09 އެޕްރީލް 2023
ހުޅުމާލެ 2 ގައި އެމްއައިބީގެ އޭޓީއެމްއެއް ބެހެއްޓުމުގެ އެއްބަސްވުމެއްގައި އާބަންކޯ އާއި އެކު ސޮއިކޮށްފި އެވެ.
ހުޅުމާލެ 2 ގައި އެމްއައިބީގެ އޭޓީއެމްއެއް ބެހެއްޓުމުގެ އެއްބަސްވުމެއްގައި އާބަންކޯ އާއި އެކު ސޮއިކޮށްފި އެވެ.
މި އެއްބަސް ވުމުގައި އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ އެބޭންކުގެ މެނޭޖިން ޑިރެކްޓަރު މުފައްދަލް އިދުރީސް ހުމްރީ އެވެ. އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މޭނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ.
އެމްއައިބީއިން ބުނި ގޮތުގައި އެ ބެންކުގެ އޭޓީއެމްއެއް ހުޅުމާލެ 2 ގައި ބަހައްޓަން ނިންމީ ބޭންކުގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ދަށުން، ހުޅުމާލޭގައި ދިރިއުޅޭ ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުންނެވެ.
އެމްއައިބީގެ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން ދާދި ފަހުން ވަނީ އެ ބޭންކުގެ ހުޅުމާލެ ބްރާންޗު ވެސް އިތުރަށް ފުޅާކުރުމަށް ފަހު ހުޅުވައިފަ އެވެ. އެ ބްރާންޗުން މާލޭގައި ހުންނަ މައި އޮފީހުން ލިބޭ ގިނަ ހިދުމަތްތައް ލިބޭނެ އެވެ. އޭގެ އިތުރުން އެ ތަނުގައި ތިން އޭޓީއެމްއެއް ވެސް ވަނީ ބަހައްޓައިފަ އެވެ.
އެމްއައިބީގެ ހިދުމަތްތައް އިތުރު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ދާދި ފަހުން ވަނީ ޑޮލަރު އޭޓީއެމްގެ ހިދުމަތް ވެސް ތައާރަފްކޮށްފަ އެވެ.
އެ ބޭންކުން ބުނި ގޮތުގައި، އެ ބޭންކުން މަސައްކަތްކުރަމުން އަންނަނީ ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދީ، ގިނަ ހިދުމަތްތަކެއް ފަސޭހައިން ހޯދޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ.
ހުޅުމާލެ 2ގައި އެމްއައިބީގެ އޭޓީއެމް ބަހައްޓަނީ ވަގުތީ މިސްކިތް ކުރިމަތީގައި ހުންނަ ވިނަރެސް ފްލެޓްގަ އެވެ.
މާލޭ މީހުންނަށް މާޗު މަހު ހުޅުމާލެއިން ބިން ދެނީ
އެމްއައިބީ އޮފީސް އިމާރާތެއް އަޅަން ހުޅުމާލެއިން ބިމެއް
"ބިން ވިއްކާ އަގު ކުޑަ ކުރުމުގެ ވިސްނުމެއް ނެތް"
ހުޅުމާލޭ ފޭސް ދޭއްގައި 14 ސްކޫލަކަށް ބިން ދޭނެ
ހުޅުމާލެ 3 އިން ޖެނުއަރީގެ ނިޔަލަށް ގޯތި ދެނީ
2،100 ފްލެޓާ އެކު އެޗްޑީސީގެ ބިޔަ 15 ޕްރޮޖެކްޓެއް
އެޗްޑީސީގެ ޗެއާމަން ކަމަށް ނާސިފް އައްޔަންކޮށްފި
ރައުންޑްއެބައުޓާއެކު އެކްސިޑެންޓް މަދު، ހޭލުންތެރިކުރަނީ
އެޗްޑީސީއަށް ފައިސާ ނުދައްކާ ކުންފުނިތައް ހާމަކުރަނީ
އިތުރު 18 ބިމެއް ވިއްކަން އެޗްޑީސީން ހުޅުވާލައިފި