Roadha Mihaaru
ވެޓެރަންސް ލީގު: ބުރު ބަލިކޮށް ގްރާންޑޭއަށް އުންމީދެއް

ވެޓެރަންސް ލީގު: ބުރު ބަލިކޮށް ގްރާންޑޭ އަށް އުންމީދެއް

06 އެޕްރީލް 2023

އެފްއޭއެމް ވެޓެރަންސް ލީގުގައި މުޅިން އަލަށް ވާދަކުރާ ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލި ކުރުމަށް ފަހު ދަ ގްރާންޑޭ ސްޕޯޓްސް އިން މުބާރާތުގައި ކުރިއަށް ދިއްމުގެ އުއްމީދެއް ހޯދައިފި އެވެ.

އެފްއޭއެމް ވެޓެރަންސް ލީގުގައި މުޅިން އަލަށް ވާދަކުރާ ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލި ކުރުމަށް ފަހު ދަ ގްރާންޑޭ ސްޕޯޓްސް އިން މުބާރާތުގައި ކުރިއަށް ދިއްމުގެ އުއްމީދެއް ހޯދައިފި އެވެ.

އެފްއޭއެމް އެއް ނަމްބަރު ޓާފް ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ގްރާންޑޭގެ ފުރަތަމަ ލަނޑު ޖަހައިދިނީ އަލީ ނާޝިދެވެ. ދެވަނަ ހާފު ނިމެނިކޮށް އަނެއް ދެ ލަނޑު ޖެހީ، މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު އަހުމަދު ޝަކީބް އެވެ.

ތިން ޓީމު ވާދަކުރާ ގުރޫޕް އޭ ގައި ގްރާންޑޭ އާއި ބުރު ސްޕޯޓްސް އާއެކު ދެން އޮތީ ކްލަބް އީގަލްސް އެވެ. މުބާރާތް ހުޅުވަން ކުޅުނު ފުރަތަމަ މެޗުގައި އީގަލްސް ވަނީ 3-1 އިން ގްރާންޑޭ ބަލި ކޮށްފަ އެވެ.

މި ގުރޫޕުގައި ދެން ބާކީ އޮންނާނީ ބުރު ސްޕޯޓްސް އާއި އީގަލްސް ބައްދަލު ކުރާ މެޗެވެ. ގްރާންޑޭ ކުޅެން އޮތް ގުރޫޕް ސްޓޭޖުގެ ދެ މެޗު ވެސް ވަނީ ނިމިފަ އެވެ. މިވަގުތު އީގަލްސް އާއި ގްރާންޑޭ އަށް ވެސް ތިން ޕޮއިންޓް ލިބިފައި ވާއިރު، ކުއާޓާގެ ޖާގައެއް ހޯދަން ބުރު ސްޕޯޓްސް އަށް ތަފާތު ބޮޑު ނަތީޖާއަކުން އީގަލްސް ބަލިކުރުން މަޖުބޫރެވެ.

މި އަހަރުގެ މުބާރާތުގައި ބައިވެރިވި 11 ޓީމު ވަނީ ތިން ގުރޫޕަކަށް ބަހާލައިފަ އެވެ. ގުރޫޕް އޭ އިން ދެ ޓީމު ނޮކައުޓް ބުރަށް ދަތުރު ކުރާއިރު، ގުރޫޕް ބީ އަދި ގުރޫޕް ސީ އިން ވެސް ތިން ޓީމަށް ނޮކައުޓް ބުރުގެ ޖާގަ ލިބޭނެ އެވެ.

ގްރީން ސްޓްރީޓްސް ބަލިކުރަން ލަނޑު ޖެހި ޕޮލިސް ކްލަބްގެ އަބްދުﷲ އިބްރާހިމް މަނިކު، މޭން އޮފް ދަ މެޗް ޓްރޮފީއާ ހަވާލުވަނީ.-- ފޮޓޯ: އެފްއޭއެމް

ގްރީން ސްޓްރީޓްސް ބަލިކުރަން ލަނޑު ޖެހި ޕޮލިސް ކްލަބްގެ އަބްދުﷲ އިބްރާހިމް މަނިކު، މޭން އޮފް ދަ މެޗް ޓްރޮފީއާ ހަވާލުވަނީ.-- ފޮޓޯ: އެފްއޭއެމް

އަންގާރަ ދުވަހުގެ ހަވީރު ކުޅުނު މެޗުން ޕޮލިސް ކްލަބް ވަނީ 1-0 އިން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށްފަ އެވެ. ޕޮލިސް ކްލަބުން ޖެހި ހަމައެކަނި ލަނޑު ދެވަނަ ހާފުގައި ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު އަބްދުﷲ އިބްރާހިމް މަނިކެވެ.

ޕޮލިސް ކްލަބާއި ގްރީން ސްޓްރީޓްސް ހިމެނެނީ މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) އާއި ހުއްރިއްޔާ ސްޕޯޓްސް ކްލަބާ އެކު ގުރޫޕް ސީގަ އެވެ. މި ގުރޫޕްގެ ފުރަތަމަ މެޗުގައި އެމްއެސްއެމް އާއި ހުއްރިއްޔާ ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

އިއްޔެގެ ނަތީޖާއާ އެކު މި ގުރޫޕްގެ އެއްވަނައިގައި މިވަގުތު އޮތީ ތިން ޕޮއިންޓް ހޯދާފައިވާ ޕޮލިސް ކްލަބެވެ. އެމްއެސްއެމް އާއި ހުއްރިއްޔާ އަށް ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.

މުބާރާތުގައި މިއަދު ހަވީރު ކުޅޭނީ ގުރޫޕް ބީގެ މެޗެކެވެ. ބައްދަލުކުރާނީ ހުޅުމާލޭ ވެޓެރަންސް ކްލަބާއި ސްޓެލްކޯ އެވެ.