ހދ. ނޮޅިވަރަމްގައި ހަދަމުންދާ ޓާފް ދަނޑުގައި އަޅަން ބަހައްޓާފައި ހުރި ޓާފްތަކެއްގައި މިއަދު އަނެއްކާ އަލިފާން ރޯވެ، ގެއްލުންތަކެއް ވެއްޖެ އެވެ.
13 ފެބުރުއަރީ 2023
ހދ. ނޮޅިވަރަމްގައި ހަދަމުންދާ ޓާފް ދަނޑުގައި އަޅަން ބަހައްޓާފައި ހުރި ޓާފްތަކެއްގައި މިއަދު އަނެއްކާ އަލިފާން ރޯވެ، ގެއްލުންތަކެއް ވެއްޖެ އެވެ.
މިދިޔަ މަހުގެ 31 ވަނަ ދުވަހު ވެސް އެ ރަށުގައި ވަނީ މިފަދަ އަލިފާނުގެ ހާދިސާއެއް ހިނގާފަ އެވެ. އޭރުވެސް ތުހުމަތު ކުރަނީ ބަޔަކު ގަސްތުގައި ރޯކޮށްލީ ކަމަށެވެ.
ނޮޅިވަރަމް ކައުންސިލުގެ ރައީސް ޔޫސުފް މޫސާ "މިހާރު" އަށް ވިދާޅުވީ، އެ ރަށުގައި މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި ހުންނަ ޓާފް ދަނޑު ކައިރީގައި ބަހައްޓާފައި ހުރި ޓާފް ރޯލުތަކެއްގައި ރޯކޮށްލި ކަމުގެ މައުލޫމާތު ލިބުނީ މިއަދު 3:45 ހާއިރު ކަމަށެވެ. އޭނާ ވިދާޅުވީ މިހާތަނަށް ބެލެވެނީ ޓާފްތަކުގައި ބަޔަކު ރޯކޮށްލީ ކަމަށެވެ.
"އެއީ އަމިއްލަ ޒާތުގައި އަލިފާން ހިފާ ކަހަލަ އެއްޗިއްސެއް ނޫން. ބަޔަކު ރޯކޮށްލީ ކަމަށް ބެލެވެނީ. އެކަމަކު ރޯކޮށްލިތަން ފެނުނު ބަޔަކު ވެސް އަދި ނެތް، ކުރިން ރޯކޮށްލި އެއްޗެހިނުން ބާކީ ހުރިބައިގަ މިފަހަރު އެ ރޯކޮށްލީ،" އޭނާ ވިދާޅުވި އެވެ.
ހދ. ނޮޅިވަރަމުގައި ބަހައްޓާފައި ހުރި ޓާފް ރޯލުތަކެއްގައި މިއަދު ރޯކޮށްލާފައިވާ ކަމަށް ތުހުމަތު ކުރެވޭ --
ޔޫސުފް ވިދާޅުވި 12 ވަރަކަށް ޓާފް ރޯލުގައި ރޯވެފައިވާ ކަމަށާއި މިހާރު އެ ނިއްވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކުރީ ފަހަރު ރޯކޮށްލުމުން އެކަމާ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ ނޮޅިވަރަމްގެ ފުޓުބޯޅަ ދަނޑުގައި ޓާފް އަޅަން ތައްޔާރުކޮށްފައި ހުރި ޓާފްގައި ރޯކޮށްލީ އެ ޓާފް އަޅަން ތިން ދުވަހަށް ވެފައި ވަނިކޮށް ކަމަށެވެ.
ކައުންސިލުގެ ރައީސް ޔޫސުފް ވިދާޅުވީ ނޮޅިވަރަމުގެ ޓާފް ދަނޑުގެ މަސައްކަތް 2019 ވަނަ އަހަރުން ފެށިގެން ކުރިއަށްދާ ކަމަށާއި ނަމަވެސް ލަސް ކަމަށެވެ. ޒުވާނުންނަށް ދަނޑު ބޭނުން ކުރެވޭނެ ވަރު ކުރުމަށް، އެ ތަނުގެ މަސައްކަތް އަވަހަށް ނިންމޭތޯ މިހާރުގެ ކައުންސިލުން ވެސް ޔޫތު މިނިސްޓްރީގައި އެދިފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ނޮޅިވަރަމުގައި ޓާފް ރޯލުތަކެއްގައި ރޯކޮށްލައިފި
މިދިޔަ އަހަރު ސަރުކާރުން މާޒިޔާ އަށް 5.2 މިލިއަން
ހިންގުން ދޯދިޔާ ނުވާ އެސޯސިއޭޝަނެއް ނެތް
ބައެއް ޖަމިއްޔާތައް އުވާލާ ލިސްޓު ބާތިލުކޮށްފި
ރަށްރަށަށް ދަނޑު، ފުޓްބޯޅައިގެ ބާރު މާލޭ ޓީމުތަކަށް
މަޝްރޫއުތައް ލަސްވަނީ ކުންފުނިތަކުގެ ގާބިލްކަން ނެތީމާ
ގުދަނަކީ ޔޫތުގެ ތަނެއްކަން ހެކިތަކާއެކު އާންމުކޮށްފި
ޔޫތު މިނިސްޓްރީން ގުދަން ހެދީ ހުއްދަ ނުހޯދައި: ސިޓީ ކައުންސިލް
ޔޫތުގެ ގުދަނަކަށް ކައުންސިލުން ވަތް މައްސަލަ ޕޮލިހަށް
ކުޅިވަރުތައް ތަފާތު ނުކޮށް ބޮޑު އިންގިލާބެއް ގެނެވިއްޖެ