ބ. އޭދަފުށީގައި މިއަދު ހަވީރު ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ އިތުރު ފަރުވާ އަށް މިރޭ މާލެ ގެނެސްފި އެވެ.
15 މެއި 2023
ބ. އޭދަފުށީގައި މިއަދު ހަވީރު ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ އިތުރު ފަރުވާ އަށް މިރޭ މާލެ ގެނެސްފި އެވެ.
ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 18 އަހަރުގެ ޒުވާނާއަށް އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި މިހާރު އަންނަނީ ފަރުވާދެމުންނެވެ. އޭނާގެ ހާލު އަދިވެސް ވަރަށް ސީރިއަސް ކަމަށް އެނގިފައި ވެ އެވެ.
އިތުރު ތަފުސީލު ލިބޭ ގޮތެއް އަދި ނުވެ އެވެ.
އެނގިފައިވާ ގޮތުގައި ހާލު ސީރިއަސްވި މި ޒުވާނާއަކީ މާޒިޔާ ސްޕޯޓްސް ކްލަބުގެ ފުޓްބޯޅަ ކުޅުންތެރިޔާ އަލީ ފާސިރު (ސެންޓޭ)ގެ ކޮއްކޮ އެވެ.
މި އެކްސިޑެންޓުގައި ދެން އަނިޔާވި 40 އަހަރުގެ މީހާއަށް މާ ބޮޑު އަނިޔާއެއް ނުލިބޭ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ބުންޏެވެ.
އެ ހޮސްޕިޓަލުން ބުނި ގޮތުގައި، އަނިޔާވި 18 އަހަރުގެ ޒުވާނާގެ ބޮލަށް ވަރަށް ބޮޑަށް ގެއްލުން ލިބި، ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް ބެލެވެ އެވެ.
އޭދަފުށި ކައުންސިލްގެ ރައީސް މުހައްމަދު ފާތިހު ވިދާޅުވީ އެ އެކްސިޑެންޓް ހިނގީ އެ ރަށުގެ ބަނދަރު މަގުގައި ކަމަށެވެ. އެ އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު އަދި ޔަގީންނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭދަފުށީ އެކްސިޑެންޓެއްގައި އެކަކު ސީރިއަސް
ސައިކަލަކާއި ފުލުސް ކާރެއް ޖެހި، އެކްސިޑެންޓުވެއްޖެ
އައްޑޫގައި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ
އައްޑޫ އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ވެންޓިލޭޓަރުގައި
އެކްސިޑެންޓުގައި އަނިޔާވި މީހާ ފަރުވާއަށް އިންޑިއާއަށް
ކާރު އެކްސިޑެންޓެއްގައި ސައިކަލުތަކަކަށް ގެއްލުން
ގައިމަތިން ސައިކަލު ދިޔަ މައްސަލަ ޕީޖީއަށް ފޮނުވަނީ
އެކްސިޑެންޓެއްގައި މީހަކު މަރުވުން: ދައުވާއަށް އިންކާރު
ކުއްޖަކު ދުއްވި ޕިކަޕެއް ގޮސް އެރީ އެއާޕޯޓް ފެންސަށް
އެކްސިޑެންޓުވީ ޑްރައިވަރަށް ދިމާވި ސިއްހީ ކަމަކާ ހެދި