ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ކުރިމަތިލެވޭނެކަން ކަށަވަރު ކުރުމުގެ މަސައްކަތުގައި ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
24 އެޕްރީލް 2023
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ކުރިމަތިލެވޭނެކަން ކަށަވަރު ކުރުމުގެ މަސައްކަތުގައި ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޔާމީނަށް ކުރިމަތިލެވޭނެ ގާނޫނީ ހައިސިއްޔަތެއް މިވަގުތަކު ނެތެވެ. ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފައި މަނީ ލޯންޑަ ކުރިކަމުގެ ތުހުމަތުގައި ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާތީ އެމަނިކުފާނު ވާދަކުރެއްވުމުގެ ގާނޫނީ ފުރުސަތު ވަނީ ބަންދުވެފަ އެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ ޔާމީނަށް ކުރިމަތިލެވޭނެކަން ކަށަވަރު ކުރުމަށްޓަކައި ބައިނަލްއަގުވާމީ ދާއިރާގައި ވެސް އަދި ރާއްޖޭގައި ވެސް ކުރަމުން އަންނަ ކަންތައްތަކަށް ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށެވެ.
ލިބެމުންދާ ކުރިއެރުންތަކަކީ ކޮބައިތޯ ސުވާލު ކުރުމުން އަދުރޭ ވިދާޅުވީ އެކަންކަން މިވަގުތު މީޑީއާ އަށް ހާމަކުރެވެން ނެތް ކަމަށެވެ.
ޕީޕީއެމް ކޯލިޝަނުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި --- ފޮޓޯ: ނިޝާން އަލީ | މިހާރު
ޔާމީންގެ ދިފާއުގައި ތިއްބެވި ކަމަށް ލީޑަޝިޕުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ނަމަވެސް މާލޭގެ ސިޓީ ކައުންސިލްގެ މެމްބަރު ޑރ. މުހައްމަދު މުއިއްޒު އިންތިހާބަށް ނުކުންނެވުމަށް ކައުންސިލްގެ މެމްބަރު އާދަމް ރަމީޒް ކެމްޕޭން ކުރެއްވި މައްސަލައެއް ޕާޓީގެ ތެރޭގައި އޮތީ ފެންމަތިވެފަ އެވެ.
މުއިއްޒު ވެސް ބައިވެރިވެވަޑައިގަތް ޕްރެސް ކޮންފަރެންސްގައި އަދުރޭ މިއަދު ވެސް ވިދާޅުވީ ޕީޕީއެމްގެ ޕޭލޭން އޭ އިން ފެށިގެން ޕްލޭން ޒެޑާ ހަމަ އަށް ވެސް ކެންޑިޑޭޓެއްގެ ގޮތުގައި ހުންނަވާނީ ޔާމީން ކަމަށެވެ. ރިޔާސީ އިންތިހާބަށް އިސްތިއުނާފު މަރުހަލާ ނުނިމުނަސް ކުރިމަތިލުމުގައި ހުރަހެއް ނެތް ކަމަށް އަދުރޭ ވިދާޅުވި އެވެ.
"ރިޔާސީ އިންތިހާބަށް (ކުރިމަތިލާން) ހުޅުވާލުމާ އެކީގައި ރައީސް ޔާމީންގެ ކެންޑިޑޭސީ އަޅުގަނޑުމެންނަށް ފައިލް ކުރެވޭނެ. އެހިސާބުން ޖެހޭނެ 48 ގަޑިއިރު ތެރޭ ގޮތެއް ނިންމައިދޭން ސުޕްރީމް ކޯޓުން، އެހެންވީމަ އަޅުގަނޑުމެންނަށް ޔަގީންކަން މިއޮތީ ރައީސް ޔާމިނަށް ކުރިމަތި ލެވޭނެކަން،" އަދުރޭ ވިދާޅުވި އެވެ.
ރޯދަ މަހަށް ފަހު ޕީޕީއެމްގެ ހަރަކާތްތައް ވަރުގަދަ ކުރުމުގެ ގޮތުން އެ ޕާޓީގެ ޖަލްސާއެއް މި އަންނަ ހުކުރު ދުވުހުގެ ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. "ކޮތަޅު" ގެ ނަމުގައި ބާއްވާ ޖަލްސާ އޮންނާނީ އަލިމަސްކާނިވަލުގައި ކަމަށް އެ ޕާޓީން ބުންޏެވެ.
ޔާމީން ބޭނުންވީ ރިވިއު އަށް ފުރުސަތު ހޯދަން
މުއިއްޒަށް ފުރުސަތު ލިބުނީ ޔާމީން ދެއްވައިގެން ނޫން
ބަޔަކު ޕާޓީއެއް އުފައްދާތީ ނުވިސްނަން: އަބްދުއްރަހީމް
އަބްދުއްރަހީމްގެ ވަރުގަދަ ރައްދެއް ޑރ. ޖަމީލަށް!
ޔާމީނަށް ދިން އިންޒާރަށް އެއްޗެއްބުނަން މުނާސަބެއް ނޫން
ކަންކަން ރީތިކޮށް ކުރުމުގެ ފުރުސަތަށް އެދެން: މުއިއްޒު
"ހުށަހެޅީ ފޭކް ފޯމްތަކެއް، ހައްލުނުކޮށް ވޯޓުލައިގެން ނުވާނެ"
ޖޭޕީއާ އެކު ކޯލިޝަން ނުހަަދަން ޔާމީންގެ އެންގެވުމެއް!
މުއިއްޒަށް އިތުރަށް ތާއީދު ހޯދައިދޭން ޔާމީން އެދިއްޖެ
ޔާމީން އެދުމަކީ މުުއިއްޒުގެ ކެމްޕެއިނުގައި ބައިވެރިވުން