15 އެޕްރީލް 2023
ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ މެޗަށް ޓީސީ ސްޕޯޓްސް ތައްޔާރު ވަނީ "ގަދަކަމުން" ކަމަށާއި ނަމަވެސް މެޗަށް ނުކުންނާނީ މޮޅުވާން ވިސްނައިގެން ކަމަށް ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު އަހުސަން ރަޝީދު (ޗޭ) ބުނެފި އެވެ.
ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ މެޗަށް ޓީސީ ސްޕޯޓްސް ތައްޔާރު ވަނީ "ގަދަކަމުން" ކަމަށާއި ނަމަވެސް މެޗަށް ނުކުންނާނީ މޮޅުވާން ވިސްނައިގެން ކަމަށް ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު އަހުސަން ރަޝީދު (ޗޭ) ބުނެފި އެވެ.
މުބާރާތް ފެށެން ދެ ދުވަހަށް ވެފައި ވަނިކޮށް ފަރިތަކުރުންތައް ފެށި ޓީސީ ސްޕޯޓްސް ވަނީ އެ ޓީމުގެ ފުރަތަމަ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ވާދަކޮށް 2-0 އިން ބަލި ވެފަ އެވެ. ގުރޫޕްގެ ދެ ވަނަ މެޗުގައި އެޓީމު ނުކުންނާނީ ފުރަތަމަ ޑިވިޝަނަށް އަލަށް ނުކުންނަ ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
މި މުބާރާތުގައި ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗުކަމާ ހަވާލުވެ ހުރި އަހުސަން ބުނީ ފުރަތަމަ މެޗަށް ފަހު ޓީމު އަދިވެސް ރިކަވާ ނުކުރެވޭ ކަމަށާއި، ދެ ވަނަ މެޗާމެދު ވިސްނާނެ ފުރުސަތެއް ވެސް އަދި ނުލިބޭ ކަމަށެވެ.
"މެޗަށް ރެޑީވާން ދެދުވަސް. އެއް ދުވަސް މެޗް ވޯމްއަޕަށް،" ބުރު ސްޕޯޓްސް އާ ދެކޮޅަށް ނުކުތުމުގެ ކުރިން ބުރާސްފަތި ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި، ޓީމު މެޗަށް ތައްޔާރުވަނީ "ގަދަކަމުން" ނޭ ބުނި ބުނުން އަހުސަން ތަފްސީލު ކޮށްދިނެވެ.
ދެ ވަނަ މެޗާ ކުރިމަތިލާއިރު އިދިކޮޅު ބެންޗުގައި ޓީމަށް އިރުޝާދު ދޭން ހުންނާނީ، ޓީސީ ސްޕޯޓްސް ކްލަބުގެ ތާރީހުގައި އެޓީމަށް ކާމިޔާބު ދުވަސްތަކެއް ހޯދައިދީ، އެޓީމު ކޮޅަށް ޖެހުމުގައި މުހިއްމު ދައުރެއް އަދާކުރި ތަޖުރިބާކާރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ. ޓީސީގެ ގިނަ ކުޅުންތެރިންނަކީ ނިޒާމްބެ އާ އެކު އެޓީމުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކުޅުންތެރިންނެވެ.
ފުރަތަމަ މެޗުގައި މާޒިޔާއާ ދެކޮޅަށް ޓީސީ އިން ކުޅުނީ ޑިފެންސިވް ގޭމެކެވެ. ތިން ޓީމު ހިމެނޭ ގުރޫޕްގައި ބުރު ސްޕޯޓްސް އާ ދެކޮޅަށް ޓީސީ ނުކުންނައިރު، މުބާރާތުގައި ކުރިއަށް ދާން މި މެޗަކީ ޓީސީ ނަތީޖާ ނެރުން މުހިއްމު މެޗެކެވެ. އަހުސަން ބުނީ މެޗުން ކާމިޔާބެއް ހޯދަން ބޭނުން މެޗުގައި ޓީސީގެ ގޭމް ޕްލޭން ބަދަލު ކުރަން ޖެހޭނެ ކަމަށެވެ. އަދި ކުރީ މެޗާ ހިލާފަށް މި މެޗުގައި އެޓޭކިން ވިސްނުމެއް ގެންގުުން މުހިއްމު ކަން އަހުސަން ފާހަގަ ކުރި އެވެ.
"ނިޒާމްބެ އަށް އެނގޭނެ ވާނެ ހުރިހާ އެއްޗެއް. އަހަރެމެންނަށް ވެސް އެކަން އެނގި ހުރެ އެހެން ގޮތަކަށް ވިސްނަން ޖެހޭ. [އެހެން ނޫން ނަމަ] ނިޒާމްބެ އަށް ބޮޑަށް ފަސޭހަ ވާނެ،" ނިޒާމްބެ ޓީސީ އަށް ދެ ފަހަރު މަތިން ކޯޗު ކޮށްދިން އިރު ޓީމުގެ އެސިސްޓެންޓެއްގެ ގޮތުގައި ހުރި އަހުސަން ބުންޏެވެ.
"ކުރީ މެޗާ ހިލާފަށް ބޮޑަށް އެޓޭކް ކުރަން ޖެހޭނެ ކުރިއަށް ދާން ބޭނުމިއްޔާ. އެގޮތަށް މި ވިސްނަނީ. މޮޅުވާން ޖެހޭ [މުބާރާތުގައި] ކުރިއަށް ދާން ބޭނުން ނަމަ. އެހެންވީމައި [ޓީސީ] ކުޅޭނީ މޮޅުވާން."
ޓީސީ ސްޕޯޓްސް އާއި ބުރު ސްޕޯޓްސް ބައްދަލުކުރާ މެޗު އޮންނާނީ މިރޭ 10 ޖަހާއިރެވެ.
ޓީސީ ކޯޗު ބުނީ އީގަލްސް ކޮޅަށް "ގޯލްތަކެއް" ޖެހޭނެއޭ
ބުރު ބަލިކޮށް ޓީސީ ސެމީގެ އުންމީދު ހޯދައިފި
ޓީސީ ކުޅުނީ ފުޓްބޯޅައެއް ނޫން: މާޒިޔާ ކޯޗު
އެހެން ޓީމުތަކާ މެދު މާޒިޔާގެ ކޯޗުގެ ވިސްނުމެއް ނެތް
ޕްރެޒިޑެންޓްސް ކަޕުގެ ފެށުން މާދަމާރޭ
ގްރާންޑޭ ބަލިކޮށް ޓީސީ އަށް ހަމަނޭވާއެއް
ފުރަތަމަ ހާފުގެ ލަނޑުތަކުން މާޒިޔާއިން ޓީސީ ބަލިކޮށްފި
ޕްރެޒިޑެންޓްސް ކަޕުގެ ގަދަ ފަހެއް ހޮވައިފި
އޮއްޕޮގެ ދެ ލަނޑުން ނިއު އިން ގައުމީ ތަށި ހޯދައިފި
"90 މިނެޓުގެ ތެރޭ ނަތީޖާ ނެރެން މަސައްކަތްކުރާނަން"