Roadha Mihaaru
ގެއްލިގެން ހޯދަމުންދިޔަ އާރިފް ފެނިއްޖެ

ގެއްލިގެން ހޯދަމުންދިޔަ އާރިފް ފެނިއްޖެ

03 މާޗް 2023

އައްޑޫން މާލެ އައި ފަހުން ގެއްލިގެން ހޯދަމުން ދިޔަ މީހާ މިއަދު ފެނިއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އައްޑޫން މާލެ އައި ފަހުން ގެއްލިގެން ހޯދަމުން ދިޔަ މީހާ މިއަދު ފެނިއްޖެ އެވެ.

ސ. ހުޅުދޫ، ސަނީ ލޮޖް، އަލީ އާރިފް 31، ހޯދުމަށް އިއްޔެ ފޮޓޯ އާންމުކޮށް ފުލުހުން އާންމުންގެ އެހީ އަށް އެދުނީ އޭނާ ހޯދުމަށް ފުލުހުން ކުރި މަސަައްކަތުން ވެސް ނުފެނުމުންނެވެ. އާރިފް ހޯދުމަށް އާންމުންގެ އެހީއަށް ފުލުހުން އިއްޔެ އެދުނީ އޭނާ ހޯދުމުގެ މަސައްކަތް ދެ ހަފުތާ ވަންދެން ކުރުމަށް ފަހުގަ އެވެ.

ފުލުހުން މިރޭ ބުނީ އާރިފް މިހާރު ފެނިފައިވާ ކަމަށާއި މިއަދުގެ ހަވީރުގެ ވަގުތެއްގައި މާލެ އައިސްފައިވާ ކަމަށެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނި ނަމަވެސް މިވީ ދުވަސްތަކުގައި އޭނާ އުޅުނު ވަކި ތަނެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އާރިފްގެ އާއިލާ މީހަކު ކުރިން ބުނި ގޮތުގައި ކަންނެލި ދޯންޏެއްގައި މަސައްކަތްކުރާ އާރިފް އޭނާގެ އާއިލާއާ އެންމެ ފަހުން ގުޅީ މާލޭގައި ހުރެ، މިދިޔަ އަހަރުގެ ނޮވެމްބަރު 20 ގަ އެވެ. އޭގެ ފަހުން އޭނާގެ ޚަބަރެއް ނުވާ ކަމަށާއި އުޅޭ ވަކި ތަނެއް ވެސް ނޭނގޭ ކަމަށް ބުންޏެވެ. އެކަމަކު އޭނާ ގެއްލިގެން ރިޕޯޓްކޮށްފައި ވަނީ މިދިޔަ މަހުގެ 16 ގަ އެވެ.

އޭނާގެ ބޭބެ ބުނާ ގޮތުގައި އާރިފަކީ މަސްތުވާތަކެތި ވެސް ބޭނުންކުރާ މީހެކެވެ. ވަރަށް އަވަސް އަވަހަށް އެއް ދޯނިން އަނެއް ދޯންޏަށް ބަދަލުވާތީ އޭނާ އެންމެ ފަހުން އުޅުނު ދޯނި ވެސް ނޭނގޭ ކަމަށް ބުންޏެެވެ.