08 ޖޫން 2023
ރިޔާސީ އިންތިހާބަށް ތިން މަސް ދުވަހަށް ވެފައި ވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެއްފަހަރާ ހުށަހެޅީ، ސަރުކާރުން ގަސްތުގައި މަޖިލިސް "ޑެޑްލޮކް" އަށް ގެންދަން ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ތުހުމަތު ކުރައްވައިފި އެވެ.
ރިޔާސީ އިންތިހާބަށް ތިން މަސް ދުވަހަށް ވެފައި ވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެއްފަހަރާ ހުށަހެޅީ، ސަރުކާރުން ގަސްތުގައި މަޖިލިސް "ޑެޑްލޮކް" އަށް ގެންދަން ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ތުހުމަތު ކުރައްވައިފި އެވެ.
މަޖިލީހުގައި އަޣުލަބިއްޔަތު އޮތް އެމްޑީޕީން ފުރަތަމަ ހުށަހެޅީ އީވާ މަގާމުން ދުރުކުރުމުގެ މައްސަލަ އެވެ. އެކަމާ ގުޅިގެން، ގަވައިދުގައި ބުނާ 14 ދުވަހުގެ ނޯޓިހުގެ މުއްދަތު އަންނަ އާދީއްތަ ދުވަހަށް ހަމަވާތީ، އެ ދުވަހަށް އޮތީ އެ މައްސަލަ ކުރިން އެޖެންޑާކޮށްފަ އެވެ.
ނަމަވެސް މައްސަލަ ހުށަހެޅުއްވި މެމްބަރަށް، މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ޕާޓީތައް އެކުލެވިގެންވާ ގޮތަށް އައި ބަދަލާ އެކު، ދާއިމީ ކޮމިޓީތައް އަދިވެސް އެކުލަވާލާފައި ނުވާތީ، މަޖިލިހުގެ ނައިބު ރައީސްގެ މަގާމުން އީވާ ވަކިކުރުމުގެ ގަރާރަށް ބަހުސް ކުރުމުގެ ވަގުތު ކަނޑައަޅާފައި ނުވާ ކަމަށެވެ.
މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވައިނުލެވި ދެ ހަފުތާ އަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އެކަން ނުކުރެވި ލަސްވަނީ މަޖިލިސް ތަމްސީލުކުރާ ޕާޓީތަކުން އެއްބަސް ނުވެވިގެން ކަމަށް ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
އެކަމަކު ކޮމިޓީތައް އެކުލަވާނުލެވި ލަސްކުރަނީ، އީވާގެ މައްސަލަ އަށް ހުރަސް އަޅުއްވަން ނަޝީދު ކަމަށް އެމްޑީޕީގެ މެމްބަރުން ގެންދަވަނީ ތުހުމަތު ކުރައްވަމުންނެވެ.
މަޖިލީހުގެ ދާއިމީ ކޮމިޓީތަކަކީ "އަބަދުވެސް ދެމިއޮންނަ" ކޮމިޓީތަކެއް ކަން މަޖިލީހުގެ ގަވާއިދުގައި ބަޔާން ކޮށްފައިވާއިރު، ކޮމިޓީތަކުގެ މެމްބަރުން ބަދަލުކުރުމަކީ ކޮމިޓީގެ މަސައްކަތް ހުއްޓޭނެ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
އެކަމަކު "އެޑްވާސް ކޯސް އޮން ޕާލިމެންޓަރީ އޯވަސައިޓް އެންޑް ލެޖިސްލޭޓިވް ސްކްރޫޓަނީ"ގެ ބައިވެރިންނާ މަޖިލީހުގައި މިއަދު ހަވީރު ބައްދަލުކުރައްވައި، އީވާ ވަނީ އެމްޑީޕީން ކުރާ ތުހުމަތުތަކަށް ރައްދު ދެއްވައިފަ އެވެ.
އީވާ ވިދާޅުވި ގޮތުގައި، މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ އެއްފަހަރާ ހުށަހެޅުމުން، އެ މައްސަލަތައް ކުރިއަށް ނުގެންގޮސް މަޖިލީހުގައި އިތުރު އެއްވެސް މަސައްކަތެއް ކުރާނެ ޖާގަ މަޖިލީހުގެ ގަވާއިދުން ނުލިބޭ ކަމަށެވެ.
