މީހެއްގެ އަތުން ފެނުނު ޑްރަގަކީ އޭނާގެ ބޭބެގެ އެއްޗެއް ކަމަށް ބުނެ އެ ތަކެތީގެ ޒިންމާ ބޭބެ އަމިއްލައަށް ނެގިޔަސް، ކޮއްކޮގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި، އޭނާ އުމުރަށް ޖަލަށްލާން ހައިކޯޓުން ހުކުމްކޮށްފި އެވެ.
20 ޖެނުއަރީ 2023
މީހެއްގެ އަތުން ފެނުނު ޑްރަގަކީ އޭނާގެ ބޭބެގެ އެއްޗެއް ކަމަށް ބުނެ އެ ތަކެތީގެ ޒިންމާ ބޭބެ އަމިއްލައަށް ނެގިޔަސް، ކޮއްކޮގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި، އޭނާ އުމުރަށް ޖަލަށްލާން ހައިކޯޓުން ހުކުމްކޮށްފި އެވެ.
ގދ. ތިނަދޫ މީހަކު 19 ގްރާމް ހުރި ޑްރަގް ފޮށިގަނޑެއް ހިފައިގެން ދަނިކޮށް 2014 ވަނަ އަހަރު އޭނާ ހައްޔަރުކޮށް، ދައުވާ ކުރުމުން ދަށު ކޯޓުން އޭނާ ސަލާމަތްވީ އެ ޑްރަގަކީ އޭނާގެ ބޭބެގެ އެއްޗެއް ކަމަށް ބުނެ ކޯޓުގައި ބޭބެ ހެކިބަސް ދިނުމުންނެވެ. އެކަމަކު ތަހުގީގުގައި ދައުވާލިބޭ ބޭނުންކުރީ ހަނު ހުރުމުގެ ހައްގެވެ.
ދަށު ކޯޓުން ކޮއްކޮ ސަލާމަތްވި މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން އެ ކޯޓުން މިދިޔަ ބުދަ ދުވަހު ކުރި ހުކުމުގައިވަނީ މަސްތުވާތަކެތި ފެނުނީ އޭނާގެ އަތުގައި އޮތް ފޮށިގަނޑަކުން ކަމަށް ވާއިރު، އެ ތަކެއްޗަކީ ބޭބެގެ އެއްޗެއް ކަމަށް ބުނެ ކޯޓުގައި ބޭބެ ދިން ހެކިބަހަށް ބާރު ލިބޭ ފަދަ އެހެން ހެއްކެއް ނެތް ކަމަށެވެ. އަދި އޭރު ބޭބެ ދިޔައީ ޑްރަގް އެހެން މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޒު ކުރަމުން ކަމަށްވާތީ މީހަކު ސަލާމަތް ކުރުމުގެ ގޮތުން ހެކިބަސް ދިނީ ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން މަސްތުވާތަކެއްޗަށް އެހެން މީހަކު ޒިންމާ ނަގާ ކަމަށް ބުނެ ކޯޓުގައި ދޭ ހެކިބަހަށް ފަރުވާތެރިވާން ޖެހޭނެ އެވެ. އަދި އެކަންކަމަށް ބެލުމެއް ނެތި ހަމައެކަނި އެހެން މީހަކު ބުނެލާ ބުނެލުމުގެ މައްޗަށް ބިނާކޮށް ދައުވާލިބޭ މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނުނިންމޭނެ ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައިވަނީ އެ މައްސަލައިގައި ދައުވާލިބޭ މީހާ ހައްޔަރުކުރި ވަގުތު އޭނާ ފިލަން މަސައްކަތް ކުރުމުގެ އިތުރުން ތަހުގީގުގައި ހަނު ހުރުމުގެ ހައްގުގެ ބޭނުން ކޮށްފައިވާތީ އެކަންކަމަށް ބެލުމުން ވެސް ފޮށިގަނޑުން ފެނުނު ޑްރަގަކީ އޭނާގެ އެއްޗެއް ކަމަށް ބަލަން ޖެހޭ ކަމަށެވެ.
އެކަންކަން ފާހަގަކޮށް، ހައި ކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ އެ މީހާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް ސާބިތުވާތީ އޭނާ އުމުރަށް ޖަލަށްލުމާ އެކު، 100،000ރ. އިން ޖޫރިމަނާ ކުރުމަށެވެ.
ހައި ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަހީދެވެ.
އަރުޝަދު ދޫކޮށްލީ އުސޫލުގެ ތެރެއިން: ޕޮލިސް
އަރުޝަދު ދޫކޮށްލައިފި، އެކަމަކު ފުރުން މަނާ!
ޑްރަގް އުފުލާ މީހާގެ ސޮއި ވެސް ޗެއިންގައި އޮންނަންޖެހޭ
ޝަހީބް ބަންދުކުރި މައްސަލާގެ އަޑުއެހުންތައް ނިންމާލައިފި
ޝަހީބު ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފި
ޑްރަގް މައްސަލަތަކުގައި 20 މީހަކު އުމުރަށް ޖަލަށް
ޑްރަގު ވިއްކާކަމަށް ތުހުމަތުކުރާ ދެ މީހުން ދޫކޮށްލައިފި
އެއްކިލޯގެ ޑްރަގާ ހަވާލުވާން ދިޔަ މީހާ ހައްޔަރުކޮށްފި
މައްސަލަ ބޭރުކުރީ "އިސްކުރު މަދު މީހެއް" ކަމަށްބުނެ!
119 ކިލޯ ޑްރަގް:އެކަކު ދޫވި މައްސަލަ ހައިކޯޓަށް