Roadha Mihaaru
ޔާމީންގެ ފާހާނާގައި ކެމެރާއެއް ނުހުންނާނެ: ކަރެކްޝަންސް

ޔާމީންގެ އިންސާނީ ކަރާމާތަށް އަރައިގަނެވޭ ގޮތަށް ކެމެރާއެއް ނުހުންނާނެ: ކަރެކްޝަންސް

03 މެއި 2023

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންސާނީ ކަރާމާތަށް އަރައިގަނެވޭ ގޮތަށް އެމަނިކުފާނު ހުންނަވާ ޔުނިޓުގެ އެއްވެސް ތަނެއްގައި ކެމެރާ ނުހުންނާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންސާނީ ކަރާމާތަށް އަރައިގަނެވޭ ގޮތަށް އެމަނިކުފާނު ހުންނަވާ ޔުނިޓުގެ އެއްވެސް ތަނެއްގައި ކެމެރާ ނުހުންނާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.

ޖަލު ހުކުމެއް ތަންފީޒުކުރައްވާ އިދިކޮޅު ލީޑަރު ޔާމީން ހުންނަވަނީ މާފުށީ ޖަލުގެ ސްޕެޝަލް މެނޭޖްމަންޓް ޔުނިޓުގަ އެވެ. އެތަނުގެ ފާހާނާގައި ކެމެރާ ހަރުކޮށްފައިވާ ކަމަށް އިދިކޮޅު ކޯލިޝަންގެ ޕީއެންސީގެ ރައީސް އަބްދުﷲ އަބްދުއްރަހީމް ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

ކެމެރާ ހަރުކޮށްގެން ޔާމީންގެ ހަރަކާތްތައް ބައްލަވަނީ، އޭނާ ވިދާޅުވި ގޮތުގައި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

އެކަމަކު ކަރެކްޝަންސުން އެކަން ދޮގުކުރެ އެވެ.

އެތަނުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޖަލުގައި އުޅޭ ގައިދީންގެ ސަލާމަތާއި ރައްކާތެރިކަމަށް ކެމެރާ ހަރުކޮށްފައިވާ ކަމަށެވެ. ޔާމީން ހުންނަވާ ޔުނިޓުގައި ވެސް ސަވައިލެންސްގެ ބޭނުމަށް ކެމެރާ ހުންނާނެ ކަމަށާއި ތުހުމަތުކުރި ގޮތަށް އެއްވެސް ކަމެއް ނުހިނގާ ކަމަށް ވިދާޅުވި އެވެ.

"އިންސާނީ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ނުވަތަ އުނދަގޫވާ ގޮތަށް ކެމެރާއެއް ނުހުންނާނެ. ޖަލުގައި ކެމެރާ ހަރުކޮށްފައި ވަނީ ސަލާމަތާއި ރައްކާތެރިކަމުގެ ބޭނުމަށް،" އޭނާ ވިދާޅުވި އެވެ.

ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ ވ. އާރަށުގެ މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވުމުންނެވެ. ފުއްގިރި މައްސަލާގައި ޔާމީނަށް ދައުވާ ކުރާއިރު، ރ. ފުށްގިރި މައްސަލާގައި ވެސް މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ދައުވާ ވަނީ އުފުލައިފަ އެވެ.