Roadha Mihaaru
އިދިކޮޅުގެ ލީޑާޝިޕް އެޗުއާރުސީއެމްގައި 5 ގަޑިއިރު

އިދިކޮޅުގެ ލީޑާޝިޕް އެޗުއާރުސީއެމްގައި ތިބޭތާ 5 ގަޑިއިރު!

14 ޖޫން 2023

އިދިކޮޅުގެ ލީޑާޝިޕްވެ ބޭފުޅުން ހިއުމަން ރައިޓް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗުއާރުސީއެމް) ގައި ތިބޭތާ ފަސް ގަޑިއިރު ވީއިރު ވެސް އެ ކޮމިޝަންގެ މެމްބަރުން ބައްދަލުކުރަން ދެކޮޅު ހަދާފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިދިކޮޅުގެ ލީޑާޝިޕްވެ ބޭފުޅުން ހިއުމަން ރައިޓް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗުއާރުސީއެމް) ގައި ތިބޭތާ ފަސް ގަޑިއިރު ވީއިރު ވެސް އެ ކޮމިޝަންގެ މެމްބަރުން ބައްދަލުކުރަން ދެކޮޅު ހަދާފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިދިކޮޅުގެ ކޯލިޝަންގައި ހިމެނޭ ޕީޕީއެމް/ޕީއެންސީން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އިދިކޮޅުގެ ލީޑާޝިޕުގެ ބޭފުޅުން އެޗްއާރުސީއެމްގެ މެމްބަރުންނާ ބައްދަލުކުރުމަށް އެތަނަށް ދިޔައީ މިއަދު މެންދުރުފަހު 12:45 ގައި ކަމަށެވެ. އެތަނުގައި ތިބޭތާ ފަސް ގަޑިއިރު ވީއިރު، އެޗްއާރުސީއެމްގެ އެއްވެސް މެމްބަރަކު އެ ބޭފުޅުންނާ ބައްދަލުނުކުރެއްވި ކަމަށް އިދިކޮޅުން ބުންޏެވެ.

"ފުލުހުން ވަނީ އޮފީސް ދޮރުމަތި ބަންދުކޮށްފައި،" އެ މެސެޖުގައިވެ އެވެ.

ޕީޕީއެމްގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން އެޗްއާރުސީއެމްގައި.-- ފޮޓޯ: ޕީޕީއެމް

ޕީޕީއެމްގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން އެޗްއާރުސީއެމްގައި.-- ފޮޓޯ: ޕީޕީއެމް

އެތަނުގައި ތިބި މެމްބަރުން ފާހާނާ ބޭނުންކުރުމުގެ ފުރުސަތާއި ފެނަށް އެދުމުން ފެންފުޅިއެއް ވެސް ކޮމިޝަނުން ނުދިން ކަމަށް އިދިިކޮޅުން ތުހުމަތުކުރި އެވެ.

އިދިކޮޅުގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން އެޗްއާރުސީއެމްގައި ތިއްބެވީ ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އާއި ޕީއެންސީގެ ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އަދި ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އެވެ.

ޕީޕީއެމްގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން އެޗްއާރުސީއެމްގައި.-- ފޮޓޯ: ޕީޕީއެމް

ޕީޕީއެމްގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން އެޗްއާރުސީއެމްގައި.-- ފޮޓޯ: ޕީޕީއެމް

އެ ބޭފުޅުން އެޗްއާރުސީއެމްއަށް މިއަދު ވަޑައިގަތީ، މިހާރު ޖަލުގައި ހުންނެވި އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މި ސަރުކާރުން އަނިޔާކުރާ ކަމަށް ބުނެ އެކަމުގެ ތަފުސީލު އެ ކޮމިޝަނާ ހިއްސާކުރުމަށެވެ.

އިދިކޮޅުން ކުރާ ތުހުމަތާ ގުޅިގެން އެޗްއާރުސީއެމްގެ ބަހެއް އަދި ނުލިބެ އެވެ.

ވ. އާރަށުގެ މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ޔާމީން މިނިވަންކުރަން ގޮވާލައި އިދިކޮޅު ލީޑާޝިޕްގެ ބޭފުޅުން އިއްޔެ ވަނީ ރައީސް އޮފީހަށް ވެސް ވަޑައިގެންފަ އެވެ. ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރައްވަން އެޕޮއިޓްމެންޓް ހަދާފައި ނެތުމުން އެ ފުރުސަތު ލިބިވަޑައެއް ނުގަތެވެ.