13 މާޗް 2023
ރާއްޖޭގައި އެންމެ ފުޅާކޮށް ޓޫރިޒަމް ވިޔަފާރިކުރާ ކްރައުން އެންޑް ޗަމްޕާ އިން އާ ރިސޯޓެއް ހުޅުވަން ތައްޔާރުވެއްޖެ އެވެ.
ރާއްޖޭގައި އެންމެ ފުޅާކޮށް ޓޫރިޒަމް ވިޔަފާރިކުރާ ކްރައުން އެންޑް ޗަމްޕާ އިން އާ ރިސޯޓެއް ހުޅުވަން ތައްޔާރުވެއްޖެ އެވެ.
ޗަމްޕާ ހުސައިން އަފީފާއި ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ ހިއްސާ އޮންނަ ކުންފުނިން އަލަށް ހުޅުވަނީ ޅ.މާބިންހުރާގައި ހެދި "ޖަވަކަރަ އައިލެންޑް މޯލްޑިވްސް" އެވެ.
ދެ ރަށް ގުޅުވާލައިގެން ހަދާ އެ ރިސޯޓުގައި 290 ވިލާ ހުރެ އެވެ. ހޮސްޕިޓާލިޓީ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި އެ ރިސޯޓު ހުޅުވަން ހަމަޖެހިފައިވަނީ އޮގަސްޓު މަހު އެވެ. ރިސޯޓް ހަދާފައިވާ ދެ ރަށް ގުޅުވާލަން 700 މީޓަރުގެ ބްރިޖެއް ވަނީ ހަދައިފަ އެވެ.
ޖަވަކަރަ ރިސޯޓުގެ ވޯޓަ ވިލާއެއް
ނިއުސްވަޔާސްއަށް ދީފައިވާ އިންޓަވިއުއެއްގައި ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ޑިރެކްޓާ އޮފް ސޭލްސް އެންޑް މާކެޓިން އަހުމަދު ޝާހީން ވިދާޅުވެފައިވަނީ ޖަވަކަރަ ރިސޯޓުގެ ކޮންސެޕްޓް އެ ކުންފުނީގެ ދަށުން ހިންގާ އެހެން ރިސޯޓުތަކާ ވަރަށް ތަފާތުވާނެ ކަމަށެވެ.
"އެ ރިސޯޓު ހާއްސަކޮށްފައިވަނީ އެންމެ މަތީފަންތީގެ ހިދުމަތްތައް ލިބޭގޮތަށް އާއިލާތަކަށް،" އޭނާ ވިދާޅުވި އެވެ.
ޖަވަކަރަ ރިސޯޓުގެ ކޮޓަރިއެއް. އެ ރިސޯޓުގައި 200 އަށް ވުރެ ގިނަ ވިލާ ހުރޭ-- ފޮޓޯ: ޖަވަކަރަ
އެ ރިސޯޓުގައި ގޮލްފް ދަނޑަކާއި ޓެނިސް އާއި ފުޓްސަލް ކުޅެން ހާއްސަ ދަނޑުތައް ވަނީ ހަދައިފަ އެވެ. މޫދު ކުޅިވަރުތަކާއި ސްޕާ ހިދުމަތްތަކާއި ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ކެއުންތައް ވެސް އެ ރިސޯޓުން ލިބޭނެ އެވެ.
ކުންފުނިން ހިންގާ ރިސޯޓްތަކުގެ ތެރޭގައި ކުޑަދޫ މޯލްޑިވްސް، ހުރަވަޅި، ވެލިގަނޑު އައިލެންޑް ރިސޯޓް، ކޮމަންޑޫ ފަދަ ރިސޯޓުތައް ހިމެނެ އެވެ.
ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ސީއީއޯއަކަށް ސޮލާހު
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
ޝަކުވާ މުހިންމެއް ނޫން، އެއްބާރުލުން ދިނީމާ ނިމުނީ!
1.5 މިލިއަން ޓޫރިސްޓުން، އަމާޒަށް ބާކީ ފަސް ލައްކަ
ރިސޯޓްތައް ރީޑިވަލޮޕް ކުރަން ދޭ މުއްދަތަށް ބަދަލުތަކެއް
ބޮލިފުށި ރިސޯޓުގެ ވެރިޔާ ޝަރީފް އަވަހާރަވެއްޖެ
ޝަންގްރިއްލާ ރިސޯޓު ހުޅުވޭނެ ތާރީހެއް ކަނޑައަޅަނީ
ނުހެދި ހުރި ރިސޯޓުތަކާ މެދު ގޮތްތަކެއް ކަނޑައަޅައިފި
ލަގްޒަރީ ޓޫރިޒަމަށް އަލުން އޮފުއެރުވުން: ވިސްނަންވެއްޖެ
ނުހެދި ހުރި ރަށްތަކަށް ފައިސަލް ދަތުރުކުރައްވަނީ