ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ލޯންޑާ ކުރިކަން ސާބިތުވި 52 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ކުރި އަމުރުގެ އިސްތިއުނާފު ހައި ކޯޓުން ބަލައިގެންފި އެވެ.
26 މާޗް 2023
ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ލޯންޑާ ކުރިކަން ސާބިތުވި 52 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ކުރި އަމުރުގެ އިސްތިއުނާފު ހައި ކޯޓުން ބަލައިގެންފި އެވެ.
އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އެ މައްސަލާގައި އެ މަނިކުފާނު ލޯންޑާ ކުރި ކަން ސާބިތުވި 3.4 މިލިއަން ޑޮލަރު (52 މިލިއަން ރުފިޔާ) ދައުލަތަށް ދޭން ކޯޓުން މިދިޔަ މަހު އަމުރެއް ނެރުނެވެ.
ކްރިމިނަލް ކޯޓުގެ އެ އަމުރު އިސްތިއުނާފް ކުރަން ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހެޅުއްވި މައްސަލަ އެ ކޯޓުން މިހާރު ވަނީ ބަލައިގަނެ، ރަޖިސްޓްރީ ކޮށްފަ އެވެ.
ޔާމީން ޖަލަށްލާން ކުރި ހުކުމް ވެސް އިސްތިއުނާފަށް އޮތީ ހުށަހަޅައިފަ އެވެ. އެކަމަކު އެ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން ގޮތެއް ނުނިންމަ އެވެ.
އާރަށް މައްސަލާގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދިން މުއާމަލާތާ ގުޅިގެން ވެސް ދައުލަތުން ޔާމީންގެ މައްޗަށް ދައުވާކުރެ އެވެ. އެ މައްސަލަ ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ކުރިއަށެވެ.
ފުއްގިރި ދައުވާ: ސުޕްރީމް ކޯޓުން ޔާމީނަށް ނާކާމިޔާބު
ފުއްގިރި މައްސަަލަ:ޔާމީންގެ އިސްތިއުނާފް ނާކާމިޔާބު
ފުއްގިރި މައްސަލާގެ ޝަރީއަތް މަޑުޖައްސާލަން އެދެފި
ޔާމީނަށް ކުރާ ދައުވާތަކުގެ ޝަރީއަތް މަޑުޖައްސާލައިފި
ޔާމީންގެ ޝަރީއަތް ހޯމަ ދުވަހު ލައިވްކޮށް ދައްކަނީ
ޔާމީނަށް ކުރާ ދައުވާގެ މާދަމާގެ އަޑުއެހުން ކެންސަލް
ދެވަނަ ހުކުމް ވެސް ބާތިލް، ޔާމީން މިނިވަންވެއްޖެ
ޔާމީންގެ ހަތަރު އަހަރުގެ ޖަލު ހުކުމް ބާތިލްކޮށްފި
ޔާމީންގެ އިސްތިއުނާފް ޝަރީއަތުގެ ފަހު އަޑުއެހުން މާދަމާ
ޔާމީން ފައިސާ ދައުރުކުރީ އަސްލު ގެއްލޭ ގޮތަށް:ދައުލަތް