02 މާޗް 2023
ބޮލީވުޑްގެ ވަރުގަދަ ތަރިން ކަމަށްވާ އަމީތާބް ބަޗަން އާއި ދަރްމެންދުރާ އަދި ވިޔަފާރިވެރިޔާ މުކޭޝް އަމްބާނީ ދިރިއުޅޭ ގެތަކަށް ބޮމުގެ ހަމަލާ ދޭނެ ކަމުގެ އިންޒާރާ އެކު ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފި އެވެ.
ބޮލީވުޑްގެ ވަރުގަދަ ތަރިން ކަމަށްވާ އަމީތާބް ބަޗަން އާއި ދަރްމެންދުރާ އަދި ވިޔަފާރިވެރިޔާ މުކޭޝް އަމްބާނީ ދިރިއުޅޭ ގެތަކަށް ބޮމުގެ ހަމަލާ ދޭނެ ކަމުގެ އިންޒާރާ އެކު ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފި އެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރި ގޮތުގައި، މިދިޔަ އަންގާރަ ދުވަހު އިންޑިއާގެ ނަގްޕޫރް ސިޓީ ޕޮލިސްޓޭޝަނަށް ގުޅައި މި އިންޒާރު ދިނީ މުމްބާއީ ކައިރީ އޮންނަ ޕަގަރް ސިޓީގެ ޝިވާޖީ ނަގަރް ސަރަހައްދުންކަން ވަނީ އެނގިފަ އެވެ.
ފޯނު ކޯލު އަޑުއެހި ފުލުސް އޮފިސަރަށް ވަނީ އަމީތާބާއި ދަރްމެންދުރާ އަދި އަމްބާނީގެ ގެ ގޮއްވާލަން 25 މީހުން މުމްބާއިއަށް އައި ކަމަށް ބުނެ ދެއްކި ވާހަކަތަކެއް ވެސް އިވިފަ އެވެ.
އިންޑިއާގެ ސުޕްރީމް ކޯޓުން މިހާރު ވަނީ އަމްބާނީއާއި އޭނާގެ އާއިލާ އަށް އިންޑިއާ އާއި ގައުމުން ބޭރުގައި ވެސް އެންމެ ވަރުގަދަ "ޒީ ޕްލަސް" ލެވެލްގެ ސެކިއުރިޓީ ފޯރުކޮށްދޭން އަމުރުކޮށްފަ އެވެ. އެކަމަކު އެ ސެކިއުރިޓީއަށް ހަރަދުކުރަން ޖެހޭނީ އަމިއްލައަށެވެ.
ފުލުހުން ގެންދަނީ މި އިންޒާރާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް މައްސަލަ ތަހުގީގު ކުރަމުންނެވެ.
ޖަޔާގެ ފުރަތަމަ ނެގަޓިވް ރޯލު ކަރަންގެ ފިލްމުގައި
އަމީތާބް ކުޅުނު ރޯލެއް ވިކީ އަށް؟
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ޝޯލޭ" ގެ ކާލިއާ މަރުވެއްޖެ
"ޗުޕްކޭ ޗުޕްކޭ" ގެ ރިމޭކެއް ވެސް ހަދަނީ
ދޮގު ޚަބަރު ފަތުރާ މީހުންނަކީ ކޮހުން: އަމީތާބް
އަބްމާނީގެ ކުންފުނިން ދަރްމާގެ ހިއްސާ ގަންނަނީ
އަމީތާބް ކުރަފި މަރާ ގޮތް ކިޔައިދީފި
ޖަޔާގެ ނަމަށް އަމީތާބު އިތުރުކުރުމުން ހިތްހަމަނުޖެހުން