26 ޖޫން 2023
މަލްސާ މުޖްތަބާ (މަލް) އަށް އޮންނަ އެއް ޔަގީން ކަމަކީ މި އެވެ؛ ރަނގަޅަށް ކިޔަވައިފި ނަމަ، ނަތީޖާ ވަރަށް ރަނގަޅު ވާނެ ކަމެވެ.
މަލްސާ މުޖްތަބާ (މަލް) އަށް އޮންނަ އެއް ޔަގީން ކަމަކީ މި އެވެ؛ ރަނގަޅަށް ކިޔަވައިފި ނަމަ، ނަތީޖާ ވަރަށް ރަނގަޅު ވާނެ ކަމެވެ.
ނ. ވެލިދޫގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުން އޯލެވެލް ނިންމުމަށް ފަހު އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގައި އޭލެވެލް ކިޔަވަން ފެށިއިރު ވެސް އޭނާ އަށް އެ ޔަގީންކަން އޮތެވެ. މަލް އޭލެވެލްގައި ވަރަށް ގަދައަށް ކިޔެވި އެވެ. އޭގެ ނަތީޖާ އެހާމެ ފޮންޏެވެ.
އޭލެވެލްގައި ޓްރެވަލް އެންޑް ޓޫރިޒަމުން ދުނިޔެއިން އަށް ވަނަ އާއި ކޮމާސްއިން މުޅި ދުނިޔެއިން ހަތަރު ވަނަ އޭނާ ހޯދި އެވެ. އަދި އޭނާ އޭލެވެލް ނިންމާލީ ފަސް މާއްދާއިން އޭ ސްޓާ ހޯދައިގެން ރާއްޖޭގެ އެއްވަނަ ހާސިލްކޮށްގެންނެވެ.
ގަވައިދުން ފިލާވަޅު ދަސްކޮށް، ނޭނގޭ އެއްޗެއް އޮތް ނަމަ އަހައި އޮޅުންފިލުވަން ފެށީ ޓީޗަރުން ކައިރިން. ދެން އަމިއްލަ އަށް ނޯޓްސް ތައްޔާރުކުރިން.
ދެން އަޅުގަނޑު ކުރަން ފެށި ކަމަކީ އަމިއްލަ އަށް ދިރާސާ ކޮށްގެން ކަންކަން ބަލައި ކިޔަވަން ފެށުން. އެއީ ރަނގަޅު ނަތީޖާއެއް ހޯދުމަށް ވަރަށް ބޮޑު ކުރިއެރުމަކަށްވި.
އަހުމަދިއްޔާ ސްކޫލުގެ އޭލެވެލް ގްރޭޖުއޭޝަންގައި އެ ސްކޫލުގެ ޕްރިންސިޕަލް އަހުމަދު ރަޝީދު މަލްސާއަށް އެވޯޑް ދެއްވަނީ---
އަޅުގަނޑު އަބަދުވެސް ދުޢާ ކުރިން ރަނގަޅު ނަތީޖާއެއް ލިބޭތޯ. މަސައްކަތް ވެސް ކުރިން. އެކަމަކު އޭރު ވެސް އެކްސްޕެކްޓެއް ނުކުރަން ހުރިހާ މާއްދާއަކުން އޭ ސްޓާ ލިބޭނެ ކަމަކަށް.
ލިބުނު ނަތީޖާއަކީ އަޅުގަނޑު ކުރި ބުރަ މަސައްކަތާއެއްކޮށް ކުރި ދުޢާގެ ނަތީޖާ. ވަރަށް ވަރަށް ހިތްހަމަޖެހޭ ނަތީޖާއެއް.
އަހުމަދިއްޔާ ސްކޫލުގެ ޕްރައިޒްޑޭގައި އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނެންޓް ސެކެޓްރީ އަހުމަދު އަލީ، މަލްސާ އަށް އެވޯޑް ހަވާލުކޮށްދެއްވަނީ.--
އެންމެ މުހިންމު ކަމަކަށް ދުއާކުރާށޭ. ކޮންމެ ކަމަކަށް ވެސް އުންމީދުކޮށްފިއްޔާ ބޭނުންވާ ނަތީޖާ ހާސިލްވާނެ. ހިތްވަރާ އެކު ކުރިއަށްދާށޭ. ކިޔަވަން މަސައްކަތް ކުރުމުން އޭގެ ނަތީޖާ ވެސް ފެންނާނެ.
އޭ ލެވެލްގައި ރަނގަޅު ނަތީޖާއެއް ހޯދުމަށް ޒަމާނީ ވަސީލަތްތައް ބޭނުންކޮށް ނޫސްތައް ކިޔައި ޔޫޓިއުބްގައި ހުންނަ ވީޑިއޯތައް ބެލުން ކަހަލަ ކަންކަން ކުރާށޭ.
އޭލެވެލްގައި އަހުމަދިއްޔާ އަށް ރަން އަަހަރެއް!
ގަދަ 10 ގައި 844 ކުދިން، އެވޯޑް ދިނުން މި މަހު
700 ދަރިވަރުންނާއެކު އޯލެވެލްގެ ގަދަ 10 ރެކޯޑަކަށް
މަތީ އަރުތަވެރިންގެ އިނާމު 441 ކުއްޖަކަށް ދީފި
ޕްރައިމަރީން ފާސްވާ ކުދިން އިތުރުކުރަންޖެހޭ: މިނިސްޓަރު
އޯލެވެލް ގަދަ 10ގެ ކާމިޔާބީ ފާހަގަކުރާނެ: މިނިސްޓަރު
އޭ ލެވެލްގެ ގަދަ 10 ގެ ޖަލްސާ ބުރާސްފަތި ދުވަހު
ތައުލީމީ މީހުންނަށް ބޮޑެތި މުސާރަ ދޭން 200 މިލިއަން
ހައި އެޗީވާސް ސްކޮލަޝިޕް 117 ދަރިވަރަކަށް
ރައީސްގެ ހާއްސަ ސްކޮލާޝިފް 19 ދަރިވަރަކަށް