11 ޖޫން 2023
މިއަހަރުގެ ގައުމީ ނެޓްބޯޅަ މުބާރާތުގެ އެއްވަނަ ޑިވިޝަން ފައިނަލްގައި، މިދިޔަ އަހަރުގެ ފައިނަލް ވެސް ކުޅުނު ކުޅުދުއްފުށި ޔޫތު އެންޑް ރެކްރިއޭޝަން ކްލަބް (ކޭވައިއާރުސީ) އާއި ކްލަބް ގްރީން ސްޓްރީޓްސް ވާދަކުރަން ޖެހިއްޖެ އެވެ.
މިއަހަރުގެ ގައުމީ ނެޓްބޯޅަ މުބާރާތުގެ އެއްވަނަ ޑިވިޝަން ފައިނަލްގައި، މިދިޔަ އަހަރުގެ ފައިނަލް ވެސް ކުޅުނު ކުޅުދުއްފުށި ޔޫތު އެންޑް ރެކްރިއޭޝަން ކްލަބް (ކޭވައިއާރުސީ) އާއި ކްލަބް ގްރީން ސްޓްރީޓްސް ވާދަކުރަން ޖެހިއްޖެ އެވެ.
މިދިޔަ އަހަރުގެ ފައިނަލްގައި ވެސް ވާދަ ކުރީ މި ދެ ޓީމެވެ. އެ ފައިނަލްގައި 55-46 އިން މެޗު ކާމިޔާބު ކޮށްގެން ޗެމްޕިއަންކަން ހޯދީ ކުޅުދުއްފުށި ޔޫތު ކްލަބެވެ.
މުޅި އެކު ފަސް ޓީމު ވާދަކުރި މި އަހަރުގެ މުބާރާތުގެ ފައިނަލަށް ގްރީން ސްޓްރީޓްސް ދަތުރު ކުރީ ގުރޫޕް ސްޓޭޖުގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ.
ކުޅުދުއްފުށްޓާއި ގްރީން ސްޓްރީޓްސް ވެސް ކުޅުނު ފުރަތަމަ ތިން މެޗު ކާމިޔާބު ކޮށްފަ އެވެ. ގްރޭން އިން ފުރަތަމަ މެޗުގައި 69-15 އިން މަހިބަދޫ ސްޕޯޓްސް ކްލަބް ބަލިކުރި އިރު، ދެވަނަ މެޗުގައި ވަނީ 63-36 އިން ސްޕޯޓްސް ކްލަބް ޝައިނިން ސްޓާ ބަލިކޮށްފަ އެވެ. ތިންވަނަ މެޗުގައި ޔޫތު ޔުނައިޓެޑް ސްޕޯޓްސް ކްލަބް ބަލިކުރީ 83-14 އިންނެވެ.
ކުޅުދުއްފުށިން ފުރަތަމަ މެޗުގައި ޝައިނިން ސްޓާ ބަލިކުރީ 68-17 އިންނެވެ. ދެވަނަ މެޗުގައި 106-4 އިން ޔޫތު ޔުނައިޓެޑް ބަލިކުރި އިރު ތިންވަނަ މެޗުގައި ވަނީ 67-13 އިން މަހިބަދޫ ބަލިކޮށްފަ އެވެ.
ގުރޫޕްގެ އެއްވަނަ ޓީމު ހޮވަން ފަހު މެޗުގައި ޖެހުނީ މި ދެޓީމު ކުރިމަތިލާށެވެ. ނަމަވެސް ކުޅުދުއްފުށި ޓީމަށް އެ މެޗު ކުޅެވޭގޮތް ނުވުމުން ގްރީން ސްޓްރީޓްސް މޮޅުވީ ކަމަށް ނިންމީ އެވެ.
ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިރޭ 8:30 ގައެވެ.
ނެޓްބޯޅައިގެ ދެވަނަ ޑިވިޝަންގެ ތަށި ނެޓާސްއިން ހޯދައިފި
ގައުމީ ނެޓްބޯޅަ ތަށި ގްރީން ސްޓްރީޓްސް ދިފާއުކޮށްފި
ގިޔާސުއްދީނަށް 15 އަހަރުންދަށް، އިސްކަންދަރަށް ދެތަށި
19 އަހަރުން ދަށުގެ ނެޓްބޯޅަ ޗެމްޕިއަންކަން ވިލާ އަށް
ނެޓްބޯޅަ ގައުމީ ޗެމްޕިއަންކަން ކުޅުދުއްފުށި ދިފާއުކޮށްފި
ނެޓްބޯލް އެސޯސިއޭޝަން ކަޕުގެ ޗެމްޕިއަނަކަށް ކުޅުދުއްފުށި
ނެޓްބޯޅަ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ކުރިއަށް
އިންޑޯ ހުސްކުރަން ހެލްތުން ފެހި ސިގުނަލެއް
އިންޑޯ ބޭނުންނުކުރެވޭތީ އެސޯސިއޭޝަންތަކުގެ ކަންބޮޑުވުން
ގައުމީ ނެޓްބޯޅަ ތަށި މަހިބަދޫ އަށް