01 ޖޫން 2023
ބުދަޕެސްޓް، ހަންގޭރީ (ޖޫން 1) - ޔޫއެފާ ޔުރޮޕާ ލީގުގެ ފައިނަލުގައި ރޭ ސެވިއްޔާ އަތުން ބަލިވި މެޗަށް ފަހު ރޯމާގެ ކޯޗު ހޯޒޭ މޮރީނިއޯ އަށް ލިބުނު ރިހި މެޑަލް ދަނޑުގައި އިން ކުޑަކުއްޖަކަށް ދީފި އެވެ.
ބުދަޕެސްޓް، ހަންގޭރީ (ޖޫން 1) - ޔޫއެފާ ޔުރޮޕާ ލީގުގެ ފައިނަލުގައި ރޭ ސެވިއްޔާ އަތުން ބަލިވި މެޗަށް ފަހު ރޯމާގެ ކޯޗު ހޯޒޭ މޮރީނިއޯ އަށް ލިބުނު ރިހި މެޑަލް ދަނޑުގައި އިން ކުޑަކުއްޖަކަށް ދީފި އެވެ.
ފައިނަލް މެޗު 1-1 އިން އެއްވަރުވެ، ޕެނަލްޓީ ޖަހައިގެން ރޯމާ ބަލިވީ 1-4 އިންނެވެ.
މޮރީނިއޯ ވަނީ ރޭގެ މެޗުގެ ކުރިން ޔޫރަޕްގައި އޭނާގެ ޓީމުތައް ވާދަކުރި ފަސް ފައިނަލް ވެސް ކާމިޔާބު ކޮށްފަ އެވެ. ސެވިއްޔާ އަތުން ބަލިވި މެޗާ އެކު މޮރީނިއޯ ޔޫރަޕްގެ ފައިނަލް ތަކުގައި ދަމަހައްޓަމުން އައި ސަތޭކަ އިންސައްތަ ރެކޯޑް ވަނީ ނިމުމަކަށް އައިސްފަ އެވެ.
މެޑަލް ލިބުމުން މޮރީނިއޯ ދިޔައީ ސަޕޯޓަރުން ގާތަށެވެ. އަދި، އެވަގުތު ދަނޑުގައި އިން ކުޑަކުއްޖަކަށް އިޝާރަތްކޮށް މެޑަލް އެއްލި އެވެ. އެވަގުތު ސެވިއްޔާ ކުޅުންތެރިން ދިޔައީ ތައްޓާ އެކު އުފާފާޅު ކުރަމުންނެވެ.
"އަހަރެން ރިހި މެޑަލް ބޭނުމެއް ނޫން. ރިހި މެޑަލް އަތުގައި ނުވެސް ހުންނާނެ. އެހެންވެ އެ މެޑަލް ދިނީ،" މެޑަލް ސަޕޯޓަރަކަށް ދިން ސަބަބު ތަފްސީލުކުރަމުން މޮރީނިއޯ ބުނެފައި ވެ އެވެ.
މޮރީނިއޯ ވަނީ މިދިޔަ ސީޒަނުގައި މިހާރުގެ ކްލަބް އޭއެސް ރޯމާ އަށް ޔޫއެފާ ކޮންފަރެންސް ލީގު ކާމިޔާބު ކޮށްދީފަ އެވެ. އޭގެ ކުރިން މެންޗެސްޓާ ޔުނައިޓެޑާއި ޕޯޓޯ އަދި އިންޓަ މިލާނަށް ޔޫރަޕްގެ ކްލަބް ތަށިތައް މޮރީނިއޯ ހޯދައިދިނެވެ.
