28 މެއި 2023
މާލެ ސަރަހައްދުގެ ގެތަކުގެ ކަރަންޓާއި ކުނީގެ ބިލް އެއްކޮށްލަން ސްޓެލްކޯ އާއި ވެމްކޯއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
މާލެ ސަރަހައްދުގެ ގެތަކުގެ ކަރަންޓާއި ކުނީގެ ބިލް އެއްކޮށްލަން ސްޓެލްކޯ އާއި ވެމްކޯއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
އަންނަ މަހުން ފެށިގެން ދެ ބިލް އެއްކޮށްލައިގެން ފޮނުވަން ވަނީ ނިންމައިފަ އެވެ. މިންގަނޑު ކަނޑައެޅިއިރު ކަރަންޓު ބިލަށް 34 ޔުނިޓަށް ވުރެ މަދުން އަރާނަމަ ބަލާފައި ވަނީ އެއީ ކުނި ނުއުފައްދާ ގެއެއްގެ ގޮތުގަ އެވެ.
ދެ ބިލު އެއްކޮށްލުމުގެ އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު އެވެ. ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝަރީފު އެވެ.
ކަރަންޓާއި ކުނީގެ ބިލު އެއްކޮށްލުމަށް ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ އެ ނިންމުމަކީ ގިނަ ބައެއްގެ މަޝްވަރާއަށް ފަހު ނިންމި ނިންމުމެއް ކަމަށެވެ. ސްޓެލްކޯގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ މީޓަރުތަކެއް މިހާރު ވަނީ ވެމްކޯގެ ބިލް އެއްކޮށްލެވޭ ގޮތަށް ހަދާފައި ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ އެމްޑީ ޝަރީފް ވާހަކަ ދައްކަވަނީ: ކުނި ނުއުފައްދާ މީޓަރެއް ވާނަމަ އެކަން އެންގުމަށް ސްޓެލްކޯއިން ވަނީ އެދިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ޝަރީފް ވިދާޅުވީ މިއީ އަލަށް ފަށައިގަންނަ މަސައްކަތަކަށް ވުމުން މައްސަލަތައް ހުންނާނެ ކަމަށެވެ.
ވެމްކޯގެ އެމްޑީ ސިރާޖު ވިދާޅުވީ ކުނީގެ ބިލު، ކަރަންޓު ބިލުގައި ހިމެނުމުން ބިލު ދެއްކުމަށް އާންމުންނަށް ވަރަށް ބޮޑުތަން ފަސޭހަވެގެން ދާނެ ކަމަށެވެ.
ކުރިއަށްއޮތްތަނުގައި ވެސް ކުނި ނަގާނީ ގޭގޭގެ ދޮރުމަތިންނެވެ. ސިރާޖު ވަނީ ކުނި ބޭރަށް ނެރެފައި ނުބެހެއްޓުމަށް އެދިވަޑައިގެންފަ އެވެ.
ވެމްކޯގެ އެމްޑީ ސިރާޖު: ވިޔަފާރިތަކުގެ ކަރަންޓު ބިލުގައި ކުނި ބިލް ހިމަނާނީ ރަޖިސްޓްރީ ކުރުމުން ކަމަށް އޭނާ ވިދާޅުވި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، އެޕާޓްމަންޓްތަކަށް އަރައި ކުނި ނަގާ އަގެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ދުވާލަކަށް 4.93ރ. އެވެ. އެހެންވެ ކަރަންޓު ބިލުގައި އެ ފައިސާ ހިމަނާނެ އެވެ. ވެމްކޯއިން ބުނެފައި ވަނީ މާލޭގައި 53,690 ގޭބީސީ ހުންނައިރު ފީ ދައްކަނީ އެންމެ 21،000 ގޭބީސީންނެވެ. އެހެންކަމުން ކުނި އުކުމުގެ ފީ 62 ޕަސެންޓް ގޭބީސީން ނުދައްކަ އެވެ. މިއީ އެ މައްސަލައަށް ހައްލު ލިބޭނެ ކަމެއް ކަމަށް ވެމްކޯއިން ވަނީ ބުނެފައި އެވެ.
ތޮއްޑޫގައި ވެސް ކަރަންޓާއި ކުނި ބިލް އެއްކޮށްލަނީ
ސްޓެލްކޯގެ ކުރީގެ އެމްޑީޝަރީފްގެ މައްސަލައެއް އޭސީސީއަށް
ހަތަރު ޔޫޓިލިޓީ ކުންފުނީގެ ދަރަނި 9 ބިލިއަނަށް އަރާ
ޔުޓިލިޓީ ނިޒާމްގެ އޮނިގަނޑު ބަދަލުކުރަން ވިސްނަނީ
ފްލެޓް ރޭޓުން ކަރަންޓު ބިލް 30-50 ޕަސެންޓު ކުޑަވޭ
މިދިޔަ މަހުގެ ކަރަންޓު ބިލު ވަރަށް ބޮޑު!
"ސްޓެލްކޯއާ އެއްވަރުގެ ހިދުމަތެއްދޭ ކުންފުންޏެއް ނެތް"
ސްޓެލްކޯއިން ކަރަންޓަށް އިންގިލާބީ ބަދަލެއް ގެނެސްދީފި
ތިން ބިލް ނުދައްކައިފި ނަމަ ކުންޏެއް ނުނަގާނެ: ވެމްކޯ
ކަރަންޓަށް 34 ޔުނިޓް ނާރާނަމަ ކުނީގެ ބިލް ނުފޮނުވާނެ