައްސަސާތަކުން ކުރާ މަސައްކަތްތަކުން އެދެވޭ ހައްލެއް ނުލިބޭ ހާލަތްތަކުގައި އެ މުއައްސަސާތަކަށް ލަފާދީ އެކަންކަން ހައްލުކޮށް ދައުލަތުގެ އިދާރާތައް ޖަވާބުދާރީކުރުމުގެ ޒިންމާއަކީ މަޖިލީހުގެ ކޮމިޓީތަކުގެ ޒިންމާއެއް ނަމަވެސް ގިނަ ކޮމިޓީތައް އެކަށީގެންވާ ގޮތުގައި ނުހިނގާތީ އެ ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
"އެހެންވެ ގާނޫނު ހެދުމުގެ ބާރު އޮތް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް އެންމެ ފުރިހަމައަށް ހިނގަމުން ގޮސްފައިނުވުމަކީ އިންސާނީ ހައްގުތަކާ ގުޅުންހުރި ގާނޫނީ ނިޒާމު އެންމެ ފުރިހަމައަށް ހިނގަމުންދިއުމަށް އެޅިގެންދާ ހުރަހެއްކަމަށްވާތީ ކަންބޮޑުވުން ފާޅުކުރަމެވެ،" އެޗްއާރުސީއެމްގެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ވަނީ އިންތިހާބު ގާތްވެފައިވާ މިދަނޑިވަޅުގައި އިންތިހާބާ ގުޅުންހުރި މަސައްކަތްތަކުގެ އިތުރުން އަންނަ ޖުލައި މަހު ދައުރު ހަމަވުމަށް ގާތްވެފައިވާ އީސީގެ މެމްބަރެއްގެ މަގާމަށް އާ މެމްބަރަކު އައްޔަންކުރުމަށް މަޖިލީހަށް ފޮނުވާފައިވަނިކޮށް، އެކަންކަން ނުކޮށް މަޖިލިސް ރިސެސްއަށް ދިއުމުން އިންތިހާބާ ގުޅުންހުރި ގާނޫނީ ނިޒާމު ހަރުދަނާކުރުމަށާއި އީސީގެ ގާނޫނީ ޒިންމާ އަދާކުރުމަށް ގޮންޖެހުންތަކެއް އައުމުގެ ފުރުސަތު އޮތް ކަމަށް ދެކޭ ކަމަށެވެ.
މަޖިލީހުގެ 54 މެންބަރުންގެ ސޮޔާ އެކު ނަޝީދުގެ އިތުބާރު ނެތް މައްސަލައެއް ހުށަހަޅާފައި ވަނީ މި މަހު 7 ގަ އެވެ. އޭގެ ފަހުން ބޭއްވި އެއްވެސް ޖަލްސާއެއްގައި ބައިވެރިވެވަޑައިގަތުމަށް ނަޝީދު ވަނީ އުޒުރުވެރިވެވަޑައިގެންފަ އެވެ. ނަމަވެސް މިއަދު ޖަލްސާއެއް އެޖެންޑާކުރެއްވުމަށް ފަހު ނަޝީދު ވަނީ ރިޔާސަތާ ހަވާލުވެވަޑައިގެންފަ އެވެ.
މުޒާހަރާއަށް ގާނޫނީއިމުގެތެރެއިން ފުރުސަތު ދޭން ޢެދިއްޖެ
ފަޒްނާގެ ފޮޓޯގައި ގެންގުޅެނީ އެމްޑީޕީ ވޯޓާސް ލިސްޓު!
"ބެންޗާ ކުޅެނީ ބޭނުންވާ ކަންތައްތައް ނުވެގެން"
އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މާދަމާ
"ރިޔާސީ ބަޔާނުން ރައްޔިތުންނަށް ލިބުނީ މާޔޫސްކަން"
"ބެންޗު ބަދަލުކުރުމަކީ މުޅި ޖުޑިޝަރީއަށްދޭ ހަމަލައެއް"
"ގާނޫނުއަސާސީ ބަދަލުކުރުމުގެ ބާރު އޮތީ ރައްޔިތުންނަށް"
ގޮނޑި މައްސަލައިން ޑިމޮކްރެޓްސް ޕާޓީ ބޭރުވެއްޖެ
"ކޯހުގައި ކިޔަވަން އިސް ނެގީ ޕީއެންސީގެ މެމްބަރުން"
ގޮނޑިގެއްލޭ އިސްލާހު މިހާރުގެ މެމްބަރުންނަށް ނުހިނގާނެ