04 މާޗް 2023
ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް ގައި ޒޯން 2 ގެ ޗެމްޕިއަންކަން ރ. އިނގުރައިދޫ އަދި ޒޯން 7 ގެ ޗެމްޕިއަންކަން ޏ. ފުވައްމުލަކު ދަނޑިމަގު ޓީމުން ހޯދައިފި އެވެ.
ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް ގައި ޒޯން 2 ގެ ޗެމްޕިއަންކަން ރ. އިނގުރައިދޫ އަދި ޒޯން 7 ގެ ޗެމްޕިއަންކަން ޏ. ފުވައްމުލަކު ދަނޑިމަގު ޓީމުން ހޯދައިފި އެވެ.
މި ދެ ޒޯނުގައި ވެސް ދެ ޓީމު ވާދަކުރާތީ ޗެމްޕިއަންކަން ހޮވީ ދެ ލެގަށް ކުޅެވުނު ފައިނަލް މެޗުތަކަށް ފަހު އެވެ. ޒޯން 2 ގެ ތަށި އިނގުރައިދޫ ހޯދީ، 2-0 އިން ބ. އޭދަފުށި ބަލިކޮށް، 5-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. ދަނޑިމަގުން ރޭ ސ. ފޭދޫ އާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކުރީ 4-3 އިންނެވެ. އެގްރިގޭޓުން ކުރި ހޯދީ 7-4 އިންނެވެ.
އޭދަފުށްޓާ ދެކޮޅަށް ރޭގެ މެޗުގައި އިނގުރައިދޫ އަށް ލަނޑުތައް ޖަހައިދިނީ މުހައްމަދު މަމްދޫހު އާއި އަހުމަދު އައިހަމް (އައިހު) އެވެ. ޒޯން 2 ގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އާއި އެންމެ މޮޅު ކުޅުންތެރިޔަކީ އައިހު އެވެ.
ޏ. ފުވައްމުލަކު ދަނޑިމަގު ޓީމުން ޒޯން 7 ގެ ޗެމްޕިއަން ތަށި އުފުލާލަނީ.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން/ އިމޭޖަސް އެމްވީ
ދަނޑިމަގުން ރޭ ފޭދޫއާ ދެކޮޅަށް ކުޅުނު މެޗުގައި، ދަނޑިމަގު ޓީމުގެ މުހައްމަދު ސާދު ނިޒާރު ވަނީ ހެޓްރިކް ހަދައިފަ އެވެ. މި ޒޯންގެ އެންމެ ގިނަ ލަނޑު ޖަހައި، އެންމެ މޮޅު ކުޅުންތެރިޔާ ވެސް ހޯދީ ސާދު އެވެ. ދަނޑިމަގު ޓީމަށް އަނެއް ލަނޑު ޖަހައިދިނީ އަބްދުﷲ ރަޝީދެވެ. ފޭދޫގެ ލަނޑުތައް ޖަހައިދިނީ ހުސެއިން ލައުހު، އަލީ ނާފިއު (ކަޅޭ) އަދި ހުސެއިން ސާމު ސައީދެވެ.
ޒޯން ފައިނަލުގައި ކުޅޭ ދެ ޓީމަށް ވެސް މުބާރާތުގެ ގަދަ 16 އިން ޖާގަ ޔަގީން ވެފައި ވާއިރު، އިނގުރައިދޫ އާއި ދަނޑިމަގު އަދި އޭދަފުށްޓާއި ފޭދޫ ވެސް ގަދަ 16 ގައި ކުޅޭނެ އެވެ. މި ބުރުގައި ޒޯން 2 ގެ ޗެމްޕިއަން އިނގުރައިދޫ ބައްދަލުކުރާނީ ޒޯން 7 ގެ ރަނަރަޕް ފޭދޫއާ ދެކޮޅަށެވެ. ޒޯން 7 ގެ ޗެމްޕިއަން ދަނޑިމަގު ނުކުންނާނީ ޒޯން 2 ގެ ރަނަރަޕް އޭދަފުށްޓާ ދެކޮޅަށެވެ.
ޒޯން 3 ގެ ފައިނަލުގެ ފަހު ޖާގަ އއ. ބޮޑުފޮޅުދޫން ހޯދީ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރޭ ކ. އަތޮޅުގެ ޗެމްޕިއަން ދިއްފުށި 6-1 އިން ބަލިކޮށްފަ އެވެ.
ބޮޑުފޮޅުދޫ އާއި ދިއްފުށި ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން/ އިމޭޖަސް އެމްވީ
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ބޮޑުފޮޅުދޫގެ ޖާދުﷲ އަހުމަދު ހެޓްރިކް ހެދިއިރު، ރުކުޝާން ޖަމީލް އާއި މުހައްމަދު ޝިރުޚާން އަދި އަލީ ޝާނީޒް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ލަނޑެއް ޖަހައިފަ އެވެ. ދިއްފުށީގެ ހަމައެކަނި ލަނޑު ޖަހައިދިނީ ރިލްވާން ރަޝީދެވެ.
މި ޒޯނުގެ ފައިނަލުގައި ބޮޑުފޮޅުދޫއާ ދެކޮޅަށް ނުކުންނާނީ ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކުރި ކ. ގާފަރެވެ. ގާފަރުން ވަނީ ރޭ ކުޅުނު ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި 2-0 އިން ޅ. ކުރެންދޫ ބަލިކޮށްފަ އެވެ. ގާފަރުގެ ލަނޑުތައް ޖަހައިދިނީ އަޒްޔާން އިބްރާހިމް އާއި ނާއިހް މުފީދު (ނާހު) އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ގާފަރުގެ އަލީ މާއިސް އެވެ.
