Roadha Mihaaru
ފުލުސްމީހާއަށް ހަމަލާދިން މީހުންގެ ބަންދު ޖަހައިފި

ހުޅުމާލޭގައި ފުލުހަކަށް ހަމަލާދިން މީހުންނަށް ބަންދު މުއްދަތު ޖަހައިފި

22 މެއި 2023

ހުޅުމާލޭގައި ފުލުހެއްގެ ގައިގައި ތަޅައި އަނިޔާކުރި މައްސަލައެއްގައި ރޭ ހައްޔަރުކުރި ހަތަރު މީހުން ތަހުގީގުގެ މުއްދަތށް މިއަދު ބަންދުކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހުޅުމާލޭގައި ފުލުހެއްގެ ގައިގައި ތަޅައި އަނިޔާކުރި މައްސަލައެއްގައި ރޭ ހައްޔަރުކުރި ހަތަރު މީހުން ތަހުގީގުގެ މުއްދަތށް މިއަދު ބަންދުކޮށްފި އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެފައި ވަނީ އެ ފުލުސްމީހާ އަށް ހަމަލާދިނީ އެންމެން ވެސް ދަންނަ ގޭންގަކުން ކަމަށެވެ. އެ މާރާމާރީގައި އަނިޔާވި ފުލުހަށް ހުޅުމާލެ ހޮސްޕިޓަލުގައި ވެސް ފަރުވާ ދިނެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން 21 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ޖަހާފައިވާ ކަމަށެވެ.

އަދި 32 އަހަރުގެ މީހާގެ ބަންދަށް ފަސް ދުވަސް އުމުރުން 42 އަހަރާއި 44 އަހަރުގެ މީހާގެ ބަންދަށް ހަތް ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކުށްކުރާ ގްރޫޕަކުން ދިން ހަމަލާގައި އަނިޔާވެފައި ވަނީ ގަލޮޅު ޕޮލިސް ސްޓޭޝަންގެ ސާޖަންޓަކަށެވެ.

އެ ގޭންގުގެ އަތްދަށުން ސަލާމަތް ވުމަށް ފުލުސްމީހާ ކުރި މަސައްކަތަށް ސީޕީ ރޭ ތައުރީފު ކުރައްވައިފަ އެވެ. ގޭންގު މީހުންނާ ދެކޮޅަށް ކުރި މަސައްކަތަކަށް އެ ޕޮލިހަށާއި އެކަމުގައި ބައިވެރިވި މީހުންނާ ދެކޮޅަށް އަވަހަށް ފިޔަވަޅުއަޅައި ހައްޔަރުކުރި ހުޅުމާލެ ޕޮލިހުންނަށް ވެސް ސީޕީ ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.