"އޭގައި ސްޕީކާ ކުރާނެ ކަމެއް ނެތް، އަޅުގަނޑު ކުރާނެ ކަމެއް ނެތް، ނިއުޝާ [އަމީންއާއްމު] ކުރައްވާނެ ކަމެއް ނެތް، ފިލްޒާ [ކައުންސެލް ޖެނެރަލް] ކުރައްވާނެ ކަމެއް ނެތް،" އެކަން އޮތީ މަޖިލީހުގެ ގަވާއިދުގައި ވަރަށް ސާފުކޮށް ލިޔެފައިކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލައެއް އޮއްވައި، އެހެން މަސައްކަތެއް ކުރާ ޖަލްސާއެއްގެ ރިޔާސަތު އެ ދެބޭފުޅުންނަށް ނުބެލެހެއްޓޭނެކަން ގަވާއިދުގައި އޮންނަކަން އެނގިވަޑައިގެން، އެމްޑީޕީ މެމްބަރުން އެ މައްސަލަ ހުށަހެޅުއްވީ އީވާ ތުހުމަތުކުރެއްވި ގޮތުގައި، މަޖިލިސް "ޑެޑްލޮކް" އަށް ދާނެކަން ޔަގީންކުރެއްވުމަށެވެ.
މިވަރަށް އޮޅުވާލާ ދޮގުހަދަން ހެޔޮނުވާނެ. އީވާގެ ނޯކޮންފިޑަންސް ނަގަން އޮތީ މާދަން. ކޮމިޓީތައް ހުއްޓުވައިގެން އުޅެނީ އަންނި. އެވެސް ގަވައިދާ ޚިލާފަށް. ތިވޯޓު ނެގުނަނުދޭން. ބޭނުންތިވަނީ މެންބަރުންގެ އިތުބާރުނެތަސް ގޮނޑީގަ އިންނަން. ތިކަންސަރުކާރުބޮލުގަ އަޅުވާނެކަމެއްނެތް. އިންނަވާ! https://t.co/nTVPizb4Jc pic.twitter.com/YBdPwI1IFS
— ?? ??????? ???? (@Roxeyna) June 8, 2023
އީވާގެ ތުހުމަތުތަކަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ރައްދު ދެއްވައި ކުރެއްވި ޓްވީޓް
ރިޔާސީ އިންތިހާބަށް ތިން މަސް ދުވަހަށް ވެފައިވަނިކޮށް، އެކަން ކުރެއްވީ މަޖިލިސް ހުއްޓާލާފައި ބާއްވައިގެން، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު އެކީގައި ގެއްލުވާލުމަށް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
"ސަރުކާރު ޖަވާބުދާރީކުރުވުމުގެ އެންމެ އިސް މުއައްސަސާ ޑެޑްލޮކަކަށް މި ދުއްވާލަނީ އިންތިހާބަށް އެންމެ ތިން މަސް ދުވަސް އޮއްވައި. އެއަށްވުރެ ބޮޑު ކަމެއް ސަރުކާރަކަށް ބޭނުންވާނެތޯ. އިންތިހާބުގެ ކުރިން ދައުލަތުގެ ވަސީލަތްތަކާއި ފައިސާ ނަހަމަގޮތުގައި ބޭނުންކުރަން ބޭނުންވާނަމަ،" އީވާ ވިދާޅުވި އެވެ.
ސަރުކާރު ހިންގާ ޕާޓީގެ މެޖޯރިޓީ އޮވެގެން ގަސްތުގައި، ވިސްނައިގެންނޭ އިންތިހާބަށް ތިން މަސް ދުވަހަށް ވެފައި އޮއްވައި ޕާލިމަންޓު އެ ޑެޑްލޮކަކަށް ގެންދިޔައީ: އީވާ
އީވާ އެހެން ވިދާޅުވި ނަމަވެސް، އަސްލަމް މިއަދު ވަނީ އާންމު ކޮމިޓީގެ ބައްދަލުވުމަކަށް ގޮވާލައްވައިފަ އެވެ. އަދި މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އީވާ ވަކިކުރުމަށް އެ މައްސަލައިގެ ވަގުތު ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ފުރުސަތު ދެއްވަން އަމީން އާއްމު ނިއުޝާ އަށް އަސްލަމް ގޮވައިލެއްވި އެވެ.
އީވާ މަގާމުން ވަކިކުރުމުގެ މައްސަލަ އަވަސް ކުރަންޖެހެނީ، އަސްލަމް ވިދާޅުވި ގޮތުގައި، އެ މައްސަލައިގެ ނޯޓިސްގެ މުއްދަތު ހަމަވުމަށް ފަހު، އެ މައްސަލަ ކުރިއަށް ނުގެންގޮސް، މަޖިލީހުގެ އިތުރު އެއްވެސް މަސައްކަތެއް ނުކުރެވޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާން ކޮށްފައިވާތީ އެވެ.
އޭނާ ވިދާޅުވީ އާންމު ކޮމިޓީ އެކުލަވާލަން ބޭނުންނުވެގެން، މުޅި މަޖިލިސް ހުއްޓިފައި ބޭއްވުމުގެ ފުރުސަތު ނުދެވޭނެ ކަމަށެވެ.
"ދައުލަތުގެ އެއް ބާރު ހުއްޓިގެން މި ދަނީ ވަކި ބަޔަކު ކަންކަން ކުރަން ބޭނުންވާ ގޮތަކުން. އެކަމަކު މަޖިލިސް ހުއްޓުވާލެވޭ ގޮތަކަށް ނޫން ގަވާއިދު އެކުލަވާލެވިފައި މި އޮންނަނީ. މަޖިލިސް ނުހިންގަވައި އެކަން ކުރެއްވޭ ގޮތަކަށް ނޫން،" އަސްލަމް ވިދާޅުވި އެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އީވާ ވަކި ކުރަން އެމްޑީޕީން ނިންމީ 12 މެންބަރުންނާ އެކު އީވާ ވެސް އެ ޕާޓީން ވަކިވެ އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެއްޓެވުމުންނެވެ. އެ ޕާޓީން ވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލަ ވެސް މަޖިލީހަށް ހުށަހަޅައިފަ އެވެ.
އެ މަނިކުފާނު ރިޔާސަތުން ދުރުކުރަން 54 މެމްބަރަކު ސޮއިކުރެއްވި އެވެ. ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިިލީހަށް ވައްދާފައި ވިޔަސް އެ ދެ މައްސަލަ ވެސް ހިނގާ ގޮތެއް ނުވި އެވެ.
ނަޝީދާއި އީވާގެ މައްސަލަ އަނބުރާ ގެންނަން ނިންމައިފި
"ނަޝީދު ވިދާޅުވިޔަސް ޖަލްސާ ބާއްވަން ހުރަހެއް ނެތް"
ޑެޑްލޮކް ފިލުވާލަން ބޮޑެތި އިސްލާހުތަކެއް ލައިފި!
އަމީން އާއްމުގެ ގަދަރު ކުޑަކުރާތީ ނަޝީދު ކަންބޮޑުވެއްޖެ
އާންމު ކޮމިޓީގެ ބައްދަލުވުމަކަށް އެމްޑީޕީން ގޮވާލައިފި
އޭޖީގެ ލަފާ: ނަޝީދު ވަކިކުރާ ގަރާރު ބޭރުކުރީ ގޯސްކޮށް
ނައިބު ރައީސްކަމުން އީވާ ވަކިކުރަން ސޮއި ހަމަކޮށްފި
ޖަލްސާ ބާއްވައިދޭން މަޖިލީހުގެ އިދާރާއިން އޮތީ އެދިފައި
އީވާ އަދިވެސް އާލާސްކަންފުޅާ، ޖަލްސާ ނުބޭއްވުނު
ނަޝީދުގެ ގަރާރު އާދީއްތައަށް ވެސް އެޖެންޑާކޮށްފި