Roadha Mihaaru
ވިސާ ނުނަގައި ޔޫރަޕަށް ދެވޭނެ މަގު ފަހިވަނީ

ވިސާ ނުނަގައި ދިވެހިންނަށް ޔޫރަޕަށް ދެވޭނެ މަގު ފަހިވަނީ

14 ޖޫން 2023

ވިސާއެއް ނެގުމަކާ ނުލައި ދިވެހިންނަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ގައުމުތަކަށް ދަތުރުކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ވިސާއެއް ނެގުމަކާ ނުލައި ދިވެހިންނަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ގައުމުތަކަށް ދަތުރުކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

މިކަން ހާމަކޮށްފައިވަނީ މިއަދު ބޭއްވުނު އީޔޫ އާއި ރާއްޖޭގެ ސީނިއާ އޮފިޝަލުންގެ ބައްދަލުވުމުގެ ހަތަރުވަނަ ސެޝަނަށްފަހު ނެރެފައިވާ ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓުގަ އެވެ.

ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި މިއަދުގެ ބައްދަލުވުމުގައި އީޔޫގެ މެމްބަރު ގައުމުތަކަށް އިތުރު ވިސާއެއް ނެގުމަކާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭގޮތުން ދެ ފަރާތުން މަޝްވަރާކޮށްފައި ވެ އެވެ.

އަދި، އީޔޫއަށް ވިސާއާ ނުލައި ދަތުރުކުރެވޭ ގައުމުތަކުގެ ލިސްޓު ދެން އެންމެ އަވަހަށް ރިވިއު ކުރާއިރު އެ ލިސްޓުގައި ރާއްޖެ ހިމަނަން ހުށަހަޅާފައިވާ ހުށަހެޅުމާމެދު ޔޫރަޕުގެ 26 ގައުމެއް ހިމެނޭ އިއްތިހާދުން ގޮތެއް ނިންމާނެ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައި ވެ އެވެ.

އެކަމަކު އެ ރިވިއު ކުރުމަށް ހަމަޖެހިފައިވާ ވަކި ތާރީހެއް ސާފެއް ނުވެ އެވެ.

ރާއްޖޭގައި ގާއިމުކޮށްފައިވާ ވިސާ ފެސިލިޓޭޝަން ސާވިސް (ވީއެފްސް) މެދުވެރިކޮށް ޖަރުމަނަށް ދާން ވިސާ ނެގެ އެވެ.

މިހާރު ވެސް ދިވެހި ޕާސްޕޯޓުގައި 90 އަށްވުރެ ގިނަ ގައުމަށް ވިސާ ނުނަގައި ދަތުރުކުރެވެ އެވެ.

އެއިގެ ތެރޭގައި ރަޝިއާ، ޗައިނާ އަދި އިނގިރޭސިވިލާތް ފަދަ ބޮޑެތި ގައުމުތައް ހިމެނެ އެވެ.