23 ފެބުރުއަރީ 2023
ރާއްޖޭގައި މިއަދު ފެށި ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގެ އަންހެން ބައިގެ ފުރަތަމަ މެޗުގައި ރާއްޖޭން އުންމީދީ ކުޅުމެއް ދެއްކި ނަމަވެސް ފަހު ވަގުތު މެޗުން ބަލިވެއްޖެ އެވެ.
ރާއްޖޭގައި މިއަދު ފެށި ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގެ އަންހެން ބައިގެ ފުރަތަމަ މެޗުގައި ރާއްޖޭން އުންމީދީ ކުޅުމެއް ދެއްކި ނަމަވެސް ފަހު ވަގުތު މެޗުން ބަލިވެއްޖެ އެވެ.
އަންހެން ބައިގައި ރާއްޖެ އާއި މެލޭޝިއާގެ އިތުރުން ދެން ވާދަކުރަނީ ސިންގަޕޫރެވެ. އަންހެން ބައިގެ ފުރަތަމަ މެޗް ރާއްޖެ އާ ވާދަކޮށް މެލޭޝިއާ އިން ކާމިޔާބު ކުރީ 3-2 ސެޓުންނެވެ. މެލޭޝިއާ އިން ސެޓްތައް ގެންދިޔައީ 25-20، 22-25، 23-25، 25-21 އަދި 16-14 އިންނެވެ.
މެޗުގެ ފުރަތަމަ ސެޓް މެލޭޝިއާ ޓީމުން ފެށީ ވަރުގަދަ ކޮށެވެ. ނަމަވެސް ރާއްޖޭން މަޑުމަޑުން ގޭމުގެ ތެރެއަށް ވަންނަން މަސައްކަތް ކުރަމުން ދިޔަ އެވެ. ރާއްޖޭގެ ލިބަރޯ ސިލްމާ ޒާހިރުގެ ފަރާތުން ވެސް މޮޅު ކުޅުމެއް ދެއްކި އެވެ. މެލޭޝިއާ އަށް ރާއްޖޭގެ ކެޕްޓަން ހައްވާ ރާޝިދާ އާއި އައިޝަތު ޝަހާ ޝާމިން އަދި އާއިޝަތު މާޖިދާގެ ހަމަލާތައް ރިސީވް ކުރަން އުނދަގޫވި ދަނޑިވަޅުތަކެއް ދިޔަ އެވެ. މެލޭޝިއާގެ ބައެއް އެޓޭކްތައް ބޭރަށް ދިޔަ އިރު ސާވިސްތައް ވެސް މިސްވި އެވެ. އެކަމަކު ރާއްޖެ އަށް މި ސެޓް ގައި ކުރި ހޯދޭ ގޮތެއް ނުވި އެވެ. މެލޭޝިއާ އިން ސެޓް ކާމިޔާބު ކުރީ 25-20 އިންނެވެ.
ދެވަނަ ސެޓް ފެނުނީ ފުރަތަމަ ސެޓާ މުޅިން ތަފާތުކޮށެވެ. ރާއްޖެ ޓީމުން ލީޑުގައި ކުޅެމުން ދަނިކޮށް މެލޭޝިއާ އިން ހަމަހަމަކޮށް ކުރި ވެސް ހޯދި އެވެ. އެކަމަކު ރަނގަޅު ވަގުތުތަކުގައި ރާއްޖޭގެ ސެޓަރު ޖޫޒަން ޒަރީރު ދޭ ބޯޅަތަކުން ހައްވަ އާއި ޝަހާ ގެ ހަމަލާތައް ދިފާއު ކުރަން މެލޭޝިއާގެ ކުޅުންތެރިންނަށް އުނދަގޫ ވިއެވެ. އާމިނަތު ރިޔާސާ ގެ ރަނގަޅު ރިސީވް ތަކާއި ނަރީމާ އިދުރީސްގެ ބްލޮކް ތައް ވެސް ފެނުނެވެ. މި ސެޓް ގައި ބަދަލު ކުޅުންތެރިންގެ ގޮތުގައި އެރި ހައްވާ ނާޒިމާ އާއި ފާތިމަތު ސަމްހާ ވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައި ވެއެއެވެ. ރާއްޖޭން މި ސެޓް ކާމިޔާބު ކުރީ 25-22 އިންނެވެ.
