19 އެޕްރީލް 2023
ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސުކޫކެއް ވިއްކަން މިއަދު ހުޅުވާލައިފި އެވެ.
ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސުކޫކެއް ވިއްކަން މިއަދު ހުޅުވާލައިފި އެވެ.
ސިއްހީ ހިދުމަތުގައި ބޭނުންކުރާ އިކުއިޕްމަންޓާއި މެޝިނަރީ އަދި ކޮންސިއުމަބަލްސް ފުޅާ ދާއިރާގައި ފޯރުކޮށްދޭ މެޑްޓެކް ޑައިގްނޯސްޓިކްސް އިން ވަނީ ޕްރައިވެޓް ޕްލޭސްމެންޓެއްގެ ގޮތުގައި ސުކޫކް ސްޓޮކް އެކްސްޗޭންޖްގެ ވިޔަނަ ޕޯޓަލްގައި ލިސްޓުކޮށްފަ އެވެ.
ސުކޫކަކީ ޝަރުއީ ހަމަތަކާ އެއްގޮތަށް ވަކި އޮނިގަނޑަކަށް އެކުލަވާލާ، ކޮންވެންޝަނަލް ބޮންޑާ އެއްފަދައިން، ފައިދާއެއް ލިބޭ ގޮތަށް ހަދާފައިވާ އިންވެސްޓްމަންޓް ޕްރޮޑަކްޓެކެވެ. ކޮންމެ ސުކޫކެއްގެ އޮނިގަނޑު އެކުލަވާލާއިރު އެ ސުކޫކުގެ ފަހަތުގައި އާމްދަނީ ނުވަތަ މަންފާ ލިއްބައިދޭ އެސެޓެއް އެކުލެވެ އެވެ. އަދި ސުކޫކްގެ އިންވެސްޓަރުންނަށް ފައިދާ ބަހާނީ އެ ސުކޫކެއް ފަރުމާކުރުމުގައި ބޭނުންކޮށްފައިވާ މުދަލަކުން ލިބޭ އާމްދަނީ ބޭނުންކޮށްގެންނެވެ.
އެ ސުކޫކްގެ ލީޑް އެރޭންޖަރު، ފަސްޓް ނޭޝަނަލްގެ ވެބްސައިޓްގައިވާ ގޮތުން މެޑްޓެކް ޑައިގްނޯސްޓިކްސް އިން ވިއްކަން ހުޅުވާލީ 30 މިލިއަން ރުފިޔާގެ މުޝާރަކާ މުތަނާގިލާގެ ސުކޫކެވެ. މެޑްޓެކުން މި ސުކޫކް އިޝޫކުރަނީ ހުޅުމާލޭގައި ހެލްތު އެންޑް ރިހެބިލިޓޭޝަން ސެންޓަރެއް އެޅުމަށެވެ. މި ސުކޫކަށް އިންވެސްޓް ކުރާ ފަރާތްތަކަށް 9 ޕަސެންޓުގެ ފައިދާއެއް ލިބޭނެ އެވެ. އަދި އޭގެ ފައިދާ އަހަރު ދެ ފަހަރު ބަހާނެ އެވެ. މި ސުކޫކުގެ މުއްދަތަކީ ހަތް އަހަރެވެ.
ފަސްޓް ނޭޝަނަލްގެ އިސްލާމިކް ފައިނޭންސް އެޑްވައިޒަރު ޑރ. އައިޝަތު މުނީޒާ ވިދާޅުވީ މެޑްޓެކުން ދޫކުރާ މި ސުކޫކްގެ ސަބަބުން، އަމިއްލަ ކުންފުނިތަކަށް ސުކޫކް ދޫކޮށްގެން ފައިސާ ހޯދޭނެ ކަމުގެ ޔަގީންކަން ލިބި، ގިނަ އަމިއްލަ ކުންފުނިތަކަކުން އިސްލާމިކް ކެޕިޓަލް މާކެޓްގައި ބައިވެރިވެގެން ފައިސާ ހޯދުމުގެ މަގު ހުޅުވިގެންދާނެ ކަމަށެވެ.
މެޑްޓެކުން ސުކޫކު ފައިދާއަށް ދެ މިލިއަން ބަހައިފި
މެޑްޓެކުން ވިއްކި ސުކޫކަށް 20 މިލިއަން ރުފިޔާ
ސުކޫކް ކޫޕަންގެ ގޮތުގައި 25 މިލިއަން ދައްކައިފި
އައިކެއާ ސުކޫކުގެ އިންވެސްޓަރުންނަށް 3.4 މިލިއަން!
ސުކޫކު ޕޭމަންޓްތައް ދެއްކުމަށް ދަތިކަމެއް ނެތް: ޝަފީގު
ރާއްޖޭގެ ސުކޫކުގެ އަގު ދަށަށް!
އައިޔޫއެމުން 60 މިލިއަންގެ ސުކޫކު ވިއްކައިފި
އައިޔޫއެމް އިން 60 މިލިއަން ރުފިޔާގެ ސުކޫކު ވިއްކަނީ
އައިކެއާއިން 30 މިލިއަން ރުފިޔާގެ ސުކޫކެއް ވިއްކަނީ
ފިނޭންސުން 8.5 ބިލިއަން ރުފިޔާ ހޯދަން އިއުލާނުކޮށްފި