ފީފާއިން ހޮވި، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް، ލިއޮނެލް މެސީ ހޯދައިފި އެވެ.
ފީފާއިން ހޮވި، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް، ލިއޮނެލް މެސީ ހޯދައިފި އެވެ.
އެވޯޑްގައި މެސީ އާ ވާދަކުރީ ކިލިޔަން އެމްބާޕޭ އާއި ކަރީމް ބެންޒެމާ އެވެ. މެސީ ވަނީ މިދިޔަ އަހަރު އާޖެންޓީނާ އަށް ވޯލްޑް ކަޕް ހޯދައި ދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ހޯދީ ބާސެލޯނާގެ އެލެކްސިއާ ޕުޓެލާސް އެވެ.
މިއީ ފީފާއިން ވަކިން އެވޯޑް ދޭން ފެށި ފަހުން އެ އެވޯޑް މެސީ ހޯދި ދެވަނަ ފަހަރެވެ. އޭނާ މީގެ ކުރިން ވަނީ ބެލަންޑިއޯ އެވޯޑް ހަތް ފަހަރު ހޯދައިފަ އެވެ.
އެންމެ މޮޅު ކޯޗުގެ އެވޯޑް ހޯދީ އާޖެންޓީނާ އަށް މިދިޔަ އަހަރުގެ ވޯލްޑް ކަޕް ހޯދައިދިން ކޯޗު ލިއޮނެލް ސްކޮލާނީ އެވެ. އޭނާ އާ ވާދަކުރީ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި ރެއާލް މެޑްރިޑްގެ ކާލޯ އަންޗެލޮއްޓީ އެވެ.
އެންމެ މޮޅު އަންހެން ކޯޗުގެ އެވޯޑް ހޯދީ އިންގްލެންޑްގެ އަންހެން ގައުމީ ޓީމުގެ ކޯޗު ސަރީނާ ވިއެގްމަން އެވެ. މިދިޔަ އަހަރުގެ އަންހެނުންގެ ޔޫރޯ އިންގްލެންޑުން ހޯދީ އޭނާގެ ކޯޗުކަމުގެ ދަށުންނެވެ.
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ހޯދި އެލެކްސިއާ ޕުޓެލާސް
ގޯލްކީޕަރުގެ އެވޯޑް ހޯދީ އާޖެންޓީނާ އަށް ވޯލްޑް ކަޕް ހޯދައި ދިނުމުގައި ހިއްސާވި އެމިލިއާނޯ މާޓިނޭޒް އެވެ. އެންމެ މޮޅު އަންހެން ކީޕަރުގެ އެވޯޑް ހޯދީ މެންޗެސްޓާ ޔުނައިޓެޑާއި އިންގްލެންޑްގެ ކީޕަރު މެރީ އިއާޕްސް އެވެ.
އެންމެ މޮޅު ލަނޑު ޖެހީ ކުޅުންތެރިޔާ އަށް ދޭ ފުސްކަސް އެވޯޑް ހޯދި ޕެރަ ފުޓްބޯޅަ ކުޅުންތެރިޔާ މާސިން އޮލެކްސީ އެވެ. ހާއްސަ އެހީ އަށް ބޭނުންވާ ކުޅުންތެރިޔާ ލަނޑު ޖެހީ ބައިސްކަލް ކިކަކުންނެވެ.
ފެއާޕްލޭ އެވޯޑް ހޯދީ ޖޯޖިއާގެ ލޫކަ ލޮޗޮޝްވިލީ އެވެ. މެޗުގެ ތެރެއިން އިދިކޮޅު ޓީމުގެ ކުޅުންތެރިޔާ ފިޓް ޖެހިގެން ވެއްޓުނު ވަގުތު އޭނާގެ ދުލުގައި ހިފަހައްޓައި ސަލާމަތްކޮށް ދިނީ ލޮޗޮޝްވިލީ އެވެ.
ސަޕޯޓަރުންގެ އެވޯޑް ހޯދީ އާޖެންޓީނާގެ ސަޕޯޓަރުންނެވެ.
ފިފްޕްރޯ ގަދަ 11: ޓިބޯ ކޯޓޫއާ؛ އަޝްރަފް ހަކީމީ، ވާޖިލް ވެން ޑައިކް، ޔޮއާއޯ ކެންސެލޯ؛ ކެވިން ޑި ބްރައިނާ، ލުކާ މޮޑްރިޗް، ކާލޯސް ކަސެމިރޯ؛ ލިއޮނަލް މެސީ، އާލިންގް ހާލަންޑް، ކަރީމް ބެންޒެމާ، ކިލިއަން އެމްބާޕޭ
މެސީއަށް ވޯޓްދިނުމުން އަލަބާއާ ދިމާކޮށްލައިފި
17،000 ޑޮލަރު ދައްކައި ނިއުގެ އަދަބު ފިލުވައިފި
މެސީއަކީ އެއްވަނަކަމަށް ރެއާލްގެ ވެސް ބުނެވޭނެ: ޒަބީ
ފީފާއާ ދެކޮޅަށް މަލްޓިބިލިއަން ޕައުންޑުގެ ދައުވާއެއް
ޓްރަމްޕްގެ ޕޮލިސީ ބަދަލުކުރަން ފީފާގެ އެހީއަށް އެދިއްޖެ
ކްލަބް ވޯލްޑް ކަޕްގެ ދަނޑުތައް ކަމަކު ނުދޭ: ވެންގާ
އެފްއޭގެ މެންބަރުކަން ދޭ އުސޫލު ގަވާއިދުގައި ހިމަނަނީ
ފީފާއިން ހޭދަކުރި 50 މިލިއަން ޑޮލަރު ފެނަށް
އެތުލެޓިކޯގެ ޝަކުވާއާހެދި ޕެނަލްޓީގެ ގަވާއިދަށް ބަދަލު
އެންސީއަށް އެހީވާން 2800 ޑޮލަރުގެ މުސާރަލިބޭ މީހެއް