ޒޯން 4 ގެ ފައިނަލުގެ ފަހު ޖާގަ މ. އަތޮޅުގެ ޗެމްިއަން ދިއްގަރުން ހޯދީ، ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި އދ. މަހިބަދޫ 3-2 އިން ބަލިކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ދިއްގަރުގެ މުހައްމަދު އަލީ މި މެޗުގައި ދެ ގޯލު ޖެހިއިރު، އަނެއް ލަނޑު ޖެހީ އަހުމަދު މިދުހަތު މަހުމޫދެވެ. މަހިބަދޫގެ ދެ ލަނޑު ވެސް ޖެހީ ސުއެއިދު ސައީދެވެ.
ރޭގެ މެޗުގައި ދިއްގަރު ކުޅުންތެރިން އުފާފާޅު ކުރަނީ.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން/ އިމޭޖަސް އެމްވީ
ބާކީ އެއް މެޗު އޮއްވައި ފައިނަލްގެ ޖާގަ ޔަގީން ކޮށްފައިވާ އދ. މާމިގިލި ވަނީ ރޭ ކުޅުނު ގުރޫޕް ސްޓޭޖުގެ ފަހު މެޗުން 4-3 އިން ނާލާފުށި އަތުން ބަލިވެފަ އެވެ. މާމިގިލީގެ ހިސާމް ސަލީމް (ކޮކީ) ވަނީ މެޗުގައި ހެޓްރިކް ހަދައިފަ އެވެ. ނާލާފުށީގެ ޝަފްރާޒް އަބްދުއްސައްތާރު އަދި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އަހުމަދު ރަފާހު މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ގޯލު ޖަހައިފަ އެވެ.
ގުރޫޕް ސްޓޭޖުގައި ބާކީ އެއް މެޗު އޮއްވައި ތ. ތިމަރަފުށްޓާއި ދ. ކުޑަހުވަދޫ ވަނީ ޒޯން 5 ގެ ފައިނަލުން ޖާގަ ޔަގީން ކޮށްފަ އެވެ.
ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރޭ މި ދެޓީމު ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް ގުރޫޕްގެ އެއްވަނަ ހޯދީ ތިމަރަފުށްޓެވެ. ތިމަރަފުށީގެ ލަނޑުތައް ޖަހައިދިނީ އިބްރާހިމް ހަމްދާން އާއި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އާދަމް ނާސިހު (އާދަންނާ) އެވެ.
މި ޒޯން ގައި ދެން ވާދަކުރި ފ. މަގޫދޫ އާއި ތ. ކިނބިދޫ ބައްދަލުކުރި މެޗު 8-2 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ކިނބިދޫ އެވެ. ކިނބިދޫގެ ލަނޑުތައް ޖަހައިދިނީ އާދަމް ފަރުހާން، އަލީ އަޒްހަދު، އަލީ ފަޔާހް، އަލީ ހަމްދާން ހުސެއިން، އިބްރާހިމް އިމްރާހް، މުހައްމަދު ޝާފިއު އަދި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު މުހައްމަދު ޝަހާއު އެވެ. ޝަހާއު މި މެޗުގައި ދެ ގޯލު ޖެހި އެވެ. މަގޫދޫގެ ލަނޑުތައް ޖަހައިދިނީ މިޖުވާދު އަބްދުއްސައްތާރާއި އަންމާރު ބިން މުހައްމަދު މުސްތަފާ އެވެ.
20:00 (ރެހެންދި ޓާފް 1 - ޒޯން 1 ފައިނަލް) : ހދ. ނާވައިދޫ - ށ. ކަނޑިތީމު
21:00 (ރެހެންދި ޓާފް 1 - ޒޯން 6 ފައިނަލް) : ލ. ގަން - ގދ. ވާދޫ
22:00 (ރެހެންދި ޓާފް 1 - ޒޯން 8 ފައިނަލް) : ވިލިމާލެ - މާފަންނު
ޕެނަލްޓީގައި ގާފަރު ބަލިކޮށް ތިމަރަފުށި ކުއާޓާ އަށް
ތިމަރަފުށި ބަލިކޮށް ޒޯން ޗެމްޕިއަންކަން ކުޑަހުވަދުއަށް
ފެހެންދޫ ބަލިކޮށް ބ. އަތޮޅުގެ ތަށި އޭދަފުށްޓަށް
ގޯލްޑަން ފުޓްސަލްގެ ފައިނަލަށް ގަމާއި ވާދޫ ދަތުރުކޮށްފި
އިނގުރައިދޫ، ކުޑަހުވަދޫ، ވާދޫ އަދި ގަން ސެމީ އަށް
ކިނބިދޫ އަތުން ތިމަރަފުށި ބަދަލުހިފައިފި
ތިމަރަފުށި ބަލިކޮށް ތ. އަތޮޅުގެ ތަށި ކިނބިދޫ އަށް
ދިއްގަރުގެ ހައުސިން މަޝްރޫއުގެ ބިންގާ އަޅައިފި
އިއްސެ: ފުރިހަމަ ސޯލްޖަރެއް، ތަފާތުވާނެ
އިނގުރައިދޫން އެދުނީ ފައިނުގައި އެއާޕޯޓް އަޅަން