ރާއްޖޭގައި މިއަދު ފެށި ފޯ ނޭޝަން އިންޓަނޭޝަނަލް ވޮލީބޯޅަ މުބާރާތުގައި މެލޭޝިއާ އާއި ދިވެހި އަންހެން ޓީމު ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ނިޝާން އަލީ | މިހާރު
ތިންވަނަ ސެޓް ވެސް ރާއްޖޭގެ ޓީމުން ފެށީ އެ ފޯރީގަ އެވެ. އެކަމަކު މެލޭޝިއާގެ ކުޅުންތެރިން ވަނީ އެޓޭކްތައް ވަރުގަދަކޮށް، ލީޑު ހޯދައިފަ އެވެ. އެކަމަކު ރާއްޖޭގެ ކުޅުންތެރިން އެންމެ ތަންކޮޅެއް ވެސް ދުލެއް ނުކުރެ އެވެ. މެލޭޝިއާ ހަތަރު ޕޮއިންޓްގެ ލީޑެއްގައި އޮއްވައި ރާއްޖޭން 21-21 ޕޮއިންޓުން ނަތީޖާ އެއްވަރު ކުރުމުން މެލޭޝިއާ އިން ޓައިމް އައުޓެއް ނެގި އެވެ. އެ ޓައިމްއައުޓްގެ ފައިދާ ވެސް ނަގައި ރާއްޖޭން ސެޓް ނިންމާލީ މާޖިދާގެ ސްޓްރައިކަކާ އެކު 25-23 އިން ސެޓް ކާމިޔާބު ކޮށްގެންނެވެ.
ހަތަރުވަނަ ސެޓް ރާއްޖޭ ން ފެށީ ހަތަރު ޕޮއިންޓްގެ ލީޑަކާ އެކު އެވެ. ނަމަވެސް މެލޭޝިއާ އިން ނަތީޖާ އެއްވަރު ކުރި ފަހުން ސެޓްގެ މެދަކާ ހަމައަށް ދިޔައީ ވަރަށް އެއްވަރު އެއްވަރުކޮށެވެ. އެކަމަކު 17-15 އިން މެލޭޝިއާ ލީޑް ހޯދުމާ އެކު ރާއްޖޭން ޓައިމްއައުޓެއް ނެގި އެވެ. ނަމަވެސް އޭގެ ބޭނުން އެންމެ ރަނގަޅަށް ނުހިފި އުޅެނިކޮށް މެލޭޝިއާ އިން ފަސް ޕޮއިންޓްހެ ލީޑެއް ވެސް ނެގި އެވެ. މި ސެޓް މެލޭޝިއާ ގެންދިޔައީ 25-21 އިންނެވެ.
ފަހު ސެޓް ވެސް ރާއްޖޭން ލީޑުގައި ފެށި އެވެ. އެކަމަކު މެލޭޝިއާ އިން 7-6 އިން އެޓީމު ކޮޅަށް ނަތީޖާ އަނބުރާލުމާ އެކު ރާއްޖޭން އަލުން ލީޑު ހޯދި އެވެ. ނަމަވެސް 16-14 އިން މި ސެޓް ގެންދިޔައީ މެލޭޝިއާ އެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މެލޭޝިއާގެ ޗިންގް ކީން ސްވެން އެވެ.
ރާއްޖޭގެ ދެވަނަ މެޗް ގައި މާދަމާ ހަވީރު ބައްދަލުކުރާނީ ސިންގަޕޫރާ ދެކޮޅަށެވެ. މެލޭޝިއާގެ ދެވަނަ މެޗް ގައި ސިންގަޕޫރާ ދެކޮޅަށް ނުކުންނާނީ ހޮނިހިރު ދުވަހު އެވެ.
ވޮލީ ޓީމު ރޭންކިން މެޗުގައިވެސް ތަޖިކިސްތާން ބަލިކޮށްފި
ޗެލެންޖްކަޕްގައި ފިރިހެން ވޮލީޓީމަށް ނާކާމިޔާބު ފެށުމެއް
ޒުވާން ޓީމަށް މޮޅެއް ނުލިބުނު، ސީނިއާ ޓީމު ފުރައިފި
ދެވަނަ މެޗުގައި ލަންކާ އަތުން ވެސް ރާއްޖެ ބަލިވެއްޖެ
ޒުވާން ވޮލީ ޓީމަށް ފުރަތަމަ މެޗުން ނާކާމިޔާބު
ޓްރޭނިން ކޭމްޕްގައި ވޮލީގެ ދެ ޓީމުވެސް ތައިލެންޑަށް
އާބަދަލުން ގައުމީ ޓީމަށް ކުރިއެރުން ހޯދޭނެ: ކާއްޓޭ
ކްލަބްތަކަށް ބިދޭސީ ކުޅުންތެރިން ވީއޭއެމުން ހަމަޖައްސަނީ
ބަންގަލަދޭޝްގެ ވޮލީ ޓީމާ އެކު އެކުވެރިކަމުގެ މެޗުތަކެއް
ވޮލީގެ ބޮޑު ދެ މުބާރާތް އަންނަ އަހަރު ރާއްޖޭގައި