Roadha Mihaaru
2.2 ބިލިއަންގެ ހަންކެޑެ ޕްރޮޖެކްޓް ޗައިނާ ކުންފުންޏަކަށް!

2.2 ބިލިއަން ރުފިޔާ ހަރަދު ކޮށްގެން ހަންކެޑެ ހަދަން ބަޔަކާ ހަވާލުކޮށްފި

30 މާޗް 2023

އައްޑޫ ހަންކެޑެ، އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީ ކުރަން މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ޗައިނާގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އައްޑޫ ހަންކެޑެ، އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީ ކުރަން މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ޗައިނާގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.

އެ މަސައްކަތް ހަވާލުކުރީ ޗައިނާ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކުންފުންޏާ އެވެ.

އެމްއެފްއެމްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން މަނިކު ވިދާޅުވީ، އެ ޕްރޮޖެކްޓްގެ މަސައްކަތް ދެ އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ހަންކެޑެ، އިންޓަގްރޭޓެޑް ޕްރޮޖެކްޓްގެ ގޮތުގައި ތަރައްގީ ކުރަނީ ބޭންކް އޮފް ޗައިނާ އިން 145 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެންނެވެ.

ހަންކެޑެ ތަރައްގީ ކުރާނެ ގޮތުގެ ކުރެހުމެއް. އެ ޕްރޮޖެކްޓަށް 2.2 ބިލިއަން ހޭދަވާނެ-- ފޮޓޯ: އެމްއެފްއެމްސީ

ހަންކެޑެ ތަރައްގީ ކުރާނެ ގޮތުގެ ކުރެހުމެއް. އެ ޕްރޮޖެކްޓަށް 2.2 ބިލިއަން ހޭދަވާނެ-- ފޮޓޯ: އެމްއެފްއެމްސީ

އައްޑޫ ހިތަދޫ ހަންކެޑެ ސަރަހައްދުގައި 1،000 ކޮޓަރީގެ އިންޓަގްރޭޓެޑް ޕްރޮޖެކްޓެއް ފަށާނެ ކަމަށް ސަރުކާރުން އޮތީ އިއުލާނުކޮށްފަ އެވެ. އެތަން ތަރައްގީ ކުރަނީ ތަފާތު ޑިޒައިންތަކަށެވެ.

ހަންކެޑެއާ އެކު އެ ސަރަހައްދުގައި 6،000 އެނދު އެޅުމަކީ މި ސަރުކާރުގެ އަމާޒެކެވެ.

މީގެ ކުރިން ވެސް ހަންކެޑެގައި 100-200 އެނދުގެ ސިޓީ ހޮޓަލެއް ހަދަން ހަވާލުކުރި އެވެ. ސަރުކާރުން 2005 ގައި ފުވައްމުލަކުގެ ކުންފުންޏެއް ކަމަށްވާ ތޫނޑު ޕްރައިވެޓް ލިމިޓެޑަށް ހަވާލުކުރި ޕްރޮޖެކްޓް ކުރިއަށް ނުގެންދާތާ 13 އަހަރުވީ ފަހުން ވަނީ އެއްބަސްވުން ބާތިލު ކުރި އެވެ. އެ ޕްރޮޖެކްޓް ނިންމަން އޭރު ކަނޑައެޅީ 18 މަސް ދުވަހެވެ.