Roadha Mihaaru
ހަޔަ އެޑިއުކޭޝަންގެ ހުރިހާ ހިދުމަތެއް ހުޅުމާލެއަށް

ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ހުރިހާ ހިދުމަތެއް ހުޅުމާލެއަށް ބަދަލުކޮށްފި

05 މާޗް 2023

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ދެމުން އަންނަ ހުރިހާ ހިދުމަތެއް ހުޅުމާލޭގައި އަލަށް ހުޅުވި އުމަރު ޒާހިރު އޮފީސް ބިލްޑިންއަށް މިއަދު ބަދަލުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ދެމުން އަންނަ ހުރިހާ ހިދުމަތެއް ހުޅުމާލޭގައި އަލަށް ހުޅުވި އުމަރު ޒާހިރު އޮފީސް ބިލްޑިންއަށް މިއަދު ބަދަލުކޮށްފި އެވެ.

އެ މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން އެ އިދާރާ އޮފީސް ހިންގާނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ އޯކިޑްމާ ހިނގުމުގައި ހުންނަ އުމަރު ޒާހިރު އޮފީސް ބިލްޑިންގެ ފަސްވަނަ ފުލޯގައި ކަމަށެވެ.

މި ބަދަލާއެކު، މިނިސްޓްރީގެ ކައުންޓަރުތަކުން ދޭ ހިދުމަތްތައް ދިނުމަށް ހަމަޖެހިފައި ވަނީ އެ އިމާރާތުގެ ގްރައުންޑް ފްލޯގައި ހުންނަ މިނިސްޓްރީގެ ކައުންޓަރުން ކަމަށް ވެސް ބުންޏެވެ. މަތީ ތައުލީމަށް ކިޔަވާ ދަރިވަރުންގެ ހުރިހާ ހިދުމަތެއް ވެސް ދޭނީ ހުޅުމާލެއަށް ބަދަލުކުރި އޮފީހުންނެވެ.

ކުރިން އެ މިނިސްޓްރީގެ ޑިޕާޓްމަންޓްތައް ހިންގަމުން މާލޭގެ އެކި އިމާރާތްތަކުގަ އެވެ.

ހަޔަ އެޑިއުކޭޝަންގެ އިތުރުން ޖެންޑާ މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ ހުރިހާ ހިދުމަތެއް ވެސް މިހާރު ވަނީ ހުޅުމާލެއަށް ބަދަލުކޮށްފަ އެވެ.