މޮރީނިއޯ އަށް ލިބުނު ރިހި މެޑަލް އެއްލަނީ. ރިހި މެޑަލް އަތުގައި ނުބަހައްޓާ ކަމަށް މޮރީނިއޯ ވަނީ ބުނެފައި. - ފޮޓޯ: ގެޓީ އިމޭޖަސް
މޮރީނިއޯ ރޯމާއާ އެކު ހަދައިފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރު އެވެ. އިޓާލިއަން ލީގުގެ ގަދަ ހަތަރެއް ނުލިބި ޔޫރޮޕާ ލީގުގެ ފައިނަލުން ބަލިވުމާ އެކު ރޯމާ އަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ވަނީ ފުރުސަތު ގެއްލިފަ އެވެ. ލީގުގައި ބާކީ އެއް މެޗު އޮތްއިރު ހަ ވަނަ އާ އެކު މިހާރު ރޯމާ އޮތީ އަންނަ ސީޒަނުގެ ޔޫރޮޕާ ލީގުގެ ޖާގައެއްގަ އެވެ.
މޮރީނިއޯ ބުނީ އޭނާ ރޯމާގެ ކޯޗުކަމުގައި މަޑުކުރާނެ ކަމަށާއި، އެހެން ކްލަބަކުން ހުށަހެޅުމެއް އައިސްފި ނަމަ ސިއްރު ނުކޮށް ރޯމާގެ އޯނަރުންނަށް އަންގާނެ ކަމަށެވެ.
"ޑިސެމްބަރު މަހު ޕޯޗުގަލް އިން އަހަރެންނާ ވާހަކަ ދެއްކުމުން އެވާހަކަ ކްލަބާ ހިއްސާކުރިން. ކްލަބަކުން ހުށަހެޅުމެއް އަންނަ ހިސާބުން ރޯމާގެ އޯނަރުންނަށް އެނގޭނެ. ސިއްރެއް ނުކުރާނަން. އަހަރެން ބޭނުންވަނީ ރޯމާގައި މަޑުކުރަން،" ރޯމާގެ ކުރިމަގާ ގުޅޭގޮތުން ސުވާލުކުރުމުން މޮރީނިއޯ ބުނެފައި ވެ އެވެ.
މޮރީނިއޯ ގެންނަން މަސައްކަތް ކުރާނެ ކަމަށް ބެލެވޭ އެއް ކްލަބަކީ ފްރާންސްގެ ޕީއެސްޖީ އެވެ. މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ޕީއެސްޖީ ކެޓުމާ އެކު އެޓީމުގެ ކޯޗުކަމުގައި މިހާރު ހުރި ކްރިސްޓޯފް ގަލްޓިއޭ މަގާމުން ވަކިކުރާނެ ކަމަށް ބެލެވެ އެވެ. އެހެންވެ ބަދަލުގައި ޕީއެސްޖީގެ ކޯޗުކަމަށް މޮރީނިއޯ ގެނައުމުގެ ޝައުގުވެރިކަން އެ ކްލަބުން ވަނީ ފާޅުކޮށްފަ އެވެ.
ފޭވަރިޓުންނަކީ ސެވިއްޔާ: މޮރީނިއޯ
މޮރީނިއޯ ރޯމާ ގޮވައިގެން ޔޫރޮޕާ ލީގު ފައިނަލަށް
އޮލޮންސޯ ކޯޗެއްގެ ގޮތުގައި މިރޭ މޮރީނިއޯއާ ދެކޮޅަށް
މޮރީނިއޯގެ ރުޅިގަނޑު ރޯމާގެ ޑައިރެކްޓަރަށް
ލިވަޕޫލާ ދެކޮޅަށް އެޓަލާންޓާ، ކްލޮޕް އުންމީދުގައި
ރޯމްގައި މިވަގުތު ބަތަލަކީ ސާބިއާގެ ކީޕަރު މިލީ ސިލްވާ
މޮރީނިއޯ ވަކިކޮށް، ރޯމާގެ ކޯޗަކަށް ޑި ރޮސީ
ފަހުވަގުތު ރޯމާ މޮޅުވުމުން މޮރީނިއޯއަށް ތަފާތު އުފަލެއް
އަޔެކްސް އަތުން ބްރައިޓަންއަށް ޔޫރަޕްގައި ފުރަތަމަ މޮޅު
މޮރީނިއޯ 10 ދުވަހަށް ސަސްޕެންޑް ކޮށްފި