02 ފެބުރުއަރީ 2023
ރޯމް (ފެބްރުއަރީ 2) - އިޓާލިއަން ލީގުގައި މިހާތަނަށް މޮޅެއް ނުހޯދި ފުލުގައި އޮތް ކްރެމޮނޭސޭ އިން، ހޯސޭ މޮރީނިއޯގެ ރޯމާ 2-1 އިން ބަލިކޮށް އިޓާލިއަން ކަޕް ގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
ރޯމް (ފެބްރުއަރީ 2) - އިޓާލިއަން ލީގުގައި މިހާތަނަށް މޮޅެއް ނުހޯދި ފުލުގައި އޮތް ކްރެމޮނޭސޭ އިން، ހޯސޭ މޮރީނިއޯގެ ރޯމާ 2-1 އިން ބަލިކޮށް އިޓާލިއަން ކަޕް ގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
ލީގު އެއްވަނައިގައި އޮތް ނަޕޯލީ ބަލިކޮށް ކުއާޓާ ފައިނަލް ކުޅުނު ކްރެމޮނޭސޭ އިން ރޭ ރޯމް ގައި ކުޅުނު މެޗުގައި ލީޑު ނެގީ ލިބުނު ޕެނަލްޓީއަކުން ފުރަތަމަ ހާފުގެ 28 ވަނަ މިނިޓުގަ އެވެ. ނައިޖީރިއާގެ ފޯވާޑް ސައިރިއެލް ޑެޒާސް އަށް ކީޕަރު ރުއީ ޕެޓްރީސިއޯ ކުރި ފައުލަކަށް ދިން މި ޕެނަލްޓީ ފޮނުވާލީ ވެސް ޑެޒާސް އެވެ. އެޓީމުން ލީޑު ފުޅާ ކުރީ ދެވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނިޓުގައި ޒެކީ ސެލިކް އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ.
ރޯމާ އިން މެޗުގައި ޖެހި ހަމައެކަނި ލަނޑު ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ޓެމީ އަބްރަހަމް ދިން ބޯޅައަކުން ކާމިޔާބު ކޮށްދިނީ އަންޑްރެއާ ބެލޮއްޓީ އެވެ.
އިޓާލިއަން ކަޕް ގައި ރޯމާ އާ ދެކޮޅަށް ކްރެމޮނޭސޭ ގެ ޑެޒާސް (މ) ފުރަތަމަ ލަނޑު ޖެހުމަށް ފަހު..-- ފޮޓޯ: ރޯމާޕްރެސް
ދެވަނަ ހާފުގައި ރޯމާގެ ކެޕްޓަން ލޮރެންޒޯ ޕެލެގްރިނީ ފޮނުވާލި ހަމަލާއެއް ކްރެމޮނޭސޭގެ ގޯލްކީޕަރު ދިފާއު ކުރި އިރު، އަބްރަހަމް ޗޮނުވާލި ހަމަލާއެއް ވަނީ ގޯލު ދަނޑިއަށް އަމާޒު ވެފަ އެވެ.
މެޗަށް ފަހު ރޯމާގެ ކޯޗު މޮރީނިއޯ ބުނީ ފުރަތަމަ ހާފުގައި އޭނާގެ ޓީމުގެ ކުޅުން އެއްގޮތަކަށް ވެސް ކަމުނުދާކަމަށެވެ. ދެވަނަ ހާފުގައި ކުޅުން ރަނގަޅު ކުރި ނަމަވެސް ވަރަށް ކުރީކޮޅު ބައިކޮޅަށް ވަން ގޯލުން ނަތީޖާ އަނބުރާލަން އުނދަގޫތަކެއް ކުރިމަތިވި ކަމަށް ވެސް އޭނާ ބުންނެވެ.
"ދެވަނަ ހާފުގައި މޮޅުވުމުގެ ރޫހުގައި މޮޅަށް ކުޅެ [ރޯމާ އިން] ހަމަލާތައް އުފެއްދި ނަމަވެސް ގޯލެއް ފެނުނީ ވަރަށް ފަހުން. ކްރެމޮނޭސޭ އަށް ތައުރީފު ހައްގު،" މެޗަށް ފަހު ވާހަކަ ދައްކަމުން މޮރީނިއޯ ބުންޏެވެ.
ރޯމާ އަށް އަނިޔާ އާއި ސަސްޕެންޝަނުގެ އިތުރުން ފިޓްނަސްގެ މައްސަލަތައް ދިމާވެފައި ވިއަސް މޮރީނިއޯ ބުނީ އެއީ ނަތީޖާ ނުނެރެވުމުގެ އުޒުރެއް ކަމަށް ނުދެކޭ ކަމަށާއި، ދެން އޮތީ ކުރިއަށް އޮތް މެޗަށް ތައްޔާރުވުން ކަމަށެވެ.
އިޓާލިއަން ކަޕް ގައި ކްރެމޮނޭސޭ ކުޅެން ޖެހޭނީ ކުއާޓާގައި 2-1 އިިން ޓޮރީނޯ ބަލިކުރި ފިއޮރެންޓީނާއާ ދެކޮޅަށެވެ.
އިންޓަ މިލާން ވެސް ވަނީ މުބާރާތުގެ ސެމީ އިން ޖާގަ ހޯދައިފަ އެވެ. އެޓީމުން ވަނީ މަޓެއޯ ޑާމިއަން ކާމިޔާބު ކުރި ލަނޑަކުން 1-0 އިން އެޓަލާންޓާ ބަލިކޮށްފަ އެވެ.
ސެމީ ފައިނަލް ގައި އިންޓަ ނުކުންނާނީ މިރޭ ޔުންވެޓަސް އާއި ލާޒިއޯ ކުލެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
ދެ ލެގަށް ކުޅޭ ސެމީ ފައިނަލްގެ މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ އޭޕްރީލް މަހު އެވެ.
މޮރީނިއޯގެ ރުޅިގަނޑު ރޯމާގެ ޑައިރެކްޓަރަށް
މޮރީނިއޯ ވަކިކޮށް، ރޯމާގެ ކޯޗަކަށް ޑި ރޮސީ
ފަހުވަގުތު ރޯމާ މޮޅުވުމުން މޮރީނިއޯއަށް ތަފާތު އުފަލެއް
މޮރީނިއޯ 10 ދުވަހަށް ސަސްޕެންޑް ކޮށްފި
މޮރީނިއޯ އަށް ލިބުނު މެޑަލް ދިނީ ސަޕޯޓަރަކަށް
ފޭވަރިޓުންނަކީ ސެވިއްޔާ: މޮރީނިއޯ
މޮރީނިއޯ ރޯމާ ގޮވައިގެން ޔޫރޮޕާ ލީގު ފައިނަލަށް
އޮލޮންސޯ ކޯޗެއްގެ ގޮތުގައި މިރޭ މޮރީނިއޯއާ ދެކޮޅަށް
ކްރެމޮނީސޭ ފުރަތަމަ މޮޅު ހޯދިއިރު މޮރީނިއޯއަށް ރަތެއް
މޮރީނިއޯގެ ހުށަހެޅުން ގަބޫލުކޮށް ޑިބާލާ ރޯމާ